ތިމާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކާ ހެދި ވަކި ޚާއްސަ ކަމަކަށް ފޯކަސް ނުކުރެވި ބައެއް ފަހަރު ދެއެވެ. މިގޮތަށް ދިމާވަނީ އާއްމުކޮށް ލޯބިވެރިޔާ އަށް ގިނަ ވަގުތު ދޭން ޖެހުމުގެ ސަބަބުންނެވެ.

އިންޑިޔާގެ އައުރަގަބާދްގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރަކު ޓެސްޓުން ފާސް ނުވީވެސް މިފަދަ ކަމަކާ ހެދި ކަމަށް އޭނާވަނީ ބުނެފައެވެ. ނަން ހާމަނުކޮށް، އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 20 އަހަރުގެ މެޑިކަލް ސްޓޫޑެންޓެއްވަނީ އޭނާ ފާސް ނުވެފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި ލޯބިވެރިނާ ކުރެން، ވަނީ އޭނާގެ މައިންބަފައިން އަތުން، އެމީހާގެ ކިޔެވުމަށް ޚަރަދުވި ފައިސާ ހޯދަން އެދިފައެވެ.

މިގޮތަށް ކަންތައް ކުރުމުން، ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާވަނީ މިމީހާއާ ރުޅިވެފަައެވެ. ނަމަވެސް އެއާއެކުވެސް އުމުރުން 20 އަހަރުގެ މިމީހާގެ މަސައްކަތް ހުއްޓައެއް ނުލައެވެ.

އޭނާއަކީ ކިޔެވުމަށް މޮޅު މީހެއް ކަމަށާއި އޭނާ ފާސް ނުވީ، ލޯބިވެރިޔާއަށް ވަގުތު ދޭން ޖެހޭތީ ކަމަށް ބުނެ، އޭނާގެ ކޯހުގެ ފީގެ ގޮތުގައި ދެއްކި ފައިސާ ހޯދުމަށް ކުރީގެ ލޯބިވެރިޔާ އަށް އިންޒާރުތަކެއް ވަނީ ދީފައެވެ. މިއާއެކު އޭނާގެ ކުރީގެ ލޯބިވެރިޔާވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.

މެޑިސިންގެ ފުރަތަމަ އަހަރުން ފެއިލްވި މިމީހާގެ މައްޗަށް ފުލުހުންވަނީ ބިރުދެއްކުމާއި މީހެއްގެ އަތުން ނުޙައްގުން މުދަލެއް ނުވަތަ އެއްޗެއް ފޭރުމުގެ ކުށުގެ ދަޢުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު