ސިންގަޕޫރުގެ މަގެއްގެ މަތިން ޖިންނި ކުއްޖެއް ފެންނަ ވީޑިޔޯއެއް މީސް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

ފޭސްބުކްގައި ދައުރުވަމުން ދިޔަ އެ ވީޑިޔޯއިން ފެންނަނީ އިސްތަށިގަނޑު ދިގުކޮށް ހުރި ކުޑަ އަންހެން ކުއްޖެކެވެ. އެއީ މާރޗް މަހުގެ ތިން ވަނަ ދުވަހުގެ ރޭ ނަގާފައިވާ ވީޑިޔޯއެއް ކަމަށް ވެއެވެ.

އެ ވީޑިޔޯ ނަގާފައިވަނީ ކާރެއްގައި ދިޔަ ބައެކެވެ. އެއިރު މަގުމަތީގައި އެހެން ދުއްވާ އެއްޗެހިވެސް ދުއްވަމުން ދިޔައެވެ. މަގު ދެ ފަޅި ކުރުމަށް އަޅާފައިވާ ކުޑަ ފާރު ބުރި މަތީގައި ހުރި އެ ކުއްޖާއަށް ބަލާބެލުމަށް ހީވަނީ ހިޔަންޏެއް ހެންނެވެ.

އަޕާ ބުކިޓް ޓިމާހް ރޯޑްގައި ދުއްވާފައި ދިޔަ މީހަކަށް އެ ޖިންނި ފެނުނުކަމަށް ބުނާއިރު، އޭނާ ހުރީ އެތަން ވީޑިޔޯވެސްކޮށްފައެވެ.

އެ ވީޑިޔޯ ޝެއާކޯށްފައި ވަނީ ފޭސްބުކްގެ ޕޭޖެއްގައެވެ.

https://www.facebook.com/Roads.sg/videos/1859238097441918/

މީގެ ކުރިންވެސް އެކި ފަހަރުމަތިން ޖިންނި ފެންނަ ވީޑިޔޯތަކާއި ފޮޓޯތައް މީސް މީޑިޔާގައި ދައުރުވިއެވެ. އޭގެ ތެރޭގައި ސްކޫލް ތެރެއިން ޖިންނިއެއް ފެންނަ ވީޑިޔޯ އާއި ކެޓެ ޕްރައިސްގެ ގެއިން ޖިންނި ފެންނަ ފޮޓޯތަކެވެ.

އެއްބަޔަކު ބުނަނީ މިއީ މީހުންގެ ސަމާލުކަން ހޯދުމަށް ބަޔަކު ޖައްސާ ފޭޖް ގޭމް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    ކަޅު ސޯޓަކާއި ހުދު ގަމީހެއް ލައިފަހުރި ޖިންނިއެއްދޯ؟

  2. ޗ

    ތީ ފޭކް

  3. ާޮައަލީ

    މީ ކޮންފަދަ ދޮގެއް.ހަމަ ބޮޑު ދޮގެއް

  4. ތިމާ

    ޙުދު ޖަންގިޔަލެގަ ހުރި ޖިންނި

  5. ކެެރީ

    ގާސިމާއި ވައްތަރީ

  6. ހީލާ

    ނަސީބެއްނު ކެމެރާ ޗިސްޗިސް ނުވިކަން. އެހާ ބަރު ނޫނީ ދޯ

  7. އަންނި

    ޔާމިނު ކަންނޭނގެ