ދިވެހިންގެ ތެރޭގައި މަޤްބޫލު ކަމެއް ހޯދާފައިވާ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ދަށުން ހިންގާ އިންކާ ބޭންޑުން ސުޕާރީގެ އަގު ހެޔޮކުރުމަށް ގޮވާލާ ލަވައެއް ތައްޔާރުކޮށްފިއެވެ.
ރޭ ރާޅުގަނޑު ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައިވާ މިލަވަޔަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ދަނީ ލިބެމުންނެވެ.
ކުރިން އެއް ރުފިޔާއަށް ލިބެން ހުރި ސުޕާރީ އުރައިގެ އަގު އުފުލި، ދެރުފިޔާއަށްވެސް ސުޕާރީ އުރައެއް ނުލިބުމާ ގުޅިގެން ގިނަ ބަޔަކުދަނީ ޝަކުވާކުރަމުންނެވެ. ސުޕާރީ ސޯންގްގެ ނަމުން ނަންދެވިފައިވާ މި ލަވަ ވަނީ ސުޕާރީގެ އަގާއި މިހާރު އުފެދިގެން އުޅޭ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވާފައެވެ.
"ވަރުނުލާ ބޮޑުބެރު ގްރޫޕް" ރީބުރޭންޑްކޮށް، "ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް" ނަން ބަދަލު ކުރި ފަހުން އެ ގްރޫޕުން ދަނީ ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދަމުންދާ އެތަށް ލަވައެއް ނެރެމުންނެވެ. މީގެ ތެރޭގައި "ޑެސްޕާސީތޯ"ގެ ދިވެހި ވާރޝަން ހިމެނެއެވެ.
މި ލަވައިގެ ލިންކް އަޅެ ހިމަނާލިނަމަ ކިހާ ފުރިހަމަވީސް!
ސާރޗް ޔޫޓިއުބް އިޑިއަޓް....ނަން ދީފަ ދޯ އޭނި
ހެހެހެ..ސުޕާރީ މިދެން ހާދަވަރުގަދަ އެއްޗެކޭދޯ.. ސުޕާރީ އޮފް އިމަޖެންސީ (އެސްއޯއީ) މިއޮތީ އިއުލާންކޮއްފަ..