ސިކުނޑީގެ ނުރައްކާތެރި އޮޕަރޭޝަނެއް ކުރިއަށް ދިޔައިރު، ބަލިމީހާ ހުއްޓާ ނުލައި ލަވަ ކިޔައިފިއެވެ. އުމުރުން 19 އަހަރުގެ މި ލަވަކިޔުންތެރިޔާ، އޮޕަރޭޝަން ކުރިއަށް ދިޔައިރު ހުއްޓާ ނުލައި ލަވަ ކިޔާފައިވަނީ ވަރަށް މުޙިއްމު ބޭނުމެއްގައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އުމުރުން 19 އަހަރުގެ ކިރާ ލަސޮނެޓީ ނަމަކަށް ކިޔާ މި ލަވަކިޔުންތެރިޔާ، ސިކުނޑީގެ އޮޕަރޭޝަން ކުރިއަށް ދިޔައިރު ހުއްޓާ ނުލާ ލަވަ ކިޔާފައިވަނީ އޭނާގެ އަޑު ސަލާމަތް ކުރުމަށެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ހުއްޓާނުލާ ލަވަ ކިޔަން ޖެހުނީ، އޮޕަރޭޝަންގެ ތެރެއިން ކިރާގެ ސިކުނޑިއަށް ފަރުވާ ދޭން ނުޖެހޭ ތަންތަން ދެނެގަތުމަށެވެ.

ކިރާ އަކީ މިއުޒިކް ޓްރިގާޑް އެޕިލެޕްސީ ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. މިކަމުގެ ސަބަބިން މޮޅު ލަވަކިޔުންތެރިއަކަށްވުމަށް އޭނާ ދެކެމުން އައި އުންމީދުތަކަށް ކޮންމެވެސް މިންވަރެއްގެ ހިޔަންޏެއް އެޅިގެން ދިޔައެވެ. މި ބަލީގެ ސަބަބުން، އޭނާގެ އޮޑިޓަރީ ކޯޓެކްސް ގައި ޓިއުމަރެއް އުފެދުނުއިރު، ޓިއުމަރު ނަގަން ޖެހުނީ އޮޕަރޭޝަނެއް ކުރާށެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެމީހުން ހަމައެކަނި އަމާޒަކަށްވީ ކިރާގެ ސިކުނޑީގެ އޮޑިޓަރީ ކޯޓެކްސް ގައި އިން ޓިއުމަރު ނެގުމެއް އެކަންޏެއް ނޫނެވެ. އެހެނަސް، އެމީހުންގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ، މި އަންހެން ކުއްޖާ ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އެހީތެރިވެދިނުންކަމަށް އެމީހުން ބުނެފައިވެއެވެ.

މި ނުރައްކާތެރި އޮޕަރޭޝަން، ޑޮކްޓަރުން ވަނީ ކާމިޔާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު