ބޮލީވުޑްގެ ބަތަލް ޝާހިދް ކަޕޫރަކީ އެތައް ބައެއްގެ ހިތްތައް އަތުލި ތަރިއެކެވެ. އޭނާއަށް އެތައް ބަޔަކު ކައިވެންޏަށް ހުށަހެޅިއެވެ. އެހެން ނަމަވެސް އޭނާ އެންމެ ގަޔާވި މީހަކަށްވީ މީރާއެވެ. މީރާއާ މިހާރު ޝާހިދު ކައިވެނިކޮށްފައިވާއިރު، އެ ދެ މީހުންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ވަނީ ލިބިފައެވެ.
ޝާހިދުގެ އެންގޭޖްމެންޓާއި ހަމައިން އޭނާގެ ގިނަ ފޭނުން ތިބީ ހިތްދަތިކަމެއްގެ ތެރޭގައެވެ. އެހެން ނަމަވެސް އޭނާވެސް ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަން ޖެހޭނެތާދޯއެވެ.
ވަރަށް ފަހުން ޝާހިދު ވަނީ އޭނާގެ ކުރީގެ ލޯބީގެ ގުޅުންތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މައުލޫމާތުތަކެއް ދީފައެވެ.
އެގޮތުން ޓޯކް ޝޯވއެއްގެ ތެރެއިން ޝާހިދު ބުނިގޮތުގައި، އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުންގެ ތެރެއިން އެކަކަށްވުރެ ގިނަ މީހަކު ވަނީ އޭނާއަށް ބޭވަފާތެރިވެފައެވެ. ނޫނީ ލަނޑު ދީފައެވެ.
ޝާހިދު ސީދާ އެއީ ކިތައް މީހުންކަން ނުބުނެވެ. އެހެން ނަމަވެސް މީރާ ވަނީ އޭނާގެ އަނގައިން އެއީ ކިތައް މީހުންކަން ހާމަކޮށްފައެވެ. ޝާހިދު ބުނީ ހަމަ ޔަގީނުންވެސް އެކަކު އޭނާއަށް ބޭވަފާތެރިވިކަން ޔަގީން ކަމަށެވެ. އަދި އަނެއް ލޯބިވެރިޔާއަށް ކުރަނީ ޝައްކުކަމަށް އޭނާ ބުންޏެވެ.