ޑިޓިޖަލް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ފަަށައިގަނެ ރަނގަޅު އާމްދަނީއެއް ހޯދައެވެ. އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށް، ތަފާތު އެތައް މަސައްކަތްތަކެއް ކުރެވިއްޖެއެވެ. ތަފާތު އެކި ބްރޭންޑްްތަކާއެކު ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވިއްޖެއެވެ. އަލީ ސައިފް މުހައްމަދަކީ ރާއްޖޭގައި ތަފާތު ގްރެފިކް ޑިޒައިނަރެއް އަދި ޑިޖިޓަލް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އަނެއްހެން ބުނާނަމަ އޭނާއަކީ މަލްޓި މީޑިއާގެ ހުރިހާ މަސައްކަތެއްގައި އުޅޭ ޒުވާނެކެވެ. ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ މަސައްކަތުގައިވެސް އުޅެއެވެ. އޭނާ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ ހަތް ވަރަކަށް އަހަރު ވެދާނެއެވެ.

ސައިފް އާޓް އަށް ޝައުގުވެރިކަން އުފެދުނީ ވަރަށް ކުޑައިރެވެ. އާޓްއަކީ އޭނާގެ އަމިއްލައަށް ފެނިގެން ކުރަމުން ދިޔަ މަސައްކަތެކެވެ. އޭނާ ޕްރައިމަރީ ގްރޭޑްގައި އުޅުނުއިރުވެސް އަތުން ކުރަހާ ކަންކަން ކޮށް އުޅުނެވެ. ސެކަންޑަރީ ގްރޭޑަށް ދިޔަ ފަހުން ލިބުނު ފޯނުން އޭނާ ކުރަން ފެށީވެސް އެ މަސައްކަތެވެ. ދިޔައީ ޑިޖިޓަލް ކޮށް ކުރެހުންތައް ކުރަހަމުންނެވެ. އެ ކުރެހުންތަކަށް ލިބެމުންދިޔަ ތަރުހީބުވެސް ދިޔައީ އިތުރު ވަމުންނެވެ.

ސައިފްގެ އާޓްވޯކްއެއް

"ރަސްމީކޮށް އެންމެ ފުރަތަމަ ފެށީ ޑިޖިޓާލް އާޓްއިން ، އެއިރު ދެން ސްކޫލްގައި އުޅުނުއިރު ފުދޭވަަރަކަށް އާޓްއަށް ޝައުގުވެރިކަން ހުންނާނެ. ދެން ދާ ކޮންމެ ތާކަށް ފޮތަކާއި ގަލަމަކާއި ހިފައިގެން ނުދެވޭނެދޯ، ދެން އަބަދުވެސް ޖީބު ތެރޭގައި އޮންނާނެ ފޯނު، ދެން އެއިރު ގެންގުޅުނު ފޯނުން ދޭތެރެއަކުން އެހެން ކުޑަ ވަރަކަށް ސްކެޗް އެއްޗެހި ކޮށްލާ، އެހެން އުޅުނީ،".

ސައިފް ވަގުތުއަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: އާދިން މޫސާަ ލަތީފް

އޭނާ ބުނީ އެއިރު ސްކޫލްގައި އުޅުނުއިރު، މީހުން ކުރަހާ ދިނުމަށް ރައްޓެހިން އޭނާއަށް ހުށަހަޅަމުން ދިޔަ ކަމަށެވެ. އަދި އެކަމަށް ފައިސާ ދޭނެ ކަމަށްވެސް ބުނި ކަމަށް އޭނާ ބުންޏެވެ.

"ގިނަ އަންނަނާނީ ލޯބިވެރިންގެ އެއްޗެހި، އެނިވާސަރީ އެއްޗެހި. ދެން އެހެން ދަމުން ވަކި ހިސާބަކުން ޕޯސްޓް ކުރަން ފެށީ. ޕޯސްޓް ކުރަން ފެށީމަ ސްކޫލްގެ ރައްޓެހިންނާއި ކުރީގެ ރައްޓެހިންނަށް މި ކުރާ ކަންތައް ފެނުނީ، ދެން އެ މީހުންނަށް ސަޅި ކަމަކަށް ވެގެން އިތުރަށް ޕުޝްކުރީ، ތިއީ ވަރަށް ޕޮޓެންޝިއަލް ހުރި އެއްޗެކޭ ކުރިއަށް ގެންދާށޭ،". އޭނާ ބުންޏެވެ.

ސައިފްގެ އާޓް ވޯކްއެއް

އޭގެ ދުވަސްތަކެއް ފަހެވެ. މިހާއަށް ކަންކަން ދިޔައީ އިތުރަށް ދަސް ވަމުންނެވެ. އޭގެ ފަހުން ޑިޖިޓަލް އާޓްގެ ތެރެއިން ގެރެފިކްސް ޑިޒައިނަރަކަށް ބަދަލުވިއެވެ.

"އެއީވެސް ހަމަ އަމިއްލައަށް، އަހަރެއް ތެރޭގައި އަމިއްލައަށް ބޭސިކް ދަސްކޮށްގެން، އައި ހޭވް ބީން ވޯކިންގ ވިތް ކުދިކުދި ޕްރޮޖެކްޓްތައް ނަގަމުން، މިހާރު ބޮޑެތި ޕްރޮޖެކްޓްތަކުގައިވެސް އިންޑުވިޖުއަލީވެސް ބަޔަކާއި ޖޮއިން ވެގެންވެސް، ކޮންޓްރެކްޓްގައިވެސް ހުންނާނެ ވޯކް ކޮށްފައި،". އޭނާ ބުންޏެވެ.

ސައިފްގެ އާޓްވޯކްއެއް

ސައިފް އާމްދަނީ ހޯދަން ކުރަމުންދާ މަސައްކަތަކީ މިއީއެވެ. ގްރެފިކް ޑިޒައިނަރެއްގެ އިތުރުން އޭނާއަކީ މަލްޓި މީޑިއާ ސޯޝަލް މީޑިއާ މާކެޓިންގގައިވެސް މަސައްކަތް ކުރަމުންދާ ޒުވާނެކެވެ. އޭނާ މިހާރުވެސް ބައެއް ރެސްޓޯރެންޓްތަކުގެ ސޯޝަލް މީޑިއާ މާކެޓިންގގައި މަސައްކަތް ކުރަމުން ދެއެވެ. އަދި ގްރެފި ޑިޒައިނިންގ މަސައްކަތުގެ ތެރެެއިން ގިނަވާނީ ކުންފުނިތަކަށް ކޮށްދިން މަސައްކަތެވެ. އަދި އޭނާ ވަނީ ބައެއް ސިޔާސީ ޕްރޮޖެކްޓްތަކެއްގައިވެސް މަސައްކަތް ކޮށްފައެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ތެރޭގައި އޭނާ ވަނީ ޕީޕީއެމް/ޕީއެންސީއާއެކު މަސައްކަތް ކޮށްފައެވެ.

ސައިފްގެ ގްރެފިކް ޑިޒައިނިންގ މަސައްކަތެއް

ސައިފްގެ ހުރިހާ ޑިޖިޓަލް އާޓްގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް އުޅެވެނީ ގްރެފިކް ޑިޒައިނިންގ މަސައްކަތުގައެވެ. އެއީ ޕްރޮޖެކްޓްތަކާއި، މަސައްކަތްތަައް ބޮޑަށް ލިބި ރަނގަޅު އާމްދަނީއެއް ލިބިގެން ދަނީވެސް އެ ދާއިރާއިން ކަމަށް ވާތީއެވެ.

ސައިފް ވަގުތުއަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: އާދިން މޫސާަ ލަތީފް

"އެއީ ކުރާހިތުން އެންމެ ކުރެވޭ އެއް ކަންތައް، އެއީ ހަމަ ލޯގޯއެއް އެއްޗެއް ޑިޒައިން ކުރިޔަސް ބޮޑަށް ހަމަ ކްލައިންޓްސް ދޫކޮށްލަނީ އަހަރުންނަށް ފުލް އައިޑިއާ. އެހެންވީމަ އެ ފްރީޑޮމް އިންނާތީ އެންމެ ފަސޭހައިން ކުރެވޭ މަސައްކަތަކީ އެއީ. ދެން ޕޭވެސް ރަނގަޅު،". އޭނާ ބުންޏެވެ.

ސައިފް ބުނާގޮތުގައި އޭނާ މަސައްކަތެއް ކުރަން ފެށި ނަމަވެސް، ރަނގަޅު ހިޔާލު އަންނަނީ އާއްމުކޮށް އެންމެ އުއްމީދު ކުރާ ވަގުތުތަކުގައެއް ނޫނެވެ. އޭނާ ބުނާގޮތުން ބޭރަށް ނުކުމެ ނޫނީ ކޮފީއެއްގައި އިންދާ އެފަދަ ހިޔާލެއް އައިސްދާނެއެވެ. އެ އަންނަ ގަޑީގައި އެ މަސައްކަތް ފޯނުގައި ނޯޓު ކުރަނީއެވެ.

ސައިފްގެ އާޓްވޯކެއް

"ގިނަފަހަރު އައިޑިއާސް އަންނަނީ އެންމެ އަން އެކްސްޕެކްޓެޑް ވަގުތުކޮޅު، އެ މަސައްކަތް ކުރަން އުޅޭ ގަޑިއެއްގައި ނާންނާނެ ވަރަށް ބޮލަށް އެއްޗެހި، މިސާލަކަށް ދުއްވާލަން ނުކުމެ އުޅޭއިރު، ނޫނީ ކޮފީއެއްފައި އިންދާ އަންނާނީ، އެފަދަ އެއްޗެއް އައީމަ ގިނަ ފަހަރު ފޯނުގައި ނޯޓުކޮށްލަނީ. ދެން ފްރީވެލައިގެން ހަމަޖެހިލައިގެން ފައްޓާ ގަޑީގައި އެންމެ ފުރަތަމަ އައިޑިއާ އިންނަ ގޮތަކަށް ނޫން ފައިނަލް އިންނާނީ، މަޑުމަޑުން ޗޭންޖަސް ގެނެސްފައި، އެހެން މިހެން ނިމިގެން ދާނީ،"، ސައިފް ބުންޏެވެ.

ސައިފް ބުނާގޮތުން އޭނާއަކީ އަމިއްލަ ކްރެއޭޓިވިޓީ ނެރެގެން މަސައްކަތް ކުރާ މީހެކެވެ. އޭނާ ބޭނުންވަނީ އޭނާގެ އަމިއްލަ މަސައްކަތްތައް ނެރޭށެވެ. އެހެންކަމުން ތަނެއްގައި ހުންނަ އެއްޗެއްގެ ކުރެހުންތައް ޑިޖިޓަލްކޮށް ކުރަހާ ނަހަދައެވެ.

ސައިފްގެ ގްރެފިކް ޑިޒައިނިންގ މަސައްކަތެއް

"ވަރަށް މަދުން ނެޗުރަލީ އެއްޗެހި ކުރަހާފައި ހުންނާނީ، މިސާލަކަށް މަންޒަރު އެއްޗެހި ކުރަހާފައި ހުންނާނެ. މިސާލަކަށް އުޑުމިތިން ނުފެންނަ ކުލައެއްވެސް ލާފައި، މިސާލަކަށް އިމޭޖިނަރީ މީހެއްވެސް ތަނަކަށް ލާފައި ހުރެެދާނެ،"، އޭނާ ބުނެފައި ވެއެވެ.

ސައިފް ބުނީ އާކިޓެކްޓަރ ކިޔަވަން ވަރަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް މަލްޓި މީޑިއާގަައި މިހެން އުޅެމުން ކިޔަވައިފިނަމަ އިތުރު ކަމެއް މެނޭޖް ނުކުރެވިދާނެ ކަމަށް ސައިފް ބުނެފައި ވެއެވެ.

ސައިފްގެ ގްރެފިކް ޑިޒައިނިންގ މަސައްކަތެއް

އޭނާގެ މަސައްކަތުގެ ތެރެއިން ފާހަގަކުރި މަސައްކަތަކީ އޭނާ އަމިއްލަައަށް ސުވެނިއާ ޓިޝާޓް ޑިޒައިންކޮށް ވިއްކަން ފެށުމެވެ. އެކަން އެންމެ "ޕާފެކްޝަން"އަށް ގެންދިއުމުގެ މަސައްކަތް ސައިފް ދަނީ ކުރަމުންނެވެ.

ސައިފް ޑިޒައިން ކުރި ޓީޝާޓެއް

"މިހާރު ހަތަރު އަހަރު މިވަނީ މީގައި މަސައްކަތް ކުރާތާ، ތަންކޮޅެއް ރަނގަޅު މެޓީރިއަލްއެއް ލޯންގް ލާސްޓިންގ ޕްލަސް، މޮޑާން ޑިޒައިންތަކެއް ޔޫސްކޮށް ރާއްޖެ ތަމްސީލުކޮށްދޭ ސުވެނިއާ ޓީޝާޓްތައް ރިސޯޓްގެ ޓަކް ޝޮޕްތަކަށް ވިއްކޭތޯ މަސައްކަތް ކުރަނީ ހޯލްސޭލްކޮށް،".

މިގޮތުން އޭނާ ވަނީ ފާއިތުވެދިޔަ އަހަރު ތެރޭގައި ރިސޯޓްތަކަށް ސާމްޕަލް ފޮނުވާފައެވެ.

ސައިފް ޑިޒައިން ކުރި ޓީޝާޓެއް

އަދި ރޯދަ މަހަށް ފަހު އޭނާގެ ޓީޝާޓްތަކުގެ ފުލް ބްރޭންޑް އެކީ ނެރޭނެ ކަމަށް ސައިފް ބުނެފައި ވެއެވެ.

ސައިފް ޑިޒައިން ކުރި ޖާޒީއެއް,މީގެ ފޮޓޯ އާއި ޕޯސްޓް ޑިޒައިން ކުރީވެސް ސައިފް

ސައިފްގެ މި މަސައްކަތްތަކުން އޭނާއަށް ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް ލިބެއެވެ. އޭނާއަށް މިކަމުން ލިބޭ އުފާވެރިކަންވެސް މާ ބޮޑެވެ. ސްކޫލް ދައުރުގައި ފެށި މަސައްކަތް ވެގެން ދިޔައީ އޭނާގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ މަސައްކަތަށެވެ. އެ މަސައްކަތް މިހާރު މާ ފުރިހަމައަށް އޭނާގެ ނަންވެސް ދިވެހި ކުންފުނިތަކުގެ ތެރޭގައި ވިދާލައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮއްބެ

    ތިވަރު ކުރާނެ މަގޭ 9 އަހަރުގެ ދަރިވެސް....ދިވެހިން ކުރި ނާރަނީ އަސްލު ކޮންމެކަމެއްވެސް ފަށައިގަންނަ ހިސާބުން އެންމެން ގޮވަންފަށާނެ އޭނާއަކީ މިހާރު ދުނިޔޭގެ ފެންވަރުގެ މީހެކޭ....

    16
    13
    • ޑަގު

      ދިވެހިން ކުރި ނާރަނީ ތައުރީފް ކުރަން ނޭގޭތީ

      15
      8
    • ސާމް

      އަސްލުވެސް އޮރިޖިނަލިޓީ ވަރަށް ލޯ. ޔުނީކެއް ނޫން. ދިވެހިން ކަންނުވެ ނަންވާހިއްވޭ މާ ބޮޑަށްވެސް. އަދި ނޫސްތަކަށްވެސް ނޭނގޭ ޖަޖްކުރާކަށެއް. ހަގީގީ ޓެލެންޓުވެސް މަދީ ރާއްޖޭގަ. ބަޔެއް މީހުން ހީކުރަނީ ބޯދިގުކޮއްފަ ކަންފަތުގަ މުދިލީމަ މާމޮޅު އާޓިސްޓަކަށް ވެވުނީކަމަށް. ބޭރު ގައުމުތަކުން ފެންނަކަހަލަ އައުޓް ސުޓޭންޑިން މީހުން ރާއްޖެއިން ނުފެނޭ.