ހަނދާއި ދުނިޔެ އެކުގައި ފުރިހަމަކޮށް ފެންނަ ފޮޓޯއެއް ޗައިނާގެ ސެޓެލައިޓަކުން ނަގައިފިއެވެ.
މީގެ ކުރިން މިގޮތަށް ހަނދާއި ދުނިޔެ އެކުގައި ފުރިހަމަކޮށް ފެންނަ ފޮޓޯއެއް ނަގާފައި ނުވާއިރު ދުނިޔޭ އާއި ހަނދު މި އޭންގަލުން ވެސް އަދި މިހާތަނަށް އެއްވެސް ސެޓެލައިޓަކުން ވެސް ފޮޓޯއެއް ނަގާފައެއް ނުވެއެވެ.
މި ފޮޓޯ ނަގާފައިވަނީ ޗައިނާގެ ލޮންޖިއަންގް 2 ނަމަކަށް ކިޔާ ސެޓެލައިޓަކުން މި މަހު ހަތަރުވަނަ ދުވަހުއެވެ.
This is the original resolution (640x480 pixels with heavy jpeg compression). Downloading these 16 kilobytes took almost 20 minutes. We did color-correct the original. pic.twitter.com/4XszxJOAmT
— Tammo Jan Dijkema (@tammojan) February 5, 2019
ހަނދަކީ ދުނިޔެ އަށް ނިސްބަތްވާ ހަމައެކަނި ތޮބީއީ ސެޓްލައިޓެވެ. އަދި އިރަވީ ނިޒާމުގައި ފަސްވަނައަށް އެންމެ ބޮޑު ސެޓަލައިޓެވެ. ހަނދަކީ އަރުޒުގެ އުޑުގައިވާ ދެވަނައަށް އެންމެ ބްރައިޓް އޮބްޖެކްޓެވެ. އިރަވީ ނިޒާމުގައިވާ އެހެން ޕްލެނެޓް ތަކަށް ނިސްބަތް ވާ ތޮބީއީ ސެޓްލައިޓް ތަކަށް ވެސް ހަނދޭ ކިޔެއެވެ. ހަނދުގެ ޑަޔަމީޓަރަކީ ގާތްގަނޑަކަށް 3480 ކިލޯމީޓަރެވެ.
ޗައިނާއިން އެގައުމުގެ ޖައްވީ ޕްރޮގުރާމުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދަމުން އަންނައިރު ހަނދުގެ އަނދިރި ފަރާތް ދިރާސާ ކުރަން ޗައިނާއިން މިދިޔަ އަހަރު ޑިސެންބަރު މަހު ފޮނުވި އުޅަނދު ކާމިޔާބު ކަމާއި އެކު ހަނދުގެ އަނދިރި ފަރާތުގައި ވަނީ ޖައްސާފައެވެ.
ޗައިނާއިން ވަނީ މީގެ 40 އަހަރު ކުރިން ޗެންގް ފައިވް-ޓީވަން ނަމުން ނަންދީފައިވާ އުޅަނދެއް ހަނދަށް ފޮނުވާފައެވެ. ހަނދުވަށާ ބުރު ޖެހުމަށް ފޮނުވާލި ޗެންގް ފައިވް-ޓީވަން އަކީ ފާއިތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ހަނދު ވަށާ ބުރު ޖެހުމަށް ފަހު އެނބުރި ދުނިޔެއަށް ޖެއްސި ފުރަތަމަ އުޅަނދެވެ.
ދާދި ފަހުން މަގުތައް އަލިކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި އާޓިފިޝަލް ހަނދެއް އުފައްދައި ޖައްވަށް ފޮނުވަން ރާވާފައިވާ ކަމަށް ޗައިިނާގެ ކުންފުންޏަކުން ވަނީ ބުނެފައެވެ.
ހަތްވަނަ އުޑަށް އެރޭތަ ފޮޓޯނަގަން؟
އިންސާނުންނަ ފެންނަ ހުރިހާ ތަރިތަކާ މަޑިކިލަނބުތައްވަނީ ހަތްއުޑުގެތެރެއިން އެންމެތިރީގައިވާ 'ދުނިޔޭގެ އުޑު'ގެ ނަމުން ނަންދެވިފައިވާ އުޑުގެ ދަށުގައި. އިސްލާމް ދީން ނޭނގޭނަމަ ދިރާސާކޮށް ބަލާ، ފުރައްސާރަކުރުމުގެ ބަދަލުގައި، ތެދުވެރި މީހެއްނަމަ ﷲ އެމީހަކަށް ހެޔޮމަގު ދައްކަވާނެ އަދި ޝައްކުތަކާ ޝުބުހަތަކުން ސަލާމަތްވާނެ.
ކޮބާ ތަރިތައް؟ ފިލީތަ؟ ފޭކަސް މީބޮޑުވަރު..... 🙂