އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރިކަމުގެ ތުހުމަތު، ފިރިހެން ކުދިންތަކަކާއި އިތުރު މީހުންތަކެއްގެ މައްޗަށް ކުރެވިއްޖެއެވެ. މި ތުހުމަތު ކުރެވިފައިވަނީ އުމުރުން 14 އަހަރާއި 22 އަހަރުގެ ފިރިހެނުންތަކެއްގެ މައްޗަށެވެ.

ތައިލެންޑުގެ ބަން ކްރުއަތު އަވަށުގައި މިކަން ހިނގާފައިވާއިރު، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހުކަމަށް "ބެންކޮކް ޕޯސްޓް" އިން ބުނެފައިވެއެވެ.

ބެންކޮކް ޕޯސްޓް އިން ބުނެފައިވާ ގޮތުގައި އެސަރަޙައްދުގެ ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ 13 އަހަރުގެ ކުއްޖާގެ މައިންބަފައިންނެވެ. އެފަރާތްތަކުން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުން މި ހަތް މީހުން ވެގެން އެކުއްޖާ ރޭޕުކޮށްފައިވަނީ ފާޚާނާ އެއްގެ ތެރޭގައެވެ.

ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަތަރު ކުޑަކުދިން ވަނީ ޖުވަނައިލް ކޯޓަކަށް ހާޟިރުކޮށްފައެވެ. އަދި އެކުދިން ފުލުހުންގެ ބަންދުގައި ބައިތިއްބާފައިވަނީ އެންމެ 24 ގަޑިއިރުއެވެ. އެއީ އެޤައުމުގެ ޤާނޫނުތަކަށް އެއަށްވުރެ ގިނަ ވަގުތު ކުޑަކުދިން ބަންދުގައި ބައިތިއްބަން ތަން ނުދޭތީއެވެ.

އެހެންނަމަވެސް، މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 18 އަހަރުން މަތީގެ ތިން މީހުންގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، 18 އަހަރުން މަތީގެ ތިން މީހުންގެ ތެރެއިން އެކަކުވަނީ އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް އިއުތިރާފުވެފައެވެ. އެހެން އެއްވެސް ފަރާތަކުން، މިކަމަށް އިއުތިރާފު ވެފައިނުވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ހައްޔަރު ކުރި ބައެއް ފަރާތްތަކުގެ އާއިލާތަކުން ބުނެފައިވަނީ އެފަރާތްތަކުން އެފަދަ ކަމެއް ނުކުރާނެކަމުގައެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކުން އެފަރާތްތައް ދޫކޮށްލުމަށް ހުށަހަޅާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޮހޮދޭ

    ކުއްޖާ ކުޑައެއް ނޫން

    • ޝާޔާ

      އެކަމްވެސް ނުޖެހޭނެ ރޭޕް ކުރާކަށް. ?ނިކަމެތި އަންހެނާއަށް ކިހާވޭނެއް.