ބޮލީވުޑްގެ ފިޔަޖަހަމުން އަންނަ ތަރިއެއްކަމުގައިވާ ރަންވީރު ސިންގގެ ސަބަބުން އޭނައަށް ސަޕޯޓް ކުރަމުންދާ ފޭނުންތަކަކަށް އަނިޔާވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު މުމްބާއީގައި އޮތް ލެކްމީ ފެޝަން ވީކް އިވެންޓުގައި ރަންވީރު އޭނާގެ ކުރިއަށް ނެރެން އޮތް ފިލްމް ކަމުގައިވާ ގުލީ ބޯއިގެ ލަވައަކަށް ޕާފޯމްކޮށް ނިންމާލުމަށްފަހު އޭނާ އުޅުނީ މާ މޮޅު ކަމެއް ކުރާށެވެ.

އޭނާގެ ޕާފޯމެންސް ބަލަން ތިބި މީހުންނާއި ދިމާލަށް އޭނާ ފުންމައިގަތީ ކޮންމެވެސް މޮޅު ކަމެއް ކުރަން ނަމަވެސް، އޭގެ ސަބަބުން އޭނާގެ ފޭނުންތަކަކަށް އަނިޔާވިއެވެ. އެގޮތުން މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އެ ހާދިސާގެ ފޮޓޯތަކުގައި ރަންވީރު އެ މީހުންގެ ތެރެއަށް ފުންމާލި ގަޑީގައި އަނިޔާވި ބައެއް މީހުން ބިންމަތީ ތިބޭ މަންޒަރު ފެނެއެވެ.

އޭގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ. އެ ހާދިސާއާ ގުޅިގެން ރަންވީރުއަށް ފާޑުކިޔުންތައްވެސް ދަނީ އަމާޒުވަމުންނެވެ. އަދި އޭނާ ކުޑަކުދިންގެ އުޅުން ދޫކޮށްލުމަށް އެއްބަޔަކު ދަނީ ގޮވަމުންނެވެ.

ރަންވީރްއަކީ އާއްމުކޮށް މިފަދަ ސްޓަންޓްތައް ޖައްސާ މީހެކެެވެ.

ރަންވީރުގެ ގުލީ ބޯއި ނެރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ދުނިޔެއަކީ މިކަހަލަ ތަނެކެވެ. ރަންވީރު އެ ފުއްމާލި ފުއްމާލުމުން ބަޔަކަށް އަނިޔާނުވިނަމަ އެންމެން އޭނާގެ މޮޅު ކަމުގެ ވާހަކަ ދައްކާ ތަޢުރީފު ކުރީސް.