ބޭނުންވާނެ ތަކެތި:

  • 2 ޖޯޑު ހުނި
  • 1 ޖޯޑު ކުރުބާ ފެން
  • 1/4 ޖޯޑު ހަކުރު
  • 1 ޖޯޑު ފެން
  • 2 ޖޯޑު އަލަނާސި
  • 1 ޖޯޑު ކިރު
  • އައިސްކިއުބްސް
  • 1/2 ސޯޑާ ވޯޓާ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސްޗަރަށް ހުނި، ކުރުނބާ ފެން، ހަކުރު އަދި ފެން އެޅުމަށް ފަހު މިކްސްކޮށްލާނީއެވެ. އެއަށް ފަހު ތައްޓަކަށް ފުރާނާލާނީއެވެ. ދެން މިކްސްޗަރަށް އަލަނާސި، ފެން އަދި ކިރު އެޅުމަށް ފަހު މިކްސްކޮށްލާނީއެވެ. އަދި ކާށި ކިރު ތައްޓަށް ފުރާނާލާނީއެވެ.

އެއަށްފަހު ފުރާނާފައި ހުރި ކާށިކިރު އަދި އަލަނާސި ދިޔަ ކޮޅު މިކްސްޗަރަށް އަޅާލުމަށް ފަހު އައިސްކިބު އެޅުމަށް ފަހު މިކްސްކޮށްލާނީއެވެ. އެއަށް ފަހު ޖޯޑަށް އެޅުމަށް ފަހު ސޯޑާ ފެން އަޅާނީއެވެ. އޭރުން ޕީނަކޮލާޑާ އެ ހުރީ ތައްޔާރުވެފައެވެ.