ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރި، ސުޝާންތު ސިންގް ރާޖުޕުތު މީސްމީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމު މެދުވެރިކޮށް ކުރިން ކުރި ހުރިހާ ޕޯސްޓުތަކެއް ރިމޫވް ކޮށްލައިފިއެވެ.

އިންސްޓަގްރާމުގައި 7.8 މިލިއަން މީހުން ސުޝާންތު ފޮލޯ ކުރަމުން އަންނައިރު މީގެކުރިން ކޮށްފައިވާ ހުރިހާ ޕޯސްޓުތަކެއް ސުޝާންތު ޑިލީޓުކޮށްލީ ކީއްވެ ކަމެއް ނޭންގެއެވެ. އިންސްޓަގްރާމްގެ ބައޯގައި ވެސް އޭނާ ވަނީ "ނޮޓް ހިއާ ރައިޓް ނައު" ޖަހާފައެވެ.

ޝުޝާންތު އަކީ ގިނަ އަންހެން ކުދިންނަށް ވަރަށް ކަމުދާ އެކްޓަރެކެވެ. އޭނާ އިންސްޓަގްރާމް އާއ ދުރަށް ގޮސްފައި މިވަނީ ކީއްވެކަން ނޭނގޭއިރު ތަރިން އުޅޭ ނޫޅޭ ގޮތް ބެލުމަށް ސަޕޯޓަރުން ތިބީ ކެތްމަދު ވެފައެވެ.

ޓީވީ ސީރީޒްތަކުން މަގުބޫލުކަން ހޯދި ތަރި ސުޝާންތު ބޮލީވުޑަށް ތައާރަފުވީ އާމިރް ހާން ގެ "ޕީކޭ" އިންނެވެ. އަދި ބޮލީވުޑުގައި އޭނާ ވިދާލީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ގައި އޭނާގެ ހުނަރުވެރި އެކްޓިން އިން ގިނަ ބައެއްގެ ތަރުހީބު ލިބިގެންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނެރުނު ފިލްމު "ކެދާނަތު" އިންނެވެ. ސާރާ އަލީ ހާންއާއެކު ސުޝާންތު ފެނިގެންދިޔަ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިމްނާ

    ކައިޕޯޗޭ އަކީ ސްޝާންތްގެ ފުރަތަމަ ބޮލީވުޑު ފިލްމު .... އަހާލައިގެން އުޅެބަލަ

    9
    1