އަލަނާސި އަކީ ހުތް އަދި ފޮނި ރަހައެއް އޭގައި އެކުލެވިގެންވާ ވަރަށް މީރު މޭވާއެކެވެ. އަދި ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި އަލަނާސި އަކީ ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. ގިނަ މީހުން އަލަނާސި ބޭނުންކުރަނީ ފަނި ގިރުމަށާއި އޭގައި އެކުލެވޭ މީރުކަމެއްގެ ސަބަބުންނެވެ. ނަމަވެސް ސިއްހީ ނަޒަރަކުން ބަލާލާއިރު އަލަނާސިއަކީ ސިއްހަތާއި ވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މޭވާއެކެވެ.

އެގޮތުން ލޮލުގެ ދުޅަހެޔޮކަމަށް އަލަނާސީގެ ދައުރު ބޮޑެވެ. ފެނުމަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތަކަށް ވީ ހިނދު އެ ނިއުމަތް ކޮށިވެ ނުސާފުވުމަކީ އެކަކުވެސް އެދޭނެ ކަމެއް ނޫނެވެ. ސައިންސްވެރިންގެ ނަޒަރުގައި އަލަނާސީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރި ވެދެއެވެ. އަދި ކޮންމެ ދުވަހެއްގެ ކެއުމުގައި4 ނުވަތަ 3 ފަހަރު އަލަނާސި ފަދަ އެންޓި-އޮކްސިޑެންޓް ލިބޭ ކާނާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ލޮލަށްދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" އިން ދުރުކޮށްދޭ ކަމެކެވެ.

ލޭމަށްޗަށް ދިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިކަމަށްވެސް އަލަނާސިއަކީ ހައްލެކެވެ. އެހެނީ އަލަނާސީގައި ތެލާއި ސަރުބީ އެކުލެވެނީ ވަރަށް މަދުންނެވެ. އަދި ސޯޑިއަމް ނުވަތަ ލޮނު ވެސް ހުންނަނީ މަދު މިންވަރަކަށެވެ. ތެޔޮ، ސަރުބީ، އަދި ލޮނު ހަށިގަނޑުގައި ގިނަވުމަކީ ލޭމައްޗަށް ދިއުމަށް މަގުފަހިކުރާ ކަންތައްތަކެކެވެ. އަދި ލޭމަށްޗަށް ދިޔުން ކޮމްޓްރޯލް ކުރުމަށް ސޯޑިއަމް މަދުވެ، ޕޮޓޭސިއަމް ހަށިގަނޑުގައި ގިނަވާން ޖެހެއެވެ.

އަދި އަލަނާސިއަކީ ހަންގަނޑުގެ ދުޅަހެޔޮކަމަށްވެސް އިތް ފަރުވާއެކެވެ. އެހެނީ އަލާސީގައި އެކުލެވޭ ބްރޯމައިންގްގެ ސަބަބުން ހަންގަނޑު ހިކުނަ ނުދީ ބަހަށްޓައިދޭތީއެވެ. މީގެ އިތުރުން އަލަނާސީގައި އެކުލެވޭ ބައެއް މާއްދާތަކަކީ ބަރުދަން ލުއިކޮށްދިނުމަށްވެސް އެހީތެރިވެދޭ މާއްދާތަކެވެ.