ބޭނުންވާ ތަކެތި:

1 ބިސް (ފެނުކެއްކި)

2 މޭޒުމަތީ ސަމުސާ މަޔޮނައިޒް

2 މޭޒުމަތީ ސަމުސާ ޒައިތޫނި (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި)

ރޯމިރުސް

ލޮނު

1 ލެޓިއުސް ފަތް

2 ފޮތި ޕާން (ޓޯސްޓް ކޮށްފަ)

ތައްޔާރުކުރާނެ ގޮތް:

އެންމެފުރަތަމަ ބިސް ކިއުބްކޮށް ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ފިޔާ، ޒައިތޫނި، މިރުސް، މަޔޮނައިޒް އަދި ލޮނު ލެއްވުމަށްފަހު، އުލެއް ބޭނުން ކޮށްގެން ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު، ޕާން ފޮތި ޓޯސްޓް ކުރުމަށްފަހު އެއް ފޮތި ޕާނުގެ މަތީގައި ލެޓިއުސް ފަތް ބޭއްވުމަށްފަހު އޭގެ މަތީގައި، ތައްޔާރު ކުރި ސެލަޑް ރަނގަޅަށް އަތުރާލާށެވެ. އެއަށްފަހު އަނެއް ޕާންފޮތި އޭގެ މަތީގައި ބާއްވާށެވެ. މިހާރު އެހުރީ އެގް ސަލަޑް ސޭންވިޗް ތައްޔާރުވެފައެވެ.