ދެހާސް ތޭރަވަނަ އަހަރު ރޭޕްގެ މައްސައެއްގައި ހައްޔަރުކޮށްފައި ހުރި މީހަކު ޖަލުން ދޫކޮށްލިތާ ހަ މަސް ފަހުން އިތުރު ކުއްޖަކު ރޭޕްކޮށްފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ފަހުން ރޭޕްކޮށްފައި ވަނީ، އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. މުމްބާއީގައި ހުންނަ އާއްމު ފާހަނައެއްގެ ތެރޭގައި އޮއްވާ އެ ކުއްޖާގެ ހަށިގަނޑު ވަނީ ފެނިފައެވެ. ފުލުހުން ބުނީ، އެ މައްސަލާގައި މިހާރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ

އެ މީހާއަކީ 2013 ވަނަ އަހަރު އުމުރުން ފަސް އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލާގައި ހައްޔަރުކުރި މީހެކެވެ. އޭނާ ޖަލުން ދޫކޮށްލާފައި ވަނީ ޖަލު ތެރޭގައި އޭނާގެ އުޅުން ރަނގަޅުވުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެވެންދްރާ ނަމަކަށް ކިޔާ އެ ފިރިހެން މީހާ އާއި އޭނާގެ ފަހުން ރޭޕްކުރި އަންހެން ކުއްޖާއަކީ އަވައްޓެރިންނެވެ. އޭނާ އެ އަންހެން ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލާ ފާހަނަތެރެއަށް އެއްލާލިއިރު، އޭނާއާ އެ ކުއްޖާއާ ވާހަކަދައްކަން ތިއްބާ ފެނުނު މީހުންވެސް ތިއްބެވެ. އަދި އެ ހިސާބުގަނޑުގެ ސީސީޓީވީ ފޫޓޭޖުންވެސް މި ދެ މީހުން ވާހަކަދައްކަން ތިބިކަން އިނގޭއިރު، ދެވެންދްރާ ވަނީ އޭނާ އެ ކުއްޖާއާ ވާހަކަދެއްްކުމަށްފަހު ދިޔައީ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ އަންހެން ކުއްޖާ ވަނީ ގެއްލިފައެވެ. އެހެންވެ އާއިލާއިން އެ މައްސަލަ ފުލުހަށްވެސް ހުށަހެޅިއެވެ.

އެ މައްސަލާގެ ތުހުމަތު ދެވެންދްރާގެ މައްޗަށް ކުރެވުނުއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. އަދި އޭގެ އަނެއް ދުވަހު އޭނާ ވަނީ އެ ކުއްޖާ ރޭޕްކޮށް މަރާލިކަމަށް އެއްބަސްވެފައެވެ. އަދި އޭނާ ވަނީ ފުލުހުންނަށް އެ ކުއްޖާގެ ހަށިގަނޑުވެސް ދައްކާފައެވެ.

މިހާރު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ފޮނުވާލާފައެވެ. އެ މައްސަލާގައި އާއްމުންގެ ގިނަ ބަޔަކު ފުލުހުންގެ ސްޓޭޝަން ކުރިމަތީގައި މުޒާހަރާ ކުރަމުން ދެއެވެ.

https://www.indiatimes.com/news/india/9-year-old-girl-raped-murdered-and-body-dumped-in-toilet-in-mumbai-accused-arrested-365024.html

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާާރާ

    ސަވުދާން އިންޑިޔާގެ އާއެޕިސޯޑެއް. އިންޑިޔާ ފުލުހުން ވަރަށް މޮޅު މައްސަލަ ތަހުގީގުކުރަން ރާއްޖޭފުލުހުންނަކަށް މިކަހަލަ މަރުގެ ކޭސްތަށް ތަހުގީގެއް ނުކުރެވޭ. ކޮބާ އަފްރާސީފް ، ސީރީން ، ޔާމީން ގެ މަރުގެ މައްސަލަތައް.

  2. އަޅުގަނޑުގެ ދުޢާ

    މާތްﷲ ގެ ހެޔޮރަހުމަތްފުޅުން މިގޮތުގާވެސް މަރުވެދިޔަ އެންމެންވެސް ސުވަރުގެ ލައްވަވާށި އާމީން އަދި އަޒާބް ލިބުން ހައްގު އެންމެހާ ފާފަވެރިންނަށް އަޒާބް ދެއްވަވާށި އާމީން

    11