ބަޑޭ މިޔާން ޗޯޓޭ މިޔާއަށް ފުރަތަމަ ޗޮއިސްއަކަށް ވީ ކެޓްރީނާ ކައިފް ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހާމަކޮށްފިއެވެ.

ކެޓްރީނާއާއެކު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ތަފާތު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. ބަޑޭ މިޔާން ޗޯޓޭ މިޔާއަށް ފުރަތަމަ ޗޮއިސްއަކަށް ކެޓްރީނާ ވިޔަސް އޭނާގެ ބިޒީ ޝެޑިއުލްއާ ހެދި ފިލްމު ކުޅެވޭ ގޮތް ނުވީއެވެ.

ކެޓްރީނާއަކީ މުހިއްމު ރޯލުތަކުން އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފް އަދި ޕްރިތުވިރާޖް ސުކޫމާރަން ލީޑް ރޯލުން ފެނިގެންދާ ބަޑޭ މިޔާން ޗޯޓޭ މިޔާންގެ ފުރަތަމަ ޗޮއިސްއެވެ. ނިއުސް 18 އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަލީ އައްބާސް ޒަފަރު ވަނީ ކެޓްރީނާ ކައިފް އެ ފިލްމު ކުޅެން ވައުދުވި ކަމަށް ބުނެ މާޔޫސްކަން ފާޅުކޮށްފައެވެ.

އަލީ އައްބާސް ޒަފަރު ވަނީ އޭނާގެ ހުރިހާ ވެންޗާތަކެއްގައިވެސް ލީޑިން އަންހެން ރޯލްތައް ކުޅެން ކެޓްރީނާ ކައިފް އޭނާގެ ޓޮޕް ޕިކްގެ ގޮތުގައި ފާޅުގައި ގަބޫލުކޮށްފައެވެ.

ކެޓްރީނާ ކައިފް މީގެ ކުރިން އަލީ އައްބާސް ޒަފަރުގެ ޑައިރެކްޝަންގެ ފުރަތަމަ ފިލްމު "މެރޭ ބްރަދާ ކީ ދުލްހާން"ގެ އިސް ރޯލެއް އަދާކުރިއިރު، ފަހުން ވަނީ ޓައިގާ ޒިންދާ ހޭ އާއި ބާރަތު ފިލްމުތައް ވެސް ކުޅެފައެވެ.

އަލީ އައްބާސް ޒަފަރުގެ އެންމެ ފަހުގެ ވެންޗާ "ބަޑޭ މިޔާން ޗޯޓޭ މިޔާން" ގައި ޓައިގާ ޝްރޮފް އާއި އަކްޝޭ ކުމާރު ލީޑިން ރޯލުން ފެނިގެންދާއިރު، މަނޫޝީ ޗިލާރާއި އަލަޔާ އެފްގެ ލޯބީގެ ޝައުގުވެރިކަން ދައްކުވައިދެއެވެ.

ހައި އޮކްޓޭން އެކްޝަން ތްރިލާއެއް ކަމަށްވާ މި ފިލްމަކީ އޭއައި ހަތިޔާރެއް ހިމެނޭ ގޮތަށް މާސްކު އަޅާފައިވާ ވިލަންއެއްގެ ނުބައި ރޭވުމެއް، އެލީޓް ސިފައިން ނާކާމިޔާބު ކުރާ ފިލްމެކެވެ. އެ ފިލްމުގައި ނުބައިބައި ރޯލް ކުޅެނީ ޕްރިތުވިރާޖް ސުކުމާރަންއެވެ.

އީދު ބަންދުގެ ކުރިން އޭޕްރީލް 10 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ބަޑޭ މިޔާން ޗޯޓޭ މިޔާން އާއި އަޖޭ ދޭވްގަންގެ ފިލްމު މައިދާން ވަނީ ބޮކްސް އޮފީހުގައި ކުރިމަތިލާން ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު