އިންޑިއާގެ ވެސްޓްބެންގަލް އަންހެނެއް ރޭޕް ކުރުމަށްފަހު އަންދާލުމަށް ހުޅުޖެހުމުން، އޭނާ ރޭޕްކޮށް ހުޅުޖެހި މީހާގެ ގައިގާ ހިފާ އެ މީހާގެ ގައިގާ އަލިފާން ރޯކޮށްލައިފިއެވެ.

އެހާދިސާގައި ފިރިހެން މީހާ ވަނީ މަރުވެފައެވެ. އަދި އަންހެން މީހާގެ އަތާއި މޫނު ފިހެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމުން އެނގުނުގޮތުގައި، އެ ފިރިހެން މީހާ އެ އަންހެން މީހާއަށް އުދަގޫ ކުރަމުންދާތާ ވަރަށް ދުވަސްވެއްޖެެއެވެ. އަދި އެކަނި ގޭގައި ހުއްޓާ މިދިޔަ ހޯމަ ދުވަހު އެ ފިރިހެން މީހާ އެގެއަށް ގޮސް އެ އަންހެން މީހާ ރޭޕްކުރިއެވެ. އަދި އޭގެ ފަހުން އެ އަންހެން މީހާގެ ގައިގާ ހުޅުޖެހިއެވެ. އަދި އެ އަންހެން މީހާ ވަނީ އެ ފިރިހެން މީހާގެ ގައިގާ ހިފުމަށްފަހު، އޭނާގެ ގައިގާވެސް ހުޅު ޖަހާފައެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަން އަވައްޓެރިންނަށް އެނގުނީ އެގޭތެރެއިން ދުން އަރާ މަންޒަރު ފެނުމުންނެވެ. އަދި އެގެއަށް ވަދެ ބެލެމުން، އަލިފާން ހިފައިގެން އުޅެނީ ދެ މީހުންގެ ގައިގާކަން އެ މީހުންނަށް އެނގުނެވެ.

އަދި ވަގުތުން އެ މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔައެވެ. އެ އަންހެންމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނާއިރު، ފިރިހެން މީހާ މަރުވީ މިއަދު ހެނދުނުއެެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭބީ

    އަދިވެސް ފިލްމެއް ވެއްޖެއްޔާ އެމީހުންގެ ބަލާތި މާތަހުޒީބު ބަޔެކޯ މިއިންޑިއާ އަކީ.

    15
  2. ޙަސަން

    ތިވީ ރަނގަޅަށް އެދަފަ ހަސީލަތްނުބައި ޝައިތީނުންނަށް ތިހެންވާނީ

    11
  3. ކައްކަކާ ކޯ

    ތިގޮތައް ކަންތައްކުރާ މީހުން ނިމިގެން ދާނީ ތިގޮތުގަ