މެލޭރިއާ ބައްޔާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، ދުނިޔޭގެ ނުވަ ބަހަކުން ވާހަކަދައްކައިފިއެވެ.

މެލޭރިއާޔަށް މީހުން ހޭލުންތެރި ކުރުމަށް ބެކަމްގެ ކުރު ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ބެކަމް ވަނީ މެލޭރިޔާ ބައްޔަކީ ހަމައެކަނި ބައްޔެއް ނޫން ކަމަށާއި، އެއީ މަރުގެ ބައްޔެއް ކަމަށް ބުނެފައެވެ. އަދި ބަލީގެ ސަބަބުން ކޮންމެ އަހަރަކު މިލިއަނެއްހާ މީހުން މަރުވާ ކަމާށާއި ދެ މިނިޓުން ކޮންމެ ކުޑަކުއްޖަކުވެސް މި ބަލީގެ ސަބަބުން މަރުވާކަމަށް އެ ވީޑިއޯގައި ބެކަމް ބުނެއެވެ.

އަދި އެ ބަލި ނައްތާލެވިދާނެ ކަމާއި، އެކަން ކުރެވިދާނެ ކަމަށްވެސް އޭނާ ބުނެއެވެ. އަދި އެންމެންގެ އަޑު އިއްވައިގެން މެލޭރިއާ ބަލި ނައްތާލެވިދާނެ ކަމަށްވެސް ވެސް އެ ވީޑިއޯގައި ބެކަމް ބުނެފައި ވެއެވެ.

ބެކަމް ނުވަ ބަހަކުން މި ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ވާހަކަދައްކައެވެ. އޭގެ ތެރޭގައި ސްޕެނިޝަން، އަރަބިކް، ހިންދި، ފަދަ ބަސްތަކުން އޭނާ މެލެރިއާ ބަލީގެ ވާހަކަދައްކައެވެ. އޭނާ ނުވަ ބަހަކުން ވާހަކަދައްކާގޮތް ހަދާފައިވަނީ އާޓިފިޝަލް އިންޓަލިޖެންސް ވީޑިއޯ ސިންތަސިސް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

ބެކްމްއަކީ މެލޭރިއާއާއި ދެކޮޅަށް މަސައްކަތް ކުރާ އިނގިރޭސިވިލާތުގެ ކައުންސިލްގެ މެމްބަރެކެވެ.