ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ ހުރިހާ މުދާތައް ހިފަހައްޓައިފިއެވެ.

ރާޖް ކުންދްރާގެ 100 ކުރޯޑް ރުޕީސްގެ މުދާ ހިފެހެއްޓީ ބިޓްކޮއިން ޕޮންޒީ ސްކޭމަކާ ގުޅިގެންނެވެ.

ހިފެހެއްޓި މުދާތަކުގެ ތެރޭގައި ޖުހޫގައި ހުންނަ ރެޒިޑެންޝަލް ފްލެޓަކާއި (ޝިލްޕާ ޝެޓީގެ ނަމުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ފްލެޓެއް)، ޕޫނޭގައި ހުންނަ ރެޒިޑެންޝަލް ބަންގަލޯއެއްގެ އިތުރުން ރާޖް ކުންދްރާގެ ހިއްސާ އޮންނަ ހުރިހާ މުދާތައް ހިމެނެއެވެ.

ޕޮންޒީ ސްކީމަކީ އިންވެސްޓަރުންނަށް ކުޑަ ރިސްކެއް ނުވަތަ އެއްވެސް ރިސްކެއް ނެތި ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ވައުދުވެ މަކަރާއި ހީލަތުން ހިންގާ ސްކޭމެކެވެ.

މިކަމާ ގުޅޭ ތަހުގީގެއް ފަށާފައި ވަނީ ވެރިއޭބަލް ޓެކް ޕްރައިވެޓް ލިމިޓެޑާއި މަރުހޫމް އަމިތު ބާދުވާޖް، އަޖޭ ބާދުވާޖް، ވިވެކް ބާދުވާޖް، ސިމްޕީ ބާދުވާޖް، މަހެންދަރު ބާދުވާޖް އަދި އެހެނިހެން ފަރާތްތަކާ ދެކޮޅަށް މަހާރާޝްތުރާ އާއި ދިއްލީ ޕޮލިހުން ހުށަހެޅި އެތައް ޝަކުވާތަކެއްގެ މައްޗަށެވެ.

ތަހުގީގުގައި ތުހުމަތު ކުރެވޭ ގޮތުގައި ބިޓްކޮއިން އިންވެސްޓްމަންޓްތަކުގެ ތެރެއިން މަހަކު %10 ރިޓަރން ލިބޭނެ ކަމަށް ވައުދުވެ އިންވެސްޓަރުންނަށް އޮޅުވާލައިގެން 2017 ވަނަ އަހަރު ގާތްގަނޑަކަށް ₹ 6،600 ކްރޯޑް ބިޓްކޮއިން އެއްކޮށްފައިވެއެވެ. އެ ޕްރޮމޯޓަރުން އިންވެސްޓަރުންނަށް މަކަރު ހަދައި، މި ސްކޭމުން ލިބުނު ބިޓްކޮއިންތައް ގޮތް ނޭނގޭ އޮންލައިން ވޮލެޓްތަކެއްގައި ފޮރުވަމުން އަންނަ ކަމަށް ތުހުމަތު ކުރެއެވެ.

މި ތަހުގީގުގެ ތެރެއިން ތަހުގީގު އެޖެންސީއަށް އެނގިފައިވާ ގޮތުގައި 'ގޭން ބިޓްކޮއިން' ޕޮންޒީ ސްކީމްގެ މާސްޓަމައިންޑް އަމިތު ބާދުވާޖްގެ އަތުން ރާޖް ކުންދްރާއަށް 285 ބިޓްކޮއިން ލިބިފައިވެއެވެ. މި ބިޓްކޮއިންތަކަކީ ޔޫކްރޭންގައި ބިޓްކޮއިން މައިން ފާމެއް ގާއިމްކުރުމަށް ދެވުނު ބިޓްކޮއިންތަކެކެވެ. ނަމަވެސް މި ޑީލް ޙަޤީޤަތަކަށް ނުވެ، މިހާރު ₹ 150 ކްރޯޑަށްވުރެ ބޮޑު ބިޓްކޮއިންސް ކުންދްރާގެ އަތުގައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މީގެކުރިން 2021 ވަނަ އަހަރު މޯބައިލް އެޕް 'ހޮޓްޝޮޓްސް' ބޭނުންކޮށްގެން ޕޯންގްރަފިކް ފިލްމުތައް ޕްރޮޑިއުސްކޮށް ޑިސްޓްރިބިއުޓް ކުރުމުގެ މައްސަލައެއްގައި ރާޖް ކުންދްރާ ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރު ކުރުމުން އޭނާއަށް ކަފާލާތުގެ ދަށުން ދޫކޮށްލީ ސުޕްރީމް ކޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުނިލް ސެޓީ

    މަ އޭރުވެސް ކިހާ އާދޭހެއްކުރިން ތި ރާޖު ކުންދުރާ އާއި ނީންނާށޭ ތީކީ އެއްގޮތަކަށްވެސް ކަމުދާޒާތު މީހެއްނޭ. އެކަމު އެދުވަހު މަގޭ ޗައްޕަލުގައި ލޯވަޅެއް އެޅިފަ އިނީއޭކިޔާފަ ޗަކޮއިގެ އައްޕަ މަށަށް މަލާމަތްކޮށްޕަ ތިޔަރާޖު އާއި ދެވީ.. މިހާރު ޗަކޮއިއަށް އެއްޗެއް ވިސްނޭދޯ.. ޗަކޮއި ރުހެންޏާ 2 އައިންބަށް އިންދެފާނަން. މަހީމާ ކައިރިން ހުއްދަ ހޯދާފަ..

    25
    1
  2. ސަލީމް،މާލެ

    މަރުހޫމް ކިޔަންވާނީ މަރުވެފައިވާ މުސްލިމުންނަށް.

    31
    2
  3. ޖިޔާން

    ޝިލްޕާ ގެ އަދިރި ފަރާތް!

    15
    2
    • ޖޮބޭ

      ތިޔަހެން ވާތި އަބަދު މިކިޔަނީ މީ މުސްލިމް ޤައުމެކޭ މާދާރީބަހުން މޮޅު ފާސް ހޯދާށޭ.
      އިނގިރޭސިބަސް އަދި އެހެނިހެންބަސް ކިޔެވޭނެ މާދަރީ ބަސް ނޭނގި ނުވާނެ.