ދުނިޔޭގައި އުޅޭއިރު އެކި ކަހަލަ ކަންކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އަދި އެއްވެސް މީހެއްގެ ހަޔާތަކީ އަބަދު އުޖާލާކޮށް އޮންނާނެ އެއްޗެއްވެސް ނޫނެވެ. ބައެއް ފަހަރު ތިމާ ހިތް ނޭދޭ ކަންކަމާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. އަދި ތިމާއަށް އެކަމުގެ ސަބަބުން މޮޅިވެރިކަން އިހްސާސްކުރެވޭފަދަ ކަންކަމާއިވެސް ކުރިމަތިލާންޖެހިދާނެއެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ތިމާއަށް އިހްސާސްވާ އެކަނިވެރިކަމާއި ހިތާމަ، ނަފްސާނީ ބަލިމަޑުކަމަކަށްވެ، އާންމު ދިރިއުޅުމުގައި ކަންކަން ކުރިއަށް ގެންދިއުމަށް ބުރޫއަރާ ހިސާބަށް ކަންކަން ދިޔުމުން އެއަށް ކިޔަނީ ޑިޕްރެޝަން އެވެ.

ޑިޕްރެޝަންއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ބޭރުފުށުން ފާޅުވާފަދަ އަލާމާތެއް އެ ބަލީގެސަބަބުން ފެންނަން ނެތަސް އެއީ ތިމާއަށް ނަފްސާނީ ގޮތުން ހީވެސް ނުކުރާފަދަ ގެއްލުންތަކެއް ކުރިމަތިވާ ބައެއްޔެކެވެ. ޑިޕްރެޝަންގެ އެތަކެއް އަލާމާތްތަކެއް ވެއެވެ. އެގޮތުން ބައެއް އަލާމާތްތަށް ތިރީގައި އެވަނީއެވެ.

ޑިޕްރެޝަންގެ އަލާމާތްތައް

ކަންކަމަށް ފަރުވާބެހެއްޓުމަށާއި ކަންކަން ހަނދާން ކުރުމަށް އުނދަގޫވެ، ރަނގަޅު ނިންމުންތައް ނިންމަން ނޭނގުން.

ކެއިންބުއިމުގެ މައްސަލަތައް. ގިނައިން ކެއުން ނުވަތަ ކާ ހިތްނުވުން

ނިދަން އުނދަގޫވުން

ހަށިގަނޑުގައި ހުންނަ ތަދުތައް އެއްވެސް ފަރުވާއަކުން ފައިދާއެއް ނުކޮށް ދިގުލައިގެން ދިއުން.

ގިނައިން ރުޔުން.

އަވަހަށް ކަންތައްބޮޑުވެ، ހަރަކާތްތައް އަވަސްވެ، މަޑުން ހުންނަށް އުނދަގޫވެ، ހަމަޖެހުމެއް ނުލިބުން.

އަބަދުވެސް ވަރުބަލިކަމުގެ އިހްސާސްކުރެވި، ހެލިފެލިވެ އުޅެން އުނދަގޫވުން.

އިސްވެ ދެންނެވުނު ޑިޕްރެޝަންގެ އަލާމާތްތަކުން ސަލާމަތްވުމަށް އެންމެ އެންމެ މޮޅު މަގަކީ އީމާންތެރިކަން ވަރުގަދަކޮށް ގިނައިން ހެޔޮކަންކަމާއި ގެން މަސްއޫލުވެ އުޅުމެވެ. އަދި ދެރައާއި ހިތާމައިން ސަލާމަތްކުރެއްވާ ފާގަތިކަން ދެއްވުން އެދި ﷲ ގެ ހަސްރަތުގައި ދުޢާ ދެންނެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަޢަބުދުﷲ

    ޑިޕްރެޝަނާ ހިސާބަށް މީހާ ގެންދަނީ ހަގީގަތުގައި ޝައިތާނާ. ޢެކަމުން ސަލާާމަތްވުމަށް ކުރަންޖެހޭ ކަމަކީ ގިނަގިނައިން ޔޫނުސްގެފާނުގެ ދުޢާކިޔުން.

    22
    2
  2. ޖަހުލު

    ނިދަން އޮށޯވެ ކުރުސި ނުކިޔަވާތީ. އިބްލީސް ގެނެސް ދިން އެއްޗެއް އެވެސް.

    14
    4
    • ޝާ

      އާޔަތުލް ކުރުސިއަކީ ކީރިތި ޤުރުޢާނުގެ އާޔަތެއް.އެއީ ﷲގެ ވަޙީ..އެއީ އިބިލީސް ގެނެސްދިން އާޔަތެއްނޫން.އެއާޔަތް ކިޔެވުމުން ޖިންނި ޝައިތޯނުންގެ ކިބައިން ރައްކާތެރިކަން ލިބޭނެކަން އިބިލީހަށް އެނގޭތީ އަބޫހުރައިރާގެފާނަށް އެހަބަރު ދިނީ..ނިދަން އޮށޯވެ ނިދުމުގެކުރިން ކުރުސި ކިޔަންޖެހޭ..ހެނދުނާއި ހަވީރުވެސް އަދި ކޮންމެ ނަމާދެއްގެ ފަހުގަވެސް..މިއީ ރައްކާތެރިވުމުގެގޮތުން ކުރަންޖެހޭ ސުންނަތުން ސާބިތުވާކަމެއް..

  3. ޒާން

    ﷲ އަށް ހަމްދުކުރަން!
    ހުރިހާ މައިންނަށް ބުނާބަހެއްނޫން މީއަކި އެކަމް މަދުބަޔަކު މިކަން ކުރާކަން ޔަގީން!
    ދަރިޔަކު ރަގަޅަށް އުޅުނަ ނުދިނުމަށް ބަޔަކު ބުނާ ނުބާ މަގު ހިޔާރު ކުރާ މައިން ވޭ!
    އެމީހުން ނަށް ބަޔަކު ވިސްނާ ދެނީ މުއްސަދި ކަން މުދާ އެއްކުރަން އެކަމުގެ ސަބަބުން ދަރިން
    ނަށް !
    އަޅާ ނުލާ އިހާނެތިކަން އިތުރު ކޮށް ލޯބިން މަހުރޫމް ކުރާ ހިސާބުން މުޖުތަމައުން ވެސް އެނަރަރުން ދުށުމުން (އެމްމެންގެ ލޯބިން މަހުރޫމްވަނީ)
    ލޯބާއަޅާލުންނުލިބުމާ މުޖުތަމައުުން އެކަހެރިވެގެން ދިޔާމަ
    ތިބުނާކަންކަން ކުރިމަތި ނުވެ ނުދާނެ!