ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމު އަހުމަދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހައްޔަރުކޮށްފައި ވާއިރު މިއަދަކީ އޭނާގެ 41 ވަނަ އުފަންދުވަހެވެ. އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން (އައިޝް) އާއި ހަތަރު ދަރިންނާއި ވަކިން އިލްހާމް މިއަދު ޖަލުގައި އޮންނެވިއިރު އަނބިކަނބަލުން ވަނީ މިއަދުގެ ޝުޢޫރުތައް ލަވަ އަކުން ހިއްސާކޮށްފައެވެ.
މާޝާ ޅެން ވެސް ހައްދަވާ، އަދި އޭނާގެ އަޑުން ވިދާޅުވި ލަވަ މިހާރު ވަނީ މީސް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.
ލަވައިގައި ވިދާޅުވެފައި ވަނީ (އިލްހާމް) "އަނބިދަރިންނާއި، ދުވަސްވީ މައިންބަފައިންނާއި ދެތަންކޮށް ހިތުގައި ޖައްސަމުން" ދާ ކަމަށެވެ.
މިއަދު ފާހަގަ ކުރާ އިލްހާމްގެ އުފަންދުވަހުގެ ހަޤީޤަތަކީ ދޭ އަނިޔާއަށް ކެތްނުވާ ހާލުގައި ކަރުނަ އަޅަން ޖެހިފައި ވުން ކަމަށް މާޝާގެ ލަވައިގައި ވިދާޅުވެފައި ވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އިލްހާމް ރާއްޖެ ވަޑައިގެންނެވީ ޖަނަވަރީ މަހުގެ ފަހު ކޮޅުއެވެ. އޭނާ ރާއްޖެ ވަޑައިގަތުމާއި އެކު ހައްޔަރުކުރި ނަމަވެސް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލިއެވެ. އޭގެ ފަހުން އިލްހާމް ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
ފުލުހުން ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު އިލްހާމްގެ މައްޗަށް ކޮށްފައެވެ.
ތި ލަވާގައި ރިޝްވަތުކާ ވާހަކަ ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް.
ހާދަހާ ދެރައޭ ހަޔާތަށް ދެން އަލުން ދިރުމެއް ނެތޭ. މާދަމާވެސް ދިރިއުޅޭ ކަމުގެ އުންމީދެއް ނެތޭ.
ދެންއަތްޖަހާ
ވަރިވޭ މަހަވާލުވެދާނަން. ދުވަހަކުވެސް ހައްޔަރެއްނުވެ އިރާދަކުރެއްވިއްޔާ އުމުރު ހޭދަކުރާނީ މިގޮތުގަ
ޜިސްވަތު ކާތީވެ ޖެހޭ މަޅިއެކެވެ.ދެން ލަލަލާ
އޭނާ އެލަވަ ކިޔޭ މާމުރިން ހަމްދާން ޒަކީޔާ އެކުވެސް މާރީތި ކޮން އަހާބަލަ
ލާރިކާން ވެގެން އުޅެންޖެހުނު ގޮތްތީ
ލާދީނީ ގުންޑާއިން
މިލަވައިން އެގެނީ ބިޑި އައިސްތު ހުރީ ފިރި ސޮރު ހައްޔަރު ކުރުމުން ވަރަށް އުފަލުން ކަން. އެއީ ގިނަ ފަހަރަށް ލަވަކިޔާނީ ވަރަށް އުފާވީމަ ދޯ؟ ހެހެހެ
އަހަރެމެން ނަކައްވެސް ނުތިބެވޭ އަހަރެމެން އަންހެނުން ކާރީ މީދެން ކޮންނޫސްތަކައް އަރާކޮންވައްތަރެއް ޖައްސާބައެއްތާ މިމީހުންގެ ނޫނީއަބިންނެއް ނުތިބެނީތަ ރާއްޖޭގަ
ހަހަހަހަ މަ ހީީހީ ޙި ހަލާކު. އޭނައަށް ނޭގޭތައް ހުރިހާ ޖަރީމާއެއް ހިނގާއިރު އޭނަގެ ދަރިންނާއި މައިންނާ އަނބިމީހާ ހުންނަ ކަމެއް
އައްދޭ ކަނބުލޯ ހަމްދާން ޒަކީ ވަރަށް އުފާވާނެ މިހާރު.
ލޯބިވާ ފިރިމީހާ އޭ.. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ނުދޭށޭ ކިޔާ ޅެމެއް ހަދައިގެން ކިޔަންވީނު ދޯ