ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަން މިހާރު ޝޫޓް ކުރަމުންދާ ފިލްމު، އެޓްލީގެ ބެބީ ޖޯން ފިލްމަކީ ކުޅެވުނު އެންމެ އުނދަގޫ ޝޫޓް ކަމަށް އޭނާ ބުނެފިއެވެ.

ވަރުން ދަވަން އެޓްލީގެ "ބެބީ ޖޯން"ގެ ޝޫޓިން ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެއެވެ. އަންގާރަ ދުވަހު ވަރުން ވަނީ ފިލްމުގެ ސެޓްތަކުން އާ އަޕްޑޭޓެއް ހިއްސާކޮށްފައެވެ.

ވަރުން ވަނީ އޭނާގެ އިންސްޓަގްރާމް ފީޑުގައި ދެ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފުރަތަމަ ފޮޓޯގައި އޭނާގެ އަތް އޭނާގެ މޭމަތީގައި ބާއްވައިގެން ހުރިތަން ފެނެއެވެ. އަނެއް ފޮޓޯގައި ވަރުން ފެންނަނީ ބެބީ ޖޯން ލިޔެފައިވާ ހޫޑީއެއް ލައިގެންނެވެ.

ދެ ފޮޓޯއިންވެސް ފެންނަނީ ވަރުން ދަވަން ސްޕޯޓްސް ރަގްޑް ލައިގެންހުރި މަންޒަރެވެ. ވަރުން ކެޕްޝަންގައި ލިޔެފައިވަނީ، އިރު އަރާންދެން ކެތްތެރިކަމެއް ނެތި ފިލްމު ކުޅެމުން ދިޔައީ ކަމަށާއި އަދި ދެންވެސް އެމީހުންގެ ޔުނިޓް ދަނީ ކުރިއަށް ކަމަށެވެ. އެންމެ ބުރަ ޝޫޓްތަކުގެ ތެރެއިން އެއް ޝޫޓް އަށް މި ފިލްމުގެ ޝޫޓް ވާނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފެބްރުއަރީ މަހު ވަރުން ވަނީ ފިލްމުގެ އާ ޕޯސްޓަރެއް ހިއްސާކޮށްފައެވެ. ވަރުން ވަނީ ދިގު އިސްތަށިގަނޑު އައްސާލާފައި ހުރިތަން ހިއްސާކޮށްފައެވެ.

ވަރުން ދަވަން އެންމެ ފަހުން ފެނިގެންދިޔައީ ޖާންވީ ކަޕޫރު އެކުގައި ފެނިގެންދިޔަ ބަވާލް އިންނެވެ. އޭގެ ކުރިން އޭނާ ވަނީ ކްރިތީ ސަނޯން އާއެކު ފެންޓަސީ ފިލްމު ބެޑިޔާއިން ފެނިގެން ގޮސްފައެވެ. އޭނާގެ ޕްރޮޖެކްޓްތަކުގެ ލައިންއަޕްގައި ހިމެނެނީ ސަމަންތާ ރޫތު ޕްރަބޫ ކޯ ލީޑް ރޯލުން ފެނިގެންދާ ސިޓަޑެލް (އިންޑިއާ ޗެޕްޓަރ) އެވެ. ސިޓަޑެލް އަކީ އިންޑިއާ، އިޓަލީ އަދި މެކްސިކޯގެ ޕްރޮޑަކްޝަންތައް ހިމެނޭ މަލްޓި ސީރީޒެކެވެ. ސިޓަޑެލްގެ އިންޑިއާ ޗެޕްޓަރުގެ ވެރިކަން ކުރަނީ ރާޖް އާއި ޑީކޭއެވެ.

ވަރުން ދަވަން އަކީ އޮކްޓޯބަރު، ހަމްޕްޓީ ޝަރްމާ ކީ ދުލްހާނިއާ، އޭބީސީޑީ 2، ޖަގްޖަގް ޖީޔޯ، ސްޓޫޑެންޓް އޮފް ދަ އިޔާ، ބަޑްލާޕޫރަންޑް ދިލްވާލޭ ފަދަ ފިލްމުތަކުގެ ތަރިއެވެ. އެޓްލީސްގެ އެންމެ ފަހުގެ ޕްރޮޖެކްޓަކީ ޝާހްރުކް ހާން، ނަޔަންތަރާ، ދީޕިކާ ޕަދުކޯން އަދި ވިޖޭ ސެތޫޕަތީ ލީޑް ރޯލުން ފެނިގެންދިޔަ ސްމޭޝް ހިޓް ފިލްމު ޖަވާންއެވެ.

ކިޔުންތެރިންގެ ހިޔާލު