ބޭނުންވާ ތަކެތި:

  • 2 ޖޯޑު ފެން
  • ފޭރު
  • 1/2 ހަކުރު
  • 3 ލުނބޯ
  • އައިކިއުބްސް
  • 1 ސަމްސާ ލޮނު
  • 1/2 ޖޯޑު ސޯޑާ ވޯޓާ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފޭރު ކުދިކޮށް ކޮށާލުމަށް ފަހު މިކްސްޗަރަށް އަޅާލާށެވެ. އަދި ފެން އެޅުމަށް ފަހު މިކްސްކޮށްލާށެވެ. ދެން ފުރާނާލާފައި ތައްޓަކަށް އަޅާފައި ބަހައްޓާށެވެ.

އެއަށް ލުނބޯ ފެލާލުމަށް ފަހު ދިޔަ ކޮޅު ނަގާށެވެ. އެ ދިޔަ ކޮޅާ، ހަކުރާ، ފެނާ، ލޮނާ އަދި މިސްކުރި ފޭރުކޮޅު މިކްސްޗަރަށް އެޅުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ.

އަދި ޖޯޑަކަށް އެޅުމަށް ފަހު ސޯޑާ ވޯޓާ އާއި އައިސް ކިއުބް އެއަށް އެޅުމުން ޖޯވާ ލެމޮނެއިޑް އެ ހުރީ ތައްޔާރުވެފައެވެ.