ބޭނުންވާނެ ތެކެތި:

5 ފަރާޓާ

1 ބޮޑު ފިޔާ ( ހިމުންކޮށް ގާނާފައި)

1/2 ކިލޯ ކުކުޅު މަސް ( ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމްސާ ގާލިކް ޖިންޖާ ޕޭސްޓް

1 މޭޒުމަތީ ސަމްސާ ރީނދޫ

1 މޭޒުމަތީ ސަމްސާ ގަރަމް މަސާލާ

1 މޭޒުމަތީ ސަމްސާ އަސޭމިރުސް

1 މޭޒުމަތީ ސަމްސާ މުގުރި ދިރި

1 މޭޒުމަތީ ސަމްސާ ރޯމިރުސް ( ހިމުންކޮށް ޗަސްކޮށްފައި)

5 މޭޒުމަތީ ސަމްސާ ފާރޮށިކުނޑި

1/2 ޗިކަން ސްޓޮކް ކިއުބް

ރަހަލާވަރަށް ލޮނު

1/2 ޖޯޑު ބަޓަރު ( ދިޔާކޮށްފައި)

ސޯސްގަނޑަށް

3 މޭޒުމަތީ ސަމްސާ ބަޓަރު

4 މޭޒުމަތީ ސަމްސާ ޗިލީއެންޑް ގާލިކް ޕޭސްޓް

1/2 ޗިކަލް ސްޓޮކް ކިއުބް

1/2 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ގާނާފައި ހުރި ފިޔާކޮޅު އަތުން ފެލާލާށެވެ. އޭގެ ފަހުން ބޯތަށްޓަކަށް ފަރާޓާ އާއި ބަޓަރު ފިޔަވައި ބާކީހުރި ތަކެތި އަޅާ ރަނގަޅަށް އަތުން މޮޑެލާށެވެ. އަދި ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ފަސް ގުޅަ ޖަހާށެވެ.

އޭގެ ފަހުން މަސްފިހާ ދަގަނޑު އުލެއްގައި ބަޓަރު ފޮދެއް ހޭކުމަށް ފަހު ކޮންމެ އުލަކަށް ގުޅައެއް އަމުނާ ދިގުކޮށް (ފަރާޓާގެ ބޮޑު މިނަށް) އަތުން މަސްގުޅަ ފަތުރާލާށެވެ. އަދި ރީއްޗަށް ފިހެލާށެވެ.

ދެން ކޮންމެ ފަރާޓާއަކަށް މަސް ކަވާބެއް ލުމަށްފަހު ފަރާޓާ އޮޅާލާށެވެ. އަދި ފަރާޓާ ތަތްކޮށްލާށެވެ. ކޮންމެ ފަރާޓާއެއް ފަސް ބުރިއަށް ބުރިކޮށްލާ އުލަށް ފަރާޓާ ފޮތިތައް ( އަރިމަތިން ) އަމުނާލާ ބަޓަރު ފޮދު ހާކާލުމަށްފަހު ކުޑައިރުކޮޅަކު ފިހެލާށެވެ.

ސޯސްގަޑަށް ބޭނުންވާ ބަޓަރު ތަވާއެއްގައި ވިރުވާލުމަށްފަހު ބާކީ ހުރި ތަކެތި އަޅާ ކައްކާލާށެވެ. އަދި ތައްޓެއްގައި ފަރާޓާ ފޮތިތައް އަތުރާލާ ސޯސްގަނޑު އަޅާލާށެވެ.