މޭގަން އާއި ކޭޓް
މޭގަން އާއި ކޭޓް

އިނގިިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިމީހާ ކޭޓް މިޑްލަޓަން ހެދުން އެޅުމުގައި ގެންގުޅޭ އުސޫލުތަކާއި ކޭޓްގެ ހެދުންތައް ހުންނަ ސްޓައިލް ޕްރިންސް ހެރީގެ އަނބިމީހާ މޭގަން މާކެލް ގެންދަނި ކޮޕީ ކުރަމުން ކަމަށް އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

ކޭޓްގެ މުވައްޒަފުންނާއި ހަވާލާދީ ކަމަށް ބުނެ އާންމު ކޮށްފައިވާ ރިޕޯޓްތަކުގައި ބުނެފައި ވަނީ ކޭޓްގެ ހެދުންތައް ހުންނަ ސްޓައިލަށް ހެދުން އެޅުން މޭގަން އާދައަކަށް ހަދާފައިވާ ކަމަށެވެ.

މޭގަން އާއި ކޭޓް
މޭގަން އާއި ކޭޓް

ދެއަންހެނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި އެއްގޮތް ކަމުން އެކަން ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އިނގިރޭސިވިލާތުގެ މީޑިއާ އިން ބުނެއެވެ.

ކޭޓްގެ ހެދުން އެޅުމުގެ ސްޓައިލް މޭގަން ކޮޕީ ކުރަމުން އަންނަ ކަމަށް މީޑިއާ އިން ރިޕޯޓް ކޮށްފައި މިވަނީ ކޭޓާއި މޭގަންގެ ގުޅުން ވަރަށް ގޯސް ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓް ކުރިތާ ހަފްތާއެއް ވެސް ނުވަނީސް އެވެ. ނަމަވެސް މޭގަން އާއި ކޭޓްގެ ދެމެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ރިޕޯޓް ޝާހީ އާއިލާ އިން ވަނީ ދޮގުކޮށްފައެވެ.

މޭގަން އާއި ކޭޓް
މޭގަން އާއި ކޭޓް

ކޭޓްގެ ހެދުން އެޅުމުގެ ސްޓައިލް މޭގަން ކޮޕީ ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ބުނާ އިރު އަނެއްބައި މީޑިއާތަކުން ބުނެފައި ވަނީ އެއީ ކޭޓްގެ ސްޓައިލްތައް މޭގަންއަށް ކަމު ގޮސްގެން އިނިސްޕައާ ވެގެން މޭގަން ހެދުން އެޅުމަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. އެމީޑިއާތަކުން ބުނާ ގޮތުގައި މޭގަން ޝާހީ އާއިލާގެ އުސޫލުތަކަށް އާވުމުން ކޮންމެވެސް ވަރަކަށް ހެދުން އެޅުމުގައި ކޭޓް ކޮޕީ ކުރުމަކީ މައްސަލައެއް ވެސް ނޫނެވެ.

ކޭޓްގެ ހެދުން އެޅުމުގެ ސްޓައިލް މޭގަން ކޮޕީ ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ޚަބަރަށް ޝާހީ އާއިލާ އިން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޭޓްއަށްވުރެ މޭގަންއަކީ މާބޮޑަށްވެސް ސްޓައިލިޝް މީހެއް އަދި އެހާމެ ރީތި..

    • މޭގަނޭ ހެރީގެ މާމައެއް އެއީ އުމުރުން ދޮށީ މުސްކުޅިއެއް. ބޯކޮށް ފައުންޑޭޝަން އުނގުޅީމަވެސް އޫރުމަސްކެއުމުން ޖަހާ ކަޅު ސްޕޮޓްތައް ނުފިލާ.. އެއްވެސް ސްޓައިލެއް ދަންނަ މީހެއް ނޫން ކައިރީގަ މުވައްޒަފެއް ގެން ގުޅެން ވެސް ނޭނގޭ.. އޭނާ އައިފަހުން ޝާހީ އާއިލާއަށް އެންމެ ލޯޔަލް ސަރވަބްޓުންވެސް ވަޒީފާެިން ވަކިވަނީ

  2. ދެން ކީއްތަ ވާނީކީ! ހަމަ ރީތިއްޔާ އަނެކަކުވެސް އެގޮތަށް ހެދުން އަޅާލީމަ ވީނު!

  3. މޭގަންއަކީ ފައްކާ ކޮޕީކެޓެއް.

  4. ހޫނ ކަންތަކާ ލައިގަތީ. އޮރިޔާން ނިވާވާކަހަލަ ހެދުމެއްލާތީ ކަންބޮޑުވީދޯ. ޢަޖައިބުވޭ.

  5. މަވެސް ކޭޓް ކޮޕީ ކުރަން ކޮނމެސްވަރަކަށް