ބޮލީވުޑްގެ ބަތަލާ ޝުރައްދާ ކަޕޫރް ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅު، ޝުރައްދާގެ އާ ބައިވެރިޔާ ރާހުލް އަކީ އޭނަގެ މިދިޔަ އަހަރުގެ ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" ގެ ސްކްރީން ރައިޓަރެވެ. މި ދެ މީހުންގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ މި މަހުގެ ކުރީކޮޅު އެވެ. ބައެއް މީޑިއާތަކުން ބުނީ ޝްރައްދާ އާއި ރާހުލްގެ ގުޅުން ވަރަށް ސީރިއަސް ނަމަވެސް ކައިވެނީގެ ކުރިން ގުޅުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން އެ މީހުން ނިންމާފައިވާ ކަމަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޝްރައްދާ އާއި މިހާރުގެ ލޯބިވެރިޔާ ރާހުލް މޯދީގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ އެ ދެ މީހުން ކައިވެނި ވެސް ޕްލޭންކޮށްފައިވާތީ ދެ ފަރާތުގެ އާއިލާއިން މިހާރު ވެސް އެކަމުގެ ތައްޔާރީތައްވާން ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ޝްރައްދާ ކުރިން ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެޝްތާއާ ވެސް ރައްޓެހިވިއެވެ. އަދި މި ދެ މީހުންގެ ކައިވެނީގެ ވާހަކަ ވެސް ވަރަށް ބޮޑަށް ދެކެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު