އަރަބި ލަވަކިޔުންތެރިއަކު ނިވާކަން ކުޑަ ހެދުމުގައި ހުރެ ނަށަމުން ކީރިތު ޤުރުއާނުގެ އާޔަތްތަކެއް ކިޔަވައި ޤުރުއާނުގެ ހުރުމަތް ކަނޑާލުމަށް މަސައްކަތްކޮށްފިއެވެ.
މިކަން މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސް މައްސަލަ ހޫނުވެފައިވާއިރު، މި އަމަލު ހިންގާފައި ވަނީ މިދިޔަ ހަފްތާގައި އެމެރިކާގެ ލޮސް އެންޖެލްސްގައި ކުރިޔަށްދިޔަ ސްޓޭޖް ޝޯވްއެއްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައުދީ އަރަބިއްޔާ އަށް އުފަން ރޮޓާނާ ތާރާބްޒައުނީ ނަމަކަށްކިޔާ މި ލަވަކިޔުންތެރިޔާ އަކީ އެމެރިކާގައި ގިނަ ބައެއްގެ މެދުގައި މަޤުބޫލު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ ސައުދީ އަރަބިއްޔާ އަށް އުފަން، އެޤައުމުން ތަޢުލީމު ހާސިލް ކުރި އަންހެނެއް ނަމަވެސް މިހާރު ދިރިއުޅެމުން ދަނީ އެމެރިކާގެ ލޮސް އެންޖެލްސްގައެވެ.
ހުޅަނގުގެ ސަޤާފަތަށް ލޯބިކުރާ ތާރާބްޒައުނީ އެމެރިކާގައި ކުރިޔަށްދިޔަ ޝޯވްއެއްގައި ހުށަހެޅި ހުށަހެޅުމެއްގެ ތެރެއިން ކިޔަވާފައި ވަނީ ސޫރަތުލް ފާތިޙާއެވެ. އޭނާ އެ ސޫރަތް ފަށާއިގެން ނިމެންދެން ކިޔަވާފައި ވަނީ ސްޓޭޖް މަތީގައި ނަށަން ހުރެފައެވެ. އޭރު އޭނާ ހުރީ ނިވާކަން ކުޑަ ކޮރެއާގެ ސަޤާފީ ހެދުމެއް ކަމަށް ބުނާ ހެދުމެއް ލައިގެންނެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ ތާރާބްޒައުނީއަށް ފާޑުކިއުން އަމާޒުކުރަމުންނެވެ. އޭނާގެ އެ އަމަލު ގިނަ ބަޔަކު ކުއްވެރި ކުރަމުން ދާއިރު، އެއީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނުގެ ހުރުމަތް ކަނޑާލުމަށް އޭނާ ކޮށްފައިވާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.
ދުނިޔެ ނިމުމުގެ ޢަލާމާތް ތިފެންނަނީ، އަދި ތިކަހަލަ އެތައްކަމެއް ދުނިޔޭގަ ތިބިބަޔަކަށް ފެންނާނެ.
އެޖެންޑާ 19 އިގެ ދަށުން މި ރާއްޖޭގައި ވެސް ތިކަހަލަ ކަންތައް ކުރާނެ