ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން އުޅެނީ ވަރަށް މަތީގައެވެ. ބައެއް މީހުން ބުނާގޮތުން ނަމަ ބޭރަށް ދާ އިރަށް ފިހޭ ވަރު ވާނެއެވެ. އެހާވެސް ހޫނު ގަދައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން އިން ވިދާޅުވެފައިވާ ގޮތުގައި މިއީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައިވެއެވެ.

ގަދަ ހޫނުގެ ސަބަބުން ޒުވާން އަދި އުމުރުން ދުވަސްވީ މީހުންނަށާއި، މާބަނޑު އަންހެނުންނަށާއި، ދާއިމީ ސިއްހީ ހާލަތްތައް ހުންނަ މީހުންނަށް އޭގެ އަސަރު ކޮށްފާނެއެވެ.

ހޫނުގަދަ މިފަދަ ދުވަސްވަރެއްގައި ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟

ދުވާލުގެ އެންމެ ހޫނު ގަދަ ވަގުތުތަކުގައި ބޭރަށް ނުނިކުތުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަމަކު އެގޮތަށް އަބަދު ނުވާނެއެވެ. ބޭރަށްވެސް ދާން ޖެހިދާނެއެވެ. އެކަމަކު ސީދާ އިރުގެ އައްޔަށް ބޭރަށް ނިކުންނައިރު ހަނދާން ބަހައްޓަންވީ ކަންކަމަަށް ބަލާ ހިނގާށެވެ.

  • ސަންސްކްރީން ހޭކުން.
    ހެދުން އަޅައިގެން އިސްތަށިގަނޑު ނިވާކުރުން.
    ހޫނު ވަރުބަލިވުން ނުވަތަ ހީޓްސްޓްރޯކް ޖެހުމުން ސަލާމަތްވުމަށް ގޭތެރޭގައި ނުވަތަ ހިޔާ ގަދަ ސަރަހައްދެއްގައި މަޑު ކުރުން.
    އަލި ކުލައިގެ، ލުއި ފިޓިން ހެދުން އެޅުން.

ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަން ކަމަށްވާ ހަންގަނޑުގެ ތެރެއިން ހޫނުކަން ފިލައިގެން ދެއެވެ. އެހެންކަމުން ހަންގަނޑު ފިނިވާ ވަރަކަށް ރަނގަޅުވާނެއެވެ.

ހޫނު މޫސުމުގައި ހަންގަނޑު ފިނިކުރާނެ ގޮތްތައް ތަފާތު ގޮތްތައް ހުރެއެވެ.

  • ކޫލިން ސްޕްރޭ ބޭނުން ކުރުން.
    ފެންވެރުން.

މީގެ އިތުރުން ފިނި ފެނުގައި އަތްފައި ބަހައްޓައިގެން އަވަހަށް ފިނިކޮށްލެވިދާނެއެވެ.

ހޫނު މޫސުމުގައި ކެފެއިން އިން ދުރުހެލިވެ ގިނައިން ފެން ބުއުމަކީ ވަރަށް މުހިންމު ކަމެކެވެ. ފިނި އަދި ހޫނު ބުއިންތަކުން ވެސް ތިބާގެ މައިގަނޑު ފިނިހޫނުމިން އެއް ފިނިހޫނުމިނުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެއެވެ. ހޫނުގައި ކެފެއިން އެކުލެވޭ ބުއިންތަކުން ދުރުހެލިވާންވާން ވާނެއެވެ. އޭގެ ތެރޭގައި ސަޔާއި އާއި ސައި ފަދަ ބުއިންތައް ހިމެނެއެވެ. އެންމެ ރަނގަޅީ ފެން ބުއިމެވެ.

ޑީހައިޑްރޭޝަންގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • އަނގަ ހިއްކުން
  • ބޮލުގައި ރިއްސުން ނުވަތަ ބޯ އެނބުރުން

ހޫނު ގަދަ ދުވަސްވަރި ސްޓްރޯބެރީ، ކަރާ، ސެލެރީ އަދި ލެޓިއުސް ފަދަ ފެނުގެ ބާވަތްތައް ކާށެވެ. މީގެ ސަބަބުން ހައިޑްރޭޓްވެ ފިނިކޮށް ބެހެއްޓުމަށް ވެސް އެހީތެރިވެދޭނެއެވެ.

ހޫނު މޫސުމުގައި ގެއަކީ ހޫނުން ސަލާމަތްވެވިދާނެ ތަނަކަށް ހެދުމަކީ މުހިންމު ކަމެކެވެ. އަދި ގޭތެރެ ފިނިކޮށް ބެހެއްޓުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަނިމޮސް

    ކާފަރުން ދައްކާ ކަހަލަ ވާހަކަ ކީއް ކުރަން ވީ ދުއާ ކުރަން ވި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާ

    14
  2. ހަދާގޮތް

    އަވަހަށް ގަސްތައްކަނޑާހުސްކުރަންވީ. ކޮންމެމީހަކަށް 5000 އަކަފޫޓްގެ ގޯއްޗެއްކަނޑާލައި ބަންގާޅިންނަށްކުއްޔަށްދޭންވީ.

    11
    1
  3. ހަނސް

    އަމީނީ މަގުގައި ހުރި ބޮޑެތި ހިޔާދޭ ގަސްތައް ކަނޑާލި މޫކޭ އަށް ސުކުރިއްޔާ!

  4. ސައިނީސް

    ރައްތައް ކުއްޔައްދީފަ ދާންވީނު ޗައިނާއަށް ފިނި ދިރިއުޅުން އުޅެން