މިހާރު އުމުރުން 59 އަހަރުގެ ޝަރޮން ސްޓޯނަކީ، އެމެރިކަން އެކްޓްރެސް އެއްގެ އިތުރުން މަޤުބޫލު ފިލްމު ޕްރޮޑިއުސަރެކެވެ. މި މަހުގެ 10 ވަނަ ދުވަހު 60 އަހަރު ފުރޭ ސްޓޯން ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ލޮސް އެންޖެލްސް އެއާރޕޯޓުން ފެނިފައެވެ. ޙަބަރުތައް ބުނާގޮތުން، ސްޓޯން އެހެން ތާކަށް ދަތުރު އެ ކޮށްލަނީ އޭނާގެ 60 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ނިކަން ފަރި ހިނިތުންވުމަކާއި އެކު ހެވިފައި ހުރި ސްޓޯން އެއާރޕޯޓުން ފެނިގެން، އޭނާގެ އެތަކެއް ފޭނުންނެއް ވަނީ އެކަން މީޑިއާ ތަކާއި ހިއްސާ ކޮށްފައެވެ. މިގޮތުން އޭނާ ހުރީ ބްލޫ ކުލައިގެ ސްވީޓާއަކާއި ޖީންސެއްގައި ކަމަށާއި އަދި އަތުކުރީގައި ސިލްވާ އަދި ޕިންކު ކުލަ ހިމެނޭ ގަޑިއެއް އޮތް ކަމަށްވެސް މަންޒަރު ދުށް ފަރާތަކުން މައުލޫމާތު ދެއެވެ.

ކޮންމެއަކަސް، އެއާރޕޯރޓްގައި ސްވީޓާރއެއް ލައިގެން ހުރި ސްޓޯން 'މިއާމި'އަށް ދެވުނު އިރު ހުރީ ސްޓްރައިޕް ޓީ-ޝާޓެއް ލައިގެންނެވެ.

 

Striped tee: Sharon ditched her sweater and wore a striped T-shirt upon arrival in Miami

 

މި އަހަރަށް މިހާރުވެސް 4 ފިލްމެއްގެ ޕްރޮޖެކްޓްގެ މަސައްކަތާއި ހަވާލުވެފައިވާ ސްޓޯން އަކީ 1992 ފެށިގެން މި އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ހުންނަރުވެރިއެކެވެ. ދެ ކައިވެންޏެއް ކޮށްފައިވާ ސްޓޯން މި ވަގުތު ހުރީ ސިންގަލްކޮށް ތޯ ނުވަތަ ނޫންތޯ އެއީ ގިނަ ބަޔަކު އޭނާއަށް ކުރިމަތި ކުރުވާ ސުވާލެކެވެ. މިއަށް ޖަވާބު ދިނުމުގެ ގޮތުން އޭނާ ބުނެފައިވަނީ، އެއްވެސް އިރެއްގައި ރަނގަޅު މީހަކު ފެނުމުން ނޫނިއްޔާ އޭނާ ރިލޭޝަނަކަށް ނުދާ ކަމުގައެވެ.