ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އަށް ވުރެ ކަރީނާ ކަޕޫރް ހާން އެކްޓުކުރަން މޮޅު ކަމަށް ޑައިރެކްޓަރު އިމްތިއާޒް އަލީ ބުނެފިއެވެ.

ކަނެކްޓް އެފްއެމް ކެނެޑާ އަށް ދިން އިންޓަވިއުއެއްގައި އިމްތިއާޒްއާ ސުވާލުކުރީ ދީޕިކާ އާއި ކަރީނާގެ ތެރެއިން އޭނާގެ ނަޒަރުގައި އެކްޓުކުރަން އެންމެ މޮޅީ ކާކު ހެއްޔެވެ. މީގެ ޖަވާބުގައި އޭނާ ބުނީ ދީޕިކާ ޕަޑުކޯން އަށް ވުރެ ކަރީނާ ކަޕޫރް ހާން އެކްޓުކުރަން މޮޅު ކަމަށެވެ.

ކަރީނާގެ ފިލްމީ ކެރިއަރުގައި އެންމެ ކާމިޔާބު އަދި އެންމެ ހިޓުވި ފިލްމު، 2007 ގައި ގެނެސްދިން "ޖަބް ވީ މެޓް" އަކީ އިމްތިއާޒްގެ ޑައިރެކްޝަނެކެވެ. އެ ފިލްމަކީ އޭރު ނުކުތް އެންމެ ރީތި ރޮމޭންޓިކް ކޮމެޑީ ފިލްމެވެ. އަދިވެސް އެ ފިލްމު ގިނަ ބަޔަކު ބަލައި އޭގެ ވާހަކަ ދައްކައެވެ.

އެ ފިލްމަށް ފަހު ކަރީނާއި އެކު އިމްތިއާޒް އަދި އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރެއެވެ.

އިމްތިއާޒްގެ ފިލްމެއްގައި ދީޕިކާ ވެސް މަސައްކަތް ކުރިއެވެ. އެއީ 2012 ވަނަ އަހަރު ގެނެސްދިން "ކޮކްޓެއިލް" އެވެ. ނަމަވެސް އެ ފިލްމު ޑައިރެކްޓުކުރީ އޭނާއެއް ނޫނެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓުކުރި އެ ފިލްމުގެ ސްކްރިޕްޓް ލިޔުނީ އިމްތިއާޒެވެ.

އިމްތިއާޒް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު 12 ގައި ނެޓްފްލިކްސް އަށް އަންނަ އޭނާގެ ފިލްމު "ޗަމްކީލާ" އަށެވެ. އެ ފިލްމަކީ ޕަންޖާބީ ލަވަކިޔުންތެރިއެއް ކަމަށްވާ އަމަރް ސިންގް ޗަމްކީލާގެ ބަޔޯޕިކެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅެނީ ޕަރިނީތީ ޗޯޕްރާ އާއި ދިލްޖީތު ދޮސާނީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިފް އަލީ ހާން

    ނޯ ދިޕިކާ މާ މޮޅު މާ ރީތި