މާބަނޑު ދުވަސް ވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އަދި އެންމެ ހާއްސަ އެއް ދުވަސްވަރެކެވެ. އެހެނީ މައިމީހާގެ ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ތުއްތު ފުރާނަ ދުޅަހެޔޮ ސިއްހަތެއްގައި ދުނިޔެއަށް އުފަން ކުރުވުމަށް ކޮންމެ މަޔަކުވެސް ބޭނުންވާނެތީއެވެ.

އަދި މާބަނޑު ދުވަސްވަރު އެކި އެކި ތަކްލީފްތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ފައި ފޮށްސިވުމާއި އައްސިވުން އެއީ އާންމު ކަންކަމެވެ. އަދި ބަނޑަށް ދުވަސް ވަމުންދާ ވަރަކަށް ބަނޑުގެ އެކި ސަހަރައްދު ކަހާ ހިރުވާ ގޮތްވެއެވެ. އެއީ ދަރިފުޅަށް ޖާހަ ހެދުމަށް ބަނޑާއި އެއްވަރަށް ހަންގަނޑުވެސް ދެމޭތީއެވެ.

ނަމަވެސް މާގިނައިން ކެހުމަކީ ނުވަތަ ބަނޑުގެ އެކި ސަރަހައްދުތަށް ހިރުވުމަކީ ފަރުވާކުޑަކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެނީ އެއީ ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ އަލާމާތަކަށް ވެދާނެތީއެވެ. މާބަނޑު ދުވަސް ވަރު މާގިނައިން ބަނޑު ކެހުމަށް ކިޔާ އުޅެނީ ‘ޕްރެގްނަންސީ ކޮލެސްޓަސިސް’ އެވެ. އަދި މިކަމަށް މަގުފަހިވަނީ ހަށިގަނޑުގައި ހަޖަމުކުރަން ބޭނުންކުރާ ދިޔަ އެއް ކަމަށްވާ ބައިލް، މަންމަގެ މޭ (ލިވަރ) އިން ޑުއޯޑިނަމް އަށް ދަތުރުކުރާ މިންވަރު މަދުވުމުންނެވެ.

ކޮލެސްޓަސިސް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ބަނޑަށް ތިން މަސް ފަހުން  ބަނޑުގެ އެކި ސަހަރައްދު އެކުލެވޭެން ހަށިގަނޑުގެ އެކިތަންތަން ހިރުވުން ހިމެނެއެވެ.އަދި ކާހިތް ކެނޑުމާއި ހަށިގަނޑުގެ ކަންކަން ކުރުމަށް  ފޫހިވުންވެސް ހިމެނެއެވެ.

ކޮލެސްޓަސިސް އަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ނުކުރެވިއްޖެނަމަ، ދަރިފުޅު ދުވަސް ނުފުރާ ވިހެއުމަށް އަދި ބަނޑުގައި މަރުވުން ފަދަ ކަންތައްތަކަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ. މިގޮތަށް ދިމާވަނީ މަންމަގެ ހަށިގަނޑުގައި ހުންނަ ބައިލް ޖޫސް ވާމަހުގެ ތެރެއަށް ވަދެ، ދަރިފުޅުގެ ހިތާއި ހަމައަށް ދާތީއެވެ. އަދި މިކަމުގެ ނުރައްކާ އެންމެ ބޮޑީ 37 ވަނަ ހަފްތާގައި ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެންކަމުން މާބަނޑު ދުވަސްވަރު މާގިނައިން ބަނޑު ކަހާ ނަމަ އެއީ އަޅާނުލާ ދޫކޮށްލެވޭ ވަރަށް ވުރެއް ނުރައްކާ ކަމެކެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްލަކީ ކޮބައިތޯ