އިވެންޓް ހޮރައިޒަން ޓެލެސްކޯޕް (އީއެޗްޓީ) ބޭނުންކޮށްގެން "ބްލެކް ހޯލް" އެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ނަގައިފިއެވެ.

ބްލެކް ހޯލްއަކީ އެއާ ކިރިޔާ ގާތްވެލާ އެއްޗެއްވެސް އޭގެ ތެރެއަށް ދަމައިގަންނަ، ހަގީގަތް ނޭނގޭ ވަރުގަދަ ބާރެއް ހުންނަ އެއްޗެކެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ތާރިހުގައިވެސް ހޯދި މިބޮޑު ކާމިޔާބީއާއެކު ފުރަތަމަ ފަހަރަށް ފޮޓޯ ނެގި ކަނު ވަޅުގަނޑު ނުވަތަ ބްލެކް ހޯލްއަކީ ދުނިޔެއާ 500 މިލިއަން ޓްރިލިއަން ކިލޯމީޓަރު ދުރުގައިވާ އެއްޗެކެވެ.

މި ބްލެކް ހޯލްގެ ފުޅާ މިނުގައި 40 ބިލިއަން ކިލޯމީޓަރު އެބަހުއްޓެވެ. މި ބްލެކް ހޯލް ފެނިފައިވަނީ "އެމް87" ގެ ނަން ދީފައިވާ ގެލެކްސީއަކުންނެވެ. މި ބްލެކް ހޯލްގެ މާސް، އިރުގެ މާސް އަށްވުރެ 6.5 ބިލިއަން ގުނަ އިތުރުވާނެ ކަމަށް ބުނާއިރު ފޮޓޯ އިން ފެންނަނީ އަލިފާން ކުލައިން ދިއްލިފައިވާ ވަށް ބުރުތަކެކެވެ. އޭގެ މެދުން ކަޅު ކުލައިގެން، ބުރު ހަމަ ލޯވަޅެއް ފަދަ ތަނެއް ފެނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ބްލެކް ހޯލުން އަރާ އަލި، ގެލެކްސީތަކުގެ ހުރިހާ ތަރިއެއްގެ އަލި އެކުވުމަށް ވުރެވެސް ގަދައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޒީޒް

    ތިޔާ ބުލެކް ހޯލް އަދިތީ އެއްޗެއްނޫން.. މިރާއްޖޭގެ ސަރުކާރުތަކުގެ ޚަރަދުތަކަކީ އަދި ބުލެކުހޯލަކައްދޫކުރާ އެއްޗެއްނޫން.. ބުލެކުހޯލައް ވާގޮތް ސައިންސުވެރިންނައް ހޯދުނަސް ރާއްޖޭގެ ދައުލަތުގެ ފައިސާއިން ގެއްލޭ އެއްޗެއް ނުހޯދޭނެ..