ތަފާތު އެކި ކާތަކެތި މިކްސް ކޮށްގެން އެކި ރަހަ ނެރުމަކީ އަބަދުވެސް ގިނަ ބަޔަކ ކުރާކަމެވެ. ނަމަވެސް މިފަހަރު މިއޮތީ ތަފާތު ކަމެކެވެ. ކޮކޯ ކޯލާގެ އައު ރަހައެކެވެ. ކޯކް ފްލޯޓް އެއް ނޫނެވެ. ކޯކް މިލްކެވެ. ތި ކިޔުނީ ރަނގަޅަށެވެ. ކިރާ ކޯކާ އެއްކޮށްގެން ހަދާ ބުއިމެކެވެ.

މިކަން ފެށިގެން އައި ގޮތެއް އަދި ނޭނގެއެވެ. ނަމަވެސް ގިނަ ބަޔަކު ބުނަނީ މިއީ ކޮންމެ މީހަކު ކުރި ކަމުގައިވީނަމަވެސް ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ކޮންމެޔަކަސް މިކަން އާއްމު ވެގެން ދިޔައީ ޓީވީ އަދި ރޭޑިއޯ ކޮމެޑީ ލިޔުންތެރިޔާ ޖޭމްސް ފިލްޓަންގެ ޓްވީޓްއަކުންނެވެ. އޭނާގެ ޓްވީޓްގައި އޭނާ ބުނެފައިވަނީ، ކޯކް މިލްކަކީ ވަރަށް މީރު އެއްޗެއް ކަމަށާއި މިކަމާ އިތުރު ޒުވާބެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ކޯކް އަދި ކިރު ބޮނިކޮށް ފޮޓޯއެއް ވަނީ ޓްވީޓްއާއެކު އާއްމުކޮށްފައެވެ.

މިއާއެކު ގިނަ ބަޔަކު މިލްކް ކޯކް ހަދަން ފެށިއެވެ. ފިނިކޮށާއި ފިނި ނޫންކޮށެވެ. ޓްވިޓަރގައި މީހުން ބުނެފައިވަނީ ކޯކް މިގޮތަށް އެންމެ މީރީ ތަށީގެ 2/3 ބައި ކޯކް އަދި 1/3 ކިރު އަޅައިގެނެވެ.