ޑިޕްރެޝަން (ދެރައާއި ހިތާމަ) އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އަދި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް ވަރަށް އާންމު ކަމެކެވެ. ޑިޕްރެޝަން ނުވަތަ ހިތާމަ ކުރުމުގެ ބައްޔަކީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ބައްޔެކެވެ.
ސައިންސްވެރިން މިފަހަކުން ވިދާޅުވެފައިވާ ގޮތުގައި ޑިޕްރެޝަންއަކީ ތާފެނާ ފެނުން ފެންވަރައިގެން ވެސް ފަރުވާ ކުރެވޭނެ ބައްޔެކެވެ. އެގޮތުން ހަފްތާއަކު ދެފަހަރު ، 30 މިނެޓް ވަންދެން ތާފެނާ ފެނުން ފެންވެރުމަކީ ޑިޕްރެޝަން އާއި ދުރުވާ ކަމެއް ކަމުގައި ސައިންސްވެރިން ބުނެއެވެ.
ސަބަބެއްކަމުގައި ސައިންސްވެރިން ބުނަނީ ތާފެނާ ފެނުން ފެންވެރުމުން ހަށިގަނޑަށް ލިބޭ އަރާމުގެ ބޮޑުކަމާއި އެކަމުގެ ސަބަބުން ހިތަށާއި ސިނކުޑިއަށް ހަމަޖެހުން ލިބޭތީއެވެ.
ތާފެނާ ފެނުން ފެންވެރުމުގެ އިތުރަށް ޑިޕްރެޝަން އިން ސަލާމަތްވުމަށް އެތަށް ކަމެއް ކުރެވިދާނެއެވެ. އޭގެތެރޭގައި ޑޮކްޓަރީ ފަރުވާއާއި، ދީނީ ކަންކަމުގައި އުޅުމާއި، ރަށްޓެހިންނާއި އެކުގައި ވަގުތުތަށް ހޭދަކޮށްގެން ޑިޕްރެޝަންއަށް ފަރުވާ ކުރެވިދާނެއެވެ.
ޑިޕްރެޝަން ތިން ގޮތަކަށް ނުވަތަ ތިން ކެޓަގަރީއަކަށް ގިންތިކުރެވޭއިރު މި ބަލި ޖެހުނުމުގެ ކުރިން ބަލި ޖެހެން އުޅޭ ކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ސައިންސްވެރިންނާއި ޑޮކްޓަރުންގެ ނަޒަރުގައި މިބަލި ޖެހެން އުޅޭ ކަމުގެ އަލާމާތްތަކުގެ ތެރޭގައި، އެއްގޮތަކަށްވެސް ކާހިތް ނުވުމާއި، ފަސޭހައިން ރުޅިއައުމާއި، ކަންކަން ހުރުން ފޫހިވުމާއި، ދުނިޔެމަތިން ފޫހިވެ އަމިއްލަ ނަފްސް ކުށްވެރިކޮށް އަމިއްލަ ނަފްސަށް ގެއްލުން ދެވޭ ފަހަރު އާދެއެވެ.
ޑިޕްރެޝަން އަކީ މުސްތަގުބަލުގައި ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާނެ ސަބަބުވެސް މެއެވެ،
ފާޙާނަތެރޭގަ ގިނައިރުވުމަކީ ޖިންނި ޝައިތާނުން ރުހޭކަމެއް.ސިހުރުގެ ށިކާރައަކަށް ވެފައިވާ ބޭފުޅުން ޢާންމުކޮށް ފާހާނައިގަ ލަވަކިޔާ ނަށާހަދާ. ޢަދި ފާހާނައަށްވަދެ ގިނައިރުވޭ. މިފަދަ އާދަތަކާ ދުރުވުން ރަނގަޅުގޮތަކީ. ކީރިތި ޤުރުއާން ތިލާވަތުކޮށް ބައި ގަޑީއިތު ކިޔަވާލިއަސް މާ ބޮޑަށް ހިތްހަމަ ޖެހުން ވެރިވާނެ.
ޑޮކްތަރަށް އަސްލު ނޭގޭ ތިބަލި.
ތިހާގިނައިރު ފެންވަރަންޔާ ފެންބިލު އަނެއްކާ ބޮޑުވެގެން ޑިޕްރެސްވެދާނުން.