ބޭނުންވާ ތަކެތި:

3 ޖޯޑް ކެރަޓް (ގާނާފައި)

4 މޭޒުމަތީ ސައިސަމުސާ ހަކުރު

1/2 1 ޖޯޑް ދިޔާ ކިރު (ފުލް ކްރީމް)

1 މޭޒުމަތީ ސައިސަމުސާ ގިތެޔޮ

10 ކަޖޫނަޓް (މެދުން ފަޅިކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ބައި ސަމުސާ ގިތެޔޮ ހޫނު ކުރުމަށް ފަހު، ގިތެޔޮ ވިރުނީމައ، ކަޖޫނަޓް އަޅައިގެން މަޑު ގިނީގައި ތެއްލުލާނީއެވެ. ދެން މަޑު މުށިކުލަ އެރީމައި ކަޖޫނަޓްކޮޅު ނަގައިފައި ޓިޝޫއެއްގެ މަތީގައި ފަތުރައިލާނީއެވެ. ތެއްޔަކަށް ކެރަޓް އެޅުމަށް ފަހު، ކިރު އަޅައިގެން މަތި ޖަހައިގެން މަޑު ގިނީގައި (ކިރުފޮދު އެއްކޮށް ހިނދެންދެން) ކެއްކާށެވެ. މި ކައްކާ އިރު ބަންޑުންވާން އުޅޭ ނަމަ މަތި ނަގައިފައި އަލުން މަތި ޖަހައިލަންވާނެ އެވެ. ރަނގަަޅަށް ކިރުފޮދު ހިނދުމުން ބާކީ ހުރި ހަކުރު މީގެ ތެރެއަށް އަޅައިފައި ހަކުރުކޮޅު ރަނގަޅަށް ވިރެންދެން ކައްކާލާށެވެ. ހަކުރު ވިރުމަށް ފަހު ވެސް، ތިން މިނެޓެއްހާ އިރު ވަންދެން ކެއްކުމަށް ފަހު ނަގައިފައި ތައްޓަަކަށް އަޅައިފައި މަތީގައި ކަޖޫނަޓް އަތުރާލުމުން އެހުރީ ކެރެޓް ހަލްވާ ތައްޔާރުކޮށް ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު