ބޭނުންވާ ތަކެތި:

500 ގްރާމު ތޮރާ (މަށާފައި ކޮށާފައި)

ބައި ޖޯޑު ހުނި

3 ހިކިމިރުސް

1 ފިޔާ (ބޮޑު)

ބައި ސައިސަމުސާ ދިރި

16 ފުއް އަސޭމިރުސް

2 ލޮނުމެދު

ބައި އިންޗި އިނގުރު

50 ގުރާމު ވަޅޯމަސް (ބޮޑުކޮށް ކޮށާފައި)

2 މޭޒުމަތީސަމުސާ ތެޔޮ

ރީނދޫ

ލޮނު

ރާނބާފަތް

ހިކަނދިފަތް

ތައްޔާރުކުރާނެ ގޮތް:

ހިކިމިރުސް، ފިޔާފަޅިއެއް، ދިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު، ރީނދޫ، ހިކަނދިފަތް އަދި ހުނި އެއްކޮށްފައި، ހިމުންކޮށް ފުނޑާލާށެވެ. އަނެއް ފިޔާފަޅި މީރުކޮށްލާފައި، ފިޔާކޮޅު މޯޅިވީމައި ފުނޑި ހަވާދުކޮޅު އޭގެ ތެރެއަށް އަޅާލުމަށް ފަހު، ތޮރާ، ވަޅޯމަސް، ރާނބާފަތް އަޅާފައި، ލޮނު ލައިގެން ކައްކާށެވެ. ކައްކާނީ މަޑު ގިނީގައި، މަތި ޖަހައިގެން ތޮރާކޮޅު ރޯ ފިލަންދެންނެވެ. ކައްކާ އިރު ރަނގަޅަށް އެއްކުރަން ވާނެއެވެ. ތޮރާކޮޅު ރޯފިލީމައި ލޮނު ހެޔޮވަރުކޮށްލާށެވެ. މި ރިހައަކަށް ފެނެއް ނާޅާނެއެވެ. ހުންނާނީ ހިކިކޮށެވެ. ރަނގަޅަށް ކައްކާ ނިމުމުން އެހުރީ ތޮރާ ހިކި ރިހަ ތައްޔާރުވެ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު