ީވިހޭއިރު، ދެ ބޮލާއެކު އުފަންވި ކުއްޖެއްގެ ބައްޕަ، އެ ކުއްޖާ ފިރިހުއްޓާ ވަޅުލި ނަމަވެސް، އެކުއްޖާގެ ތިމާގެ މީހުން ވެގެން ނަގައި ސަލާމަތް ކޮށްފިއެވެ.

ކަޝްމީރުގައި އުފަންވި ކުއްޖާ، އުފަންވި އިރު، ބޮލުގައި އިތުރު ބޮލެއް ފަޅަމުން ގޮސްފައިވުމުން، އުފަންވި އިރުވެސް ވަނީ ބޮޑު ނުކުޅެދުންތެރިކަމެއް ލިބިފައެވެ. އެ ނުކުޅެދުންތެރިކަމާއެކު އެ ކުއްޖާގެ ބައްޕަ، ކުއްޖާ ބޭނުން ނެތިގެން ވަޅުލި އިރު، އެ ކުއްޖާ ނެގީ ތިމާގެ އެހެން ބަޔަކާއެކު ފުލުހުންނެވެ.

ކުއްޖާ ނެގުމަށްފަހު މިހާރު ސާޖަރީވެސް ހަދާފައިވާ އިރު، ސާޖަރި ނިމުނީ ވަރަށް ކާމިޔާބު ކޮށެވެެ. އެ ކުއްޖާގެ ބޮލުން ބޭކަރު ބޮޑުބައެއް ނަގާފައިވާ އިރު، އެ މައްސަލައަކީ ކޮންމެ 50،000 މީހުނުން އެކަކަށް ދިމާވާ މައްސަލައެކެވެ. އެ ކުއްޖާގެ ކާމިޔާބު ސާޖަރީއާއެކު ބައްޕައަށ ބޮޑު ލަދެެއް ކުރިމަތިވެފައިވާ އިރު، އެ ކުއްޖާގެ ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކުއްޖާގެ ބައްޕަ ބުނެފައި ވަނީ ކުއްޖާ އެ ހާލުގައި އޮވެ ނުބެލޭނެ ކަމަށް ވާތީ ވަޅުލީ ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު