ބޮލީވްޑްގައި ރަސްކަން ކުރުމަށް ފަހު ހޮލީވްޑްގެ ފިލްމްތަކާއި ސީރީޒްތަކުން މަގުބޫލްކަން ހޯދާފައިވާ ޕްރިޔަންކާ ޗޯޕްރާގެ ކައިވެނީގެ ވާހަކަ ނިމޭކަށް ނެތެވެ. އެންމެ ގިނަ ކައިވެނި ޕާޓީ ބޭއްވި ތަރީގެ ޝަރަފް ވެސް ފަހަރެއްގައި ޕްރިޔަންކާ އަށް ލިބިފައި އޮތުން އެކަށީގެންވެއެވެ. އަދިވެސް ޕްރިޔަންކާގެ ކައިވެނި ޕާޓީތައް ނުނިމޭ ކަމަށް ވެއެވެ.

ނަމަވެސް މިފަހަރު މިއޮތީ އޭނާގެ ކައިވެނި ޕާޓީއެއްގެ ވާހަކައެއް ނޫނެވެ. ޕްރިޔަންކާގެ ރީތި ކައިވެނީގެ ހެދުމުގެ ވާހަކައެވެ. މީގެ ކުރިން ވެސް ޕްރިޔަންކާގެ ކައިވެނީގެ ހެދުން ވަނީ ނޫސްތަކުގެ ސުރުހީ އިން ޖާގަ ހޯދާފައެވެ.

މިފަހަރު މިއޮތީ ޕްރިޔަންކާ އޭނާގެ ކައިވެނީގެ ހެދުން ހެޔޮވަރު ކުރި މަންޒަރު ފެންނަ ވީޑިއޯއެކެވެ. 75 ފޫޓްގެ ބޮޑު ކައިވެނީގެ ހެދުން ފަހާފައި ވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކަމަށް ވެއެވެ.

ޕްރިޔަންކާގެ ކައިވެނީގެ ހެދުން ހެޔޮވަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކްރިސްޓިއަނުންގެ އާދަކާދަ އާއި އެއްގޮތައް ޕްރިޔަންކާ ބޭއްވި ކައިވެނި ޕާޓީގައި ބޭނުން ކުރި ހެދުން ހެޔޮވަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެވެ. ޕްރިޔަންކާ ވަނީ އިންޑިއާގެ އާދަކާދަ އާއި އެއްގޮތައް ހިންދޫންގެ ކައިވެނި ޕާޓީއެއް އެއްވެސް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫން

    ތި ވީޑިއޯ ރިލީޒްވިތާ ކިތަންމެ ދުވަހެއް

    7
    1
    • ޕްރިޔަންކާ

      ހަހަހަހަހަހަހަ