ޓީވީއެމް އަކީ ދިވެހިރާއްޖޭގެ ގައުމީ ޓީވީއެވެ. ގަބޫލު ކުރެވިފައި އޮތީ ޓީވީއެމް އަކީ ވަކި ހަމަތަކަކާއި އުސޫލުތަކެއް ހިފަހައްޓަމުން އަންނަ ޗެނަލް އެވެ. ބައެއް މީހުން ކުޅެފައިވާ ލަވައެއްގެ ސަބަބުން ނުވަތަ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ސަބަބުން އެމީހުންގެ އެއްވެސް އެއްޗެއް ޓީވީއެމް އިން ނުދެއްކުމުގެ ހަރުކަށި ސިޔާސަތަކަށް ވެސް މީގެ ކުރިން ޓީވީއެމް އިން އަމަލު ކުރަމުން އައެވެ.
ނަަމަވެސް މިއަދު އެމަންޒަރު ބަދަލު ވެއްޖެއެވެ. އަޙްލާޤީ އިންތަކާއި މިންތައް ފަހަނައަޅައި ގައުމީ ޓީވީ ވެސް ދަތުރުފަށައިފިއެވެ. ވީދި އޮށްއޮށްވެފައިވާ ދިވެހިންގެ ގައުމީ ފޭރާން ވިޔެ އާރާސްތު ކުރުމަށްވުރެ ބޮޑަށް ޓީވީއެމް އިންވެސް ފެންނަ މަންޒަކީ އެމީހަކު ބޭނުން ގޮތަކަށް އުޅުމަކީ އެމީހެއްގެ މިނިވަންކަމޭ ބުނާ މަންޒަރެވެ.
މޯލްޑިވިއަން އައިޑޮލް އަކީ ޓީވީއެމްގެ ދިގު ތާރީޚްގައި އެޗެނަލް އިން ދައްކާ އެންމެ މަޤުބޫލް އެއް ޝޯވ ކަމަށް ވެއެވެ. އެއީ އެންމެ ގިނަ ދިވެހިން އިންތިޒާރު ކުރާ ޓީވީ ޝޯވ ކަމަށް ވުން ވެސް އެކަށީގެންވެއެވެ. މޯލްޑިވިއަން އައިޑޮލްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހްމަދު އިބްރާހިމް (އައްމަޑޭ) ގެ ނަން އާދެއެވެ. މިފަހަރު ވެސް މިއޮތީ އައްމަޑޭގެ ވާހަކައެކެވެ.
އައްމަޑޭ ޝޯވ ގައި އެންމެ ގިނައިން ބުނާ އެއް ވާހަކައަކީ މޮޅު ލަވަކިޔުންތެރިޔަކަށް ވުމަށްޓަކައި ނުވަތަ އެހެން މީހުން ބަލައި ގަންނަ މީހަކަށް ވުމަށްޓަކައި އެމީހެއްގެ "ލުކްސް" ނުވަތަ އެމީހަކު ހުންނަ ގޮތް ވަރަށް މުހިންމު ކަމަށެވެ. އައްމަޑޭ ބުނާ "ލުކްސް" އަކީ ކިހައި މުހިންމު އެއްޗެއް ކަން ވިސްނައިދޭން އޭނާ ޝޯވ ގައި ވަރަށް މަސައްކަތް ކޮށްފިއެވެ. އަދި މިހާރު ވެސް ދަނީ ކުރަމުންނެވެ.
ނަމަވެސް އަހަރެންނަށް ނުވިސްނިގެން މިއުޅެނީ އައްމަޑޭ އެބުނާ ލުކްސް އައްމަޑޭ އަށް މުހިންމު ވަނީ ކިހައި ވަރަކަށް ހެއްޔެވެ؟
ދެއަތުގެ ފަސް އިނގިލީގައި އަނގޮޓި އަޅައިގެން ކަންފަތް ތޮށުފައިގެން ފިރިހެނަކު އިނުން އެއީ ދިވެހިންގެ އާދަކާދަ އާއި ފުށުއަރާ ކަމެކެވެ. އެއީ ދިވެހިން ބަލައިގެންފައިވާ މީހެއްގެ "ލުކްސް" އެއް ނޫނެވެ. އެއީ ދިވެހިންގެ އިޙްތިރާމް ލިބިފައިވާ ސިފައެއް ނޫނެވެ.
މަޝްހޫރު މީހުންގެ ސިފަ އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް ބުނަނީ އައްމަޑޭ އެކަންޏެއް ނޫނެވެ. ފުންނާބު އުސް ތަޖުރިބާކާރުން ވެސް އެހެން ބުނެއެވެ. މަޝްހޫރު މީހުންގެ ސިފަ މުހިންމު ވުމުގެ މާނަ އަކީ އެމީހަކު ހުންނަން ޖެހޭނީ މުޖުތަމަޢުގެ އާންމު އަޙްލާޤީ މިންގަނޑަށް ފެތޭ ގޮތަށެވެ. ބޭނުން ގޮތަކަށް ހެދުން އަޅައިގެން ބޭނުން ގޮތަކަށް މުޖުތަމަޢުގެ ތެރޭގައި އުޅުމުގެ "މިނިވަންކަމެއް" އޭނާ އަކަށް ނޯންނާނެއެވެ.
އެހެންކަމުން ލަވަ ހުށަހަޅައިދޭ މީހާ އަށް ލްކުސް މުހިންމުވާ ފަދައިން ލަވަ އަށް ފަނޑިޔާރުކަން ކުރަން އިންނަ މީހާ އަށް ލުކްސް އަދި މާމުހިންމު ވެއެވެ. އޭނާ އަކީ ލަވަ ކިޔާ މީހާ އަށް ވުރެ މާބޮޑަށް މީހުންގެ އިޙްތިރާމް ލިބެން ޖެހޭ މީހެކެވެ.
ޓީވީ ޝޯވއެއް ދެއްކުމުގެ ހަމައެކަނި ބޭނުމަކީ ލަވައެއް ހުށަހަޅައި ދީގެން މީހުންގެ މުނިފޫހިފިލުވުމެއް ނޫނެވެ. އެއާއި އެކު ރަނގަޅު މެސެޖްތަކެއް ވެސް މީހުންނަށް ދޭން ޖެހެއެވެ. ރިވެތި އަޙްލާޤު ވެސް މީހުންނަށް ދަސްކޮށްދޭން ޖެހެއެވެ. ރީތި މަންޒަރުތައް ވެސް މީހުންނަށް ދައްކައިދޭން ޖެހެއެވެ.
މިކަމާއި މެދު އައްމަޑޭ އާއި ޓީވީ މޯލްޑިވްސް އިން ވެސް ވިސްނަން އެބަޖެހެއެވެ. ދިގު މުއްދަތެއް ވަންދެން ޓީވީއެމް އިން ހިފަހައްޓަމުން އައި އާދަތަކާއި، އުސޫލުތައް އައްމަޑޭ އާއި ހަމައިން ދޫވެގެން ގޮސްގެން ނުވާނެއެވެ.
ވަރަށް މުހިއްމު ރަނގަޅު ވާހަކައެކެވެ. ދަންނަވަންތޯއެވެ؟ ތިކަމުގައި އަންމަޑޭގަ ލުކުސް ގޯހެއް ނޫނެވެ. އަންމަޑޭ އާއި އުނޫޝާ އެ ދައްކައިދެނީ ލަވަކިއުންތެރިންގެ ލުކްސްއެވެ. އެއީ އަސްލުވެސް ވަރުގަދަ ލަވކިއުންތެރިންގެ ލުކެވެ. އެކަން އަހަރުމެންނަށް ކަމު ނުދަނީ ލަވަޔާއި މިއުޒިކަކީ އިސްލާމްދީނުގައި ކުރިއަރުވާ އާލާކުރާ އަދި އާއްމުދަނީ ހޯއްދަން ހުއްދަދޭ ކެރިއަރއެއް ނޫނެވެ. ނަމަވެސް މި ޤައުމުގައި އެކަންކުރުން އަދި މަނަލެއް ނޫނެވެ. އެހެންވީމާ، ގިނަ ރައްޔިތުން ޤަބޫލު ނުކުރިޔަސް ލަވަކިއުންތެރިންގެ ސިފައަކީ އެއީއެވެ. ވަގުތުން ދުނިޔޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ފޯޓަކެއް ހިމަނާލާ އާޓިކަލްއެއް ލިޔެބަލާށެވެ. އަދި އެމީހުންގެ ލުކްސް ބަލާށެވެ
ލަވަކިޔޭނެ އެހައި ހުތުރުކޮށް ޖިންސް އޮޅުވައި ނުލިއަސް
އޭ ޢީސާ ކަލޭ ހާދަ ގަމާރޭ ދޯ... ހުރިހާ ގައުމެއްގެ ވެރި އިލާހު އެކަން މަނާ ކުރީމަ ދެން ނުޖެހޭ އެހެން ބަޔަކު އެކަން މަނާ ކުރޭ ތޯ ބަލާކަށެއް. ތިއަށް ކިޔާ އުޅެނީ ބޭނަ ބޭނަވުން
ރަނގަޅު ލުކްސްެއެއް ދެއްކުމަށް ސަޅި ޓެޓޫތައް އަދި ޖަހާލީމާ އަންމަޑޭ ފުރިހަމަވާނެއެވެ.
ޓެޓޫތައް ހުންނަންޖެހޭނީ ހުދުކުލައިން، އެއިރުން އަދި ވަރަށް “ތަފާތު” ވާނެ!
ތި ލަވަޔާ މިޔުޒިކަކީ ޝައިތާނާގެ އެއްޗެއް...އެހެންވީމައެބުނަނީ ޝައިތާނާގެ ލުކުސް ގެ ވާހަކައޭ ކަލޯ ..
ތިބުނީ ހަމަ ތެދު ވާހަކައެއް
އަންމަޑޭ އެއިންނަވަނީ ދިވެހިންގެ ޤައުމީޓީވީ ދައްކާ އެެފަދަ ބޮޑު ޝޯވްއެއްގައި ހުންނަންވާ ނުވަތަ އިންނަންވާ ގޮކަށް ނޫން އަންމަޑޭ އަވަހަށް ތިފެޝަން ދޫކޮއްލާ އަހަރެން ނަކީ އަންމަޑޭއަށް ވަަރަށް ސަޕޯރޓް ކުރާ މީހެއް އަންމަޑޭގެ ނިންމުންތައްވެސް ރަގަޅު އެކަމަކު ދިވެހި ގައުމީޓީވީއަކަށް އަރާކަށް ތާއީދެއް ނުކުރެވޭނެ
ވަރަށް ޤަބޫލް ކުރެވޭ ވާހަކައެއް.
އަންމަޑޭ ހިތުން މީނާއަކި މެޓަލިކާގެ ހެޓްފިލްޑް. ޓިމާމީހާގެ ފެންވަރު ތިހުރީ އޮޅިފަ. ލުކްސް އޭ ބުނުމުގެ ބަދަލުގަ ޕާސަނަލް އެޕެއަރެންސް އޭ ބުނެލަންވެސް ނޭގޭ ބޭބުޅުމް މިކަންކަން ކުރުމުގެ ކުރީސަފުގަ އުޅޭތީ ހިތާމަކުރަން.
ވަރަށް ރަނގަޅު ލިޔުމެއް، ނަވާޒުއަށް އަދި ކިރިޔާ އޮށްޓަރެއްހުރި ލިޔުމެއް ތިލިޔެވުނި، އަސްލުވެސް އަށްމަޑޭ އެގޮތަށް އެތާގަ ޖަޖަކަށް ބައިންދަންވެސް ނުވާނެ، ޓީވީ އެމް އިން މިކަހަލަ ކަންތައް ހުއްޓުވަންޖެހޭ
ތިބުނާ ލުކްސް ހުރި ހަމައެކަކުވެސް އެތާ ނެތް. އުނޫޝާވެސް ބައެއް ރޭ ރޭ ހީވާނީ ޑޭވިޑް ބެކަމް ހެން.
އުނޫޝާގެ ވާހަކައިން އެކަނި ނިންމާލީ ކީއްވެ؟ ދެން އިންނަ މަންޖެއާއި އޭނަގެ މުޅި ފެމިލީ އަކީވެސް "އެ ޤަރާރު"ގެ މާއްދާތަކަށް ތަބާވާ މީހުން ކަމަށް ވާހަކަ ދެކެވޭ. މީ ބިރުވެރި ކަންކަމެއް ނޫންތަ؟
ބާތިލް އެއްޗަކުން ނުކުންނާނީވެސް ބާތިލް ކަންތައްތަކެވެ..
ޙަރާމުން ނިކުންނާނީ ޙަރާމް. ނަރަކައަށް ދިޔުމުގެ މަގުކޮށައިދޭ ބަޔެއް ތިބޭނީ ޝައިޠާނުންގެ ސިފައިގާ. ޤިޔާމަތް ވޭ..ހޭއަރާ
އަދި އަންމަޑޭގެ ކަރުގައި 6 އެމް އެމްގެ ޗެއިނެއްވެސް އަޅާލާގެން އިންނަން މަށަށް ފެންނަނީ.... ދެން ބޯވެސް ދިގުކޮށްލައިގެން ނޫނީ ވެގެއް އަޅާލައިގެން އޭރުން ޝައިތޯނަކާއި ވައްތަރުވެ އެގޮތުން ލުކްސް ހުންނާނީ...
ވަރަށް ރަގަނޅު ވާހަކައެއް!! އަންމަޑޭ އެބަޖެހޭ ބަދަލުވާން!! އަތުގަ ތިހަ އިނގިލީގައި 10 އަނގޮނޓި އެޅުން މަދުކޮށް އެއް އަނގޮޓިއަށް ބަދަލުކުރަން!! ކަންފަތުގައި މުދިލުން ހުއްޓާލަން!! ގައިގާ ޓެޓޫއެއް ޖަހާފައިވާނަމަ ފޮހެލަން!! މިއީ ދީނީ ނަޒަރަކުން ބަލާއިރުވެސް ފިރިހެނުންކުރުން ރަގަނޅު ކަންތައްތަކެއްނޫން!! ހަމަ އެއާ އެކު ބޮލުގެ އިސްތަށިގަނޑާ ތުނބުޅިވެސް ރީތިކޮށް ބަހައްޓަންޖެހޭ!! ދެން އަޅުގަނޑުމެން މިކަހަލަ ވާހަކަ ދެއްކީމަ އަންމަޑޭމެން ބުނާނެ މިނިވަންކަމޭ ބޭނުންގޮތަކަށޭ އުޅޭނީ!! މައްސަލައެއްނެތް!! ނަސޭޙަތްދިނުމަކީ އެންމެ ރަގަނޅުގޮތްކަމަށްވާތީ ހަމަ ބުނެލީ!!
ބަލަ ތިޔަ އަންމަޑޭމެންނަށްވުރެން، މާ މަޝްހޫރުކޮށް މާ ގިނަބައެއްގެ ތާއީދު ލިބުނު ލަވަކިޔުންތެރިއެއް. “ޢަލީ ރަމީޒު”އަކީ، ތިޔަހެން ފަރަންޖީވެގެނެއް ނޫޅޭ.. އެއީ މީހުންނަކީ، ތިޔައީ ހައްޕުޑަ..
އެކަމަކު ދެން ވެއްޖެއްނު ތިޔަށްވުރެ ޒިންމާދާރުކޮށް ހެދުން އެޅުމާއި ކަންކަން އަށްމަޑޭވެސް ބަހައްޓަން ދޯ؟
ތިޔަ ސްޓައިލް އެއް ގޮތަކަށޤވެސް ރަނގަޅެއް ނޫން
ސާބަހޭ އަވަސް... އަދިކިރިޔާ އެދެވިގެންވާ ލިޔުމެއް ތި ލިޔެވުނީ... އަންމަޑޭ ތިދެން ފުކެއް ބޮޑުވަރު.
އަވަސް ތަ ނޫނީ ވަޤުތު ތަ؟
ކަލޯ ހަމައިގަތަ؟؟؟ މީ ވަގުތު ނޫސް
އަންމަޑޭގެ ލުކްސް ފެނިފަ ހިޖުރަވެސް އޮޅޭނެ. އެވަރުކަމެއް ހިނގާފާނެ.
ރާއްޖޭގެ ޕަބްލިކް މީޑިއާއިން މިފަދަ މުޑުދާރު ސިފައިގައިތިބޭ ބަޔަކު މުޖުތަމަޢަށް ދައްކައިދޭތީ ވަރަށް ހިތާމަ ކުރަން. ބަސްމަގު އެހާ ހަޑި. ސްޓައިލްގައި އިސްލާމީ އެއްވެސް ސިފައެއް އަމުދުންވެސް ނެތް. މިއަދުގެ ޅަދަރިންގެ ހަލާކަކަށް މެނުވީ މިކަން ނުވާނެ. މައިން ބަފައިން އެމީހުންގެ ލޮލުގެ ކޮއި އަދި ދުނިޔެއާއި އާޚްރަތުގެ އުއްމީދުތައް ކަމުގައިވާ ޅަދަރިންނަށް މި ޝޯތައް ނުދެއްކުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. މާތްﷲ މި އަޅާއަށާ އަދި އަޅަމެންގެ ޤައުމުގެ އެންމެންނަށް އެކަލާންގެ ލޯބިވެ ވޮޑިގެންވާ ސުވަރުގެވަންތަ ވެރީންގެ މަގަށް މަގުދައްކަވައި، އެމަގުގައި އަޅަމެންގެ ފައިތިލަތައް ސާބިތު ކޮށްދެއްވާށި! އާމީން.
އިންސާނެއްގެ ސިފަ ގެއްލި ޖިންނި އެއްހެން ހުންނަ ލުކްސް އަހަންމަދު އެ ބުނަނަނީ..
ސްކޫލް ގައި އުޅުނު އިރު ކިޔެވިން އިސްލާމް ދީނަކީ ހުރިހައި ޒަމާނަކަށް ފެތޭދީނެކޭ. އެހެންވީމާ ދިވެއްސަކަށް ވިޔަސް އަންމަޑޭ އެހެރީ މިޒަމާނަށް ފެތޭގޮތަށް. ކާކަށް އެގެނީ އަންމަޑޭ އެތަނަށް އަރާ އެހެރީ ދީނުގައި ފަރުޝު ކުރެއްވި ހުރިހައިކަމެއް ފުރިހަމަ ކުރުމަށްފަހުގައި ނޫންކަމެއް.
ޑދީނުގެ ހުރިހާ ކަމެކޭ ކިޔާފަ ހަރާމް ކަންތައް ކުރީމަ ވާނީ ކިހިނެއް.
އާއްމުކޮށް ވަގުތު ނޫހުން ގެނެސްދެނީ ކޮންމެވެސް ސިޔާސީ ވާހަކަ އެއްނޫނީ ތާކުންތާކުނުޖެހޭ ވާހަކަތަކެއް. އެކަމަކު މިފަހަރު މިއޮތީ މި މުޖުތަމައުގަ ހިނގަމުން އަންނަ ވަރަށް ނުބައި ކަމަކަށް އަލިއަޅުވާލާފަ. މީގެ ތިން ދުވަސް ކުރިން އަޅުގަނޑު ގެ ކޮއްކޮ ބުނިއަޑު އެހިން އަންމަޑޭ ސާރ ގޮތަށް ބޯ ހަދާފަ ކަންފަތުގަ 2 ބޮޅު ލީމަ ކިހާ ސަޅި ދޯއޭ. ކޮއްކޮ ވެސް ދެނަ ބޯ ކޮށާނީ އެގޮތަށޭ. އެއީ 7 އަހަރުގެ ކުއްޖެއް.
ރަންނަމާރީ އަހުމަދު އެކަމުގެ ޒިންމާ ނެގަންޖެހޭނެ
ބޮޑު ކަޅު ރަންނަމާރީ އެކޭ މީނަ އެކޭ އެއްގޮތް..
ތިޔައީ ހަމަ އެންމެ ގުޅޭ މިސާލު
ރަންނަ މާރިއެއް ދުށިންތަ
'ކަޅު' ނުކިޔާ އެއީ މާތްﷲ އޭނަ ހެއްދެވިގޮތް. އެެކަމު އިސްލާމްދީނާ ހިލާފަށް ކޮށްފަހުރިކަންތަކާ ފާޑުކިޔަސްއެއީ މައްސަލައެއްނޫންމ
އެއްބަސް
ދިވެހިން ބަލައި ގަންނަ މީހެއްނޫން އެއީ... އެހުރީ އޭނަހުރިގޮތް ލޮލާ ބޮލާ ކަންފަތާ ދެއަތް ތިލަ ތަކައް ބަލާލީމަ އޭނަގެ ގޮތް ރަނގަޅައް އިނގޭ... ގަހަނާ އެޅުން އޮތީ އަންހެނުންނަ...
ޓީވީއެމްއިން ދައްކާ ޙަބަރިގައިވެސް ހަމަ ވަޒީރުންގެ މަގާމް ކިޔާނީ އިނގިރޭސިންނެވެ. އެގެން ހުރިހާ ވަހަކައެއް ފިވެހިންދައްކާފައި ވަޒީރުންގެ މަގާމް ކިޔާނި އިންގިރޭސިންނެވެ. ވަރަށް ލަދުގަބްނަން ޖެހޭ ކަމެކެވެ.
މިގައުމުގެ ޒުވާން ޖީލު ހަލާކު ކުރެނީ މި ކަޅު އަހުމަދު... މީނާ މިކަމުގެ ޒިންމާ ނަގަން ޖެހޭނެ...
މީހުންގެ ގައިގެ ކުލައަށް ފާޑު ކިޔާއިރު އޭނަ ވެސް ހެއްދެވަީ ކަލޭވެސް ހެއްދެވި ފަރާތުންކަން ހަނދާންކުރޭ. އޭނަ އުޅޭ އުޅުން ރަނގަޅެކޭ ނޫން. އެކަމަކު އޭނަގެ ހަމުގެ ކުަލައަކީ އޭނަ އަމިއްލައަށް ހޯދި އެއްޗެއް ނޫން
މި ރާޖޭގެ ދައުލަތު ގެ ލާރިން މިކަހަލަ ތާކުން ތާކު ނުޖެހޭ މީހް ދައްކާ ހަޑިހުތުރު ވާހަކަ ގެނެސްދޭތިވެސް ހަމަ ހައިރާން ވެއްޖެ... މީމީހުން ބަލައި ގަންނަ މީހެއް ނޫ.. މީނާ މިގައުމު އެބަ ހަލާކުރޭ
ލަވަ ނުކިޔަސް އެމީހެއް އަނެއް ބަޔެއްގެ ސަމާލު ކަން ދަމައިގަންނަ ގޮތަށް ހެދުންއަޅާ ކަންކަން ކުރާނަމަ އެއޮތީ އެބުނާ މަގުސަދު ހާސިލުވެފަ. ލަވަކިޔާއިރު އެބުނާ ސިފަޔަށް ބަލާނަމަ ކިޔާއެއްޗަކަށް ވުރެ ސިފައިގެ ސަބަބުން ލަވަ ރީތި ވެދާނެ.އެބުނާވާހަކަޔަކީ އެއީ.ލަވަޔެއް ރީތިވާކަށް ސިފައެއްމުހިންމެއް ނުން މުހިންމީ އެކިޔާއެްޗެއެްގެ ހަމަޔާ ކިޔުމުގެ ފެން ވަރު،މަންޒަކަށް ސިފަމުހިންމީ. ޕީއެޗުޑީހެދިޔަށް އެމީހަކު އެކިޔެ ވިއެއްޗެއް އަނެކާޔަށް ބުނެ ނުދެވޭނަމަ އެކިޔެވިއެއްޗެއްގެ ފުރުިހަމަ ބޭނުމެް ނުހިފޭނެ.
ލަވަޔާއި މިއުޒިކުން ރަަގަޅެއް ނުނިކުންނާނެ. އެއާ ގުޅިފައިވަނީ ޝައިތޯނީ އަމަލުތަކާއި.
މި އަހުމަދު ބޭނުންވަނީ އޭނާ އުޅޭހެން އެހެންމީހުން އެތައް ހަރަދެއްކޮއްފަ ބޮޑު ކުރާ ދަރީން ހަލާކުކޮ އެކުދިންގެ މަގު ގެއްލުވާލައް... މި އަހުމަދުގެ ވާހަކަތަކުން ހީވަނީ މީނާމީ އަމިލްއަދުނިޔެ އަށް އައިސް ހުރި މީހެއްހެން އަދި މީނާމީ މަރު ނުވާނެމީހެއް ހެން... ބަލަ ތިހެން ބޮޑާވެފަ ލޮލާބޮލުގަ ގަހަނާ އަޅައިގެން އުޅުނު މީހުންތަ އެތިބީ ގަބުރުސްތާނުގަ ވަޅުލާފަ ހަމަ އެކަނި ކަފުންކުރި ފޮތިކޮޅު އެކަނި ގައިގަ އޮތީ
ތި އާޓކަލްގަ އެއްވެސް އޮށްޓަރެއްނެޔްކަން ކިޔާލީމައި އެބަ އެނގޭ. ސަބަބީ މީހުންލާން ޖެހޭ ހެދުމެއް އެމިހަކަށް އެންގޭނި ޙަބަރުގައި މިކަހަލަ ވާހަކަ ޖެހީމައި އެއްކަލަ ވަކިއެއްޗެއްގައި ފިތިފަ ތިބި މީހުން އިތުރަށް ފިތޭގޮތްވާނީ ކަންކަމަށް ލޯ ހުޅޮވުމުގެ ބަދަލުގައި ބޯދާ ކަންތަކުން ސިކުނޑި ތަގައަޔަރުވެގެންދާނެ ވިސްނާ ވަރަށް ވާހަކަ ދަރިންގެ ދަރިން
މީނާޔަށް ހެޔޮގޮތް ވިސްނޭނީ މީނާގެ ތިމާގެ މީހުން ލޯބިވާމީހުން އެގޮތަށް ތުޅެންފެއްޓީމަ ތޯއްޗެ.
އައްމަޑޭގެ ފެށަން ޓީވީއަށް އަރާ ބޮޑު ޕްރޮގްރާމެއްގެ ތެރެއިން ފެންނާކަށް އަޅުގަނޑު ނޭދެން. ނަމަވެސް އޭނަ މަގުމަތީގައި އެފެށަނުގައި އުޅެން ހަމަ އޯކޭ. އަސްލުގަ އައްމަޑޭވެސް ހުންނަންވީ ތަންކޮޅެއް ޑީސެންޓްކޮށް. މާބޮޑަށް ޖަންކީކޮށް ފެންނަނީ. ބައެއްފަހަރު ހީވޭ ގޭންގު ލީޑަރެއް އަރާ އިންނަހެންވެސް.
އަހަރެން ހިތައް އަރާ މިއުޅޭ ނޫސްވެރިންނަށް އެއްވެސް ޕޮޒިޓިވް ހަބަރެއް ލިޔަން ނޭނގެނީބާއޭ.. ހައްތަހާވެސް މީހެއްގެ ފުށުން ފެންނަ ނުރަނގަޅު ކަމެއް ފެނޭތޯ ބަލަ ބަލަ ތިބޭނީ.. މުޖުތަމައު އިން ފެންނަ ރަނގަޅު ކަންކަން ފާހަގަކޮށް ލިޔުންތައް ލިޔުންވެސް އެއީ ވަރަށް މުހިއްމުކަމެއްކަމަށް އަހަރެން ދެކެން. މިއީ އަހަރެމެންނަށް ކުރީގެ ނޫސް ތަކުން ފެންނަ ނަމަވެސް މިހާރުގެ ނޫސް ތަކުން ނުފެންނަ ކަމެއް
ގައުމީ ޓީވީ އިން ދައްކާ ޕްރޮގުރާމެއްގައި ދިވެހިންގެ އާދަކާދައާއި ނުގުޅޭ ކަންތައްތަކެއް އިސްތިހާރުކޮށް ގެންނުވާނެ.
ޙާދަ ރުޅިއެއްތި އަންނަނީ އެސޮރުގެންގޮސް ރަނގަޅަށް ނަސޭހަތް ދިނނުން މުހިންމު ކަމަށް ފެނޭ..
މި ލިޔުން ރަގަޅު....ދެން މިއާޓިކަލް ލިޔުނު ސޮރުގެ ދިރިއުޅެން އުދަގޫވާ ހިސާބަށް ތިޔަ މޯލްޑިވިއަން އިޑިއަޓްސް ކަންކަން ނުގެންގޮސްފިއްޔާ ކިތަންމެހާވެސް ރަގަޅު!
ތިހެން ކަމަށްވާނަމަ ސުޒޭން ކޯޗުއަށް ވެސް ޓީވީއެމުން ގެނެސްދޭ ޕްރޮގްރާމް އަކުން ފުރުސަތު އޮވެގެން ނުވާނެ!
ސުޒޭނު އަކީ ފަސްވަގުތު ނަމާދު ކުރާ މީހެއް.. ސައުތު އިންޑިއާ އަންމަޑޭ އާއި ހާސް ތަފާތު..
ހަޑިހުތުރު ކަމެއްގެ ތެރެއިން އަޚްލާގީ ރިވެތި އާދައެއް ފެނުމަށް އުއްމީދުކުރުމަކީ މޮޔަކަމެއް
ތިމީހުން ދުވަހަކުވެސް ރަނގަޅު ނުވާނެ އެމީހުންނީ ޝައިތޯނީ އަމަލުތަކަށް ހެއްލި ގެޢލިފައިވާ ބައެއް ބޭރުގެ ކަނތަކަށް ހެއްލި ރޭރުވފައި ތިބިބައެއް
އަައްފާނު ކިޔާ މީހާ ބުނަނި " ހަޔާތް ކަޑާލާށޭ" ލާދު ރަކި ކަުގައި ވިޔަސް ލަވަ ކީދާނެ .... ޖަޖުންގެ ބަހުރުވަ ކީކޭ ބުނާނީ...ދެން އައްމަޑޭ ތެޔޮކޮޅެއް ހިއްޕަވައިގެން އިދެ ކިޔޭ ނުކޔޭ ނޭގޭ
އައްމަޑޭގެ ގަހަނާ ތަކަށްވުރެ އުނޫސާގެ ފަރަންޖީ ބަހުން ވާހަކަދެއްކުން މާ ބޮލައް އުދަގޫ ތީ މޯލްޑިވިއަން އައިޑަލް އެއްނޫން ، ހެނދުން އިންޑިއަން ، ވާހަކަދެއްކުން އިންގުލެންޑު ވާ ވާ ތި ތިބީ ދިވެހިން ފޫހި ފަށެއްވެޔޭ....
ހަމަ ވަކި ތާކުން ދެއްކީމަ ދޯ މި ގޯސް ވަނީ...އެހެން ޗެނަލްތަކޯ ދެން؟؟؟ ޙަރާމް ވާނީ ޙަރާމަށް ރައީސަކު ކުރިއަސް!!!!
މަށަށް ކަމުނުދާތީ އެމޯބެ އިންނަ އެއްވެސް ޓީވީ އެއް ނުބަލަނީ އެކަހަލަ މޯލުން އިސްލާމީ ޤައުމެއްގެ ޤައުމީ ޓީވީން ދައްްކާތި ކަމުނުދަނީ މޯބެ. މޯބެ. މޯބެ. މޯބެ ......................
ދިވެހިންގެ އާދަކާދަތަކާއި، ދިވެހި ވަންތަ ގޮތް، އަދި އިސްލާމީ ރިވެތި އުޞޫލު އެއީ "ލުކްސް" އަކަށް ބަލައިގެން ބޮޑަށް ރީތިވާނީ، އިނގިރޭސީންގެ ގޮތް ގަނޑު. އައްމަޑޭވެސް އެ ފަންނުގައި ކުރިއަރައިފިއްޔާ، ދިވެހި ވަންތަ ގޮތެއް ބޭނުންކުރާ ކަމަށްވަންޏާ އެކަން ކޮޕީކުރާނެ މީހުން އެހެން ރާއްޖެތަކުގައިވެސް އުޅޭނެ. ބަލަންވީ އަޅުގަނޑުމެންގެ ގޮތުގައި ހުރެގެން މޮޅު މީހަކަށްވޭތޯ.....
ލުކްސް ގެ ވާހަކަ ނުދައްކާ ފުރަތަމަ މިއުޒިކުގެ ވާހަކަ ދައްކަބަލަ.
ކަލޯ މި ނިއުސް މިއޮތީ ރޫޅާ، އިރާ
ކުދިކޮށްލާހަ!
ވަރަށް ރަނގަޅު ވާހަކައެއް، އައްމަޑޭ އެހުންނަނީ އެކަމުން ހައްދުންނައްޓާފައި. ޒާރާވެސް ބައެއްފަހަރު ހެދުން އަޅާގޮތް ކަމަކުނުދޭ
ތިމާ ހެދުން އެޅުމުގައި ބަލަންވީ އެއްމެ ފުރަތަމަ ތިއީ މުސްލިމެއްކަން ދެން ދިވެއްސެއްކަން. ކޮންމެހެން މީހަކު އުޅޭގޮތަކަށް އުޅޭކަށް ނުޖޭހޭ. އެދުވަހަކުން ތިމާ އެކުރެވޭނީ އެބަޔާކާއި އެއްވައްތަރު ވާން އުޅުނު ބަޔަކާއެކު. ހިޔާރު ކުރަންވީ ތިބޭފުޅާ ބޭނުން ގޮތް.
ވަރަށްވެސް ރަނގަޅު ވާހަކައެއް. މަ ހަމަ އަބަދުމެ ހިތަށް އަރާ އެއްޗެއް ވަރަށް ސާފުކޮށް ތި ހާމަކޮށްލީ.
ސައިތޯނުން ހުއްދަދީގެން ސައިތޯނުންކުރާ ސައިތޯނީ ކަންތައްތަކުގައި ލުކު ހުންނަންޖެހޭ.
މުޖުތަމައު ބޭނުންވާ ގޮތަށް އެންމެން އުޅޭކަށް ނުޖެހޭ..... ކަންކަމުގެ ގިނަ މޭސްތިރިންނަކީ މުޖްތަމައުތަކުން އެއްލާލި މީހުން... ތާރީޚް ބައްލަވާ
ހުރިހާ ޖަޖުންވެސް ވާހަކަދެއްކުމުގައި އެއްވެސް ހެޔޮ މިންގަޑެއް ނުގެންގުޅޭ.
އަންމަޑޭ ހެދުން އަޅާފަ ހުންނަގޮތުން ލުކުސް ލައިކް އަބުރަހާ. މިނޫން އެހެން ކަމެއް ކުރަން ވެސް ނޭނގޭތަ. ފާދާ އެއްނެތް ގެއްލުން ހުރި ކަމެއް ކުރާނި ކާކު.....
ތިޔަކުދިން ދެކުމުނޫންތޯ ބައެއް ކާޓޫނު ފިލްމުތަކާއި އަދިވެސް އެހެން ބިރުވެރި ފިލްމުތައްފަދަ ފިލްމްތައް. އެފިލްމުތަކުގައި ބިރުވެރި ޖިންނިތައް (ޝައިޠާނުން، މާރިދުން) ތައްކަމަށް ދައްކުވައިދޭ ބައި ކުޅޭމީހުންގެ ސިފަތައް ހުންނަގޮތާއި ތިޔަ ބުނާ އަޙުމަދު މެންގެ ސިފައާއި ހުރި ވައްތަަރުކަމެއް ނިކަން ބަލާލަބަލަ......!!!!!