ދަޅެއް ލާފައި ހުރި އާ ވަތަރެއްގެ ފައިދިގު މަކުނެއް ފެނިއްޖެއެވެ.
އަލަށް ފެނުނު މި ފައިދިގު މަކުނަށް ސައިސްވެރިން ދީފައިވާ ނަމަކީ އެފްރިކަން "ޓަރަންޓްލޭ" އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ފައިދިގު މަކުނުގެ އެތައް ސަތޭކަ ވައްތަރު ތަކެއް އުޅޭ އިރު މި ފައިދިގު މަކުނުގެ ހާއްސަ ކަމަކީ މަކުނުގެ ފަހަތުގައި ދަޅެއް ލާފައި ހުރުމެވެ.
މިއީ މި ބާވަތުގެ މަކުނެއް ފެނުނު ފުރަތަމަ ފަހަރަށް ވާއިރު މި މަކުނު ފެނިފައިވަނީ މެދުތެރޭ އަފްރިކާގެ އަންގޯލާއިންނެވެ.
ސައިންސްވެރިން ބުނާގޮތުގައި މި ފައިދިގު މަކުނު އެންމެ ގާތް ކުރަނީ ބަބޫން ނަމަކަށް ކިޔާ ފައިދިގު މަކުނަކާއެވެ. ފޮޓޯ އިން ފެންނަ ފެނުމަށް ވުރެން ވެސް މި ފައިދިގު މަކުނު އާދަޔާ ހިލާފަށް ބޮޑެވެ.
މި މަކުނު 500 އާއި 700 އާ ދެމެދުގެ އަދަދަކަށް ބިސްއެޅުމަށްފަހު އޭތީގެ މަކުނުވާ ތެރޭގައި ރައްކާކުރެއެވެ. އާދަޔާ ހިލާފަށް ވިހަގަދަ މި ފައިދިގު މަކުނު އަލަށް ހޯދާފައިވާއިރު ސައިންސްވެރިން ބުނަނީ މި މަކުނު އަކީ އޭތީގެ ދުޝްމަނުންގެ ކިބައިން ހަމަލާއެއް އަތުވެއްޖިޔާ ދިފާއުގައި ވަރުގަދަ ހަމަލާދޭ މަކުނެއް ކަމަށެވެ.
ދުނިޔޭ އެންމެ ވިހަގަދަ ފައިދިގު މަކުނު ތަކުގެ ތެރޭގައި ބްލެކް ވިޑޯ ނަމަކަށް ކިޔާ މަކުނެއް ވެއެވެ. މި މަކުނުގެ ޝިކާރައަކަށް ވެއްޖެ އެމީހެއްގެ ސިކުނޑިއަށް ވިހަ ގޮސް އާދަޔާ ހިލާފަށް ރިއްސާ ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާތެރިވެ މީހުން މަރުވެފައިވެސް އެބަހުއްޓެވެ. ސައިންސްވެރިން ގަބޫލު ކުރާގޮތުގައި އަލަށް ހޯދުނު މަކުނަކީ ބްލެކް ވިޑޯ އާއި ދާދި އެއްވަރަކަށް ނުރައްކާ އެއްޗެކެވެ.