ދަތުރެއްގެ މަތީގައި މަތިންދާބޯޓުގެ ތެރޭގައި ފަސިންޖަރެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެހީތެރިވި ޑޮކްޓަރަކަށް ގިނަ ބައެއްގެ ތަޢުރީފު ލިބެމުން އެބަދެއެވެ.

ފަރަންސޭސިވިލާތުގެ ޕެރިސް އިން ފުރައިގެން އިންޑިޔާގެ ބެންގަލޫރަށް ދަތުރަކުރަމުން ދިޔަ އެއަރ ފްރާންސްގެ ފްލައިޓެއްގެ ތެރޭގައި ބަލިމީހެއް ސަލާމަތްކޮށްދިން ޑޮކްޓަރަކީ އުމުރުން 69 އަހަރުގެ ޕްރަބުލިންގަސްވާމީ ސަންގަނަލްމަތު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ މިހާރު ރަސްމީ މަސައްކަތުން ރިޓަޔާ ވެފައި ހުރި ޑޮކްޓަރެކެވެ.

މިދިޔަ މަހުގެ ތެރޭގައި މިކަން ހިނގާފައިވާއިރު، އޭނާ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފްލައިޓު ތެރެއަށް ވެއްޓުނު މީހަކަށެވެ.

ފްލައިޓު ތެރެއަށް ވެއްޓުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދިނުމަށް ކުރަންވީ ކަމެއް ނޭނގިގެން ކެބިން ކްރޫ އިން އުޅެމުންދިޔައިރު، ޑޮކްޓަރުވަނީ ބަލަން ނީނދެ، އޭނާއަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުންކޮށްފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ފްލައިޓު ތެރޭގައި އިން އެހެން ނަރުހަކާއެކު މި ޑޮކްޓަރުވަނީ ބަލިމީހާއަށް ކާޑިއެކް މަސާޖެއް ދީފައެވެ. އެއަށްފަހު އޭނާއަށް ފަސޭހައިން ނޭވާ ލެވޭނެހެން ކަންކަން ކޮށްދީފައިވެއެވެ.

ޖެހިގެން އައި ދުވަހު، އެއަރ ފްރާންސްގެ ޕަސެންޖަރ މެޑިކަލް ސަރވިސް އިން ވަނީ މި ޑޮކްޓަރަށް މެސެޖެއް ފޮނުވާ ޝުކުރު އަދާކޮށްފައެވެ. އަދި، އެކަމަށް އަގުވަޒަން ކުރުމުގެ ގޮތުން 100 ޔޫރޯ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޮއްބެ

    100 ޔޫރޯއޭ؟ ހާދަހާ ދަހިވެތި ބައެކޭދޯ.

    • ރަމް

      އެއީ ރަމްޒީ ހަދިޔާ އެކޭ
      އެހެންނޫނަސް ސައުދީމީހުން ކުރާވަރަކަށް އެހެން މީހުން އިސްރާފެއް ނުކުރެއެވެ.

  2. ތިޔޭ އެއްކަލަ

    ފަންސަވީސް ލާރި ދިން ނަމަ.