"ގަނޑުފެންތަކުގެ ސުނާމީއެއް" ކެނެޑާ އަށް އަރައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިސުނާމީ އަރާފައި ވަނީ ކެނެޑާގެ ނިއަގަރާ ކޯރުންނެވެ.

ސުނާމީ އަރާފައި ވަނީ ނިއަގަރާ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ 60 މޭލުގެ ބާރުމިނުގައި ވައި ވެސް ޖެހެމުން ދިޔަ ވަގުތެއްގައެވެ.

ގަދަ ވައިގެ ސަބަބުން "އައިސް ސުނާމީ" ގެ ގަނޑުފެންތައް ވަނީ އެސަރަހައްދުގެ މަގުމައްޗަށް ފެތުރިގެން ގޮސްފައެވެ. ނަމަވެސް މި ސުނާމީގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި ހުރި ގެއަކަށް ގެއްލުން ލިބިދާނެ ކަމަށް ލަފާކުރެވުމުން އެގޭގައި ދިރިއުޅުނު އުމުރުން ދުވަސްވީ މީހަކު ވަނީ ރައްކާތެރި ސަރަހައްދަކަށް ބަދަލު ކޮށްފައެވެ.

ކެނެޑާގެ މޫސުމާއި ބެހޭ އިދާރާ އިން ބުނީ މިއީ ކަނޑުގެ ލޮނުގަނޑު އުފުލެން ފެށުމުން އެރި ސުނާމީއެއް ކަމަށް ބެލެވޭ ކަމަށެވެ.