މާބަނޑު ވުމަށްފަހު އެކަން ނޭންގުމަކީވެސް ބައެއް މީހުނަށް ދިމާވާކަމެކެވެ. އަދި މިދުވަސްވަރު ނޭންގި ކުރިމަތިވާ ބައެއް ކަންތައްތަކުގެ ސަބަބުން ކުދިން ބައިގެންވެސް ބައެއް ފަހަރު ދެއެވެ.

މިހެންކަމުން މާބަނޑު ދުވަސްވަރު، ބަނޑުބޮޑުވެއްޖެކަން ދެނެގަނެވޭނެ ބައެއް ގޮތްތަށް ހުރެއެވެ. މީގެތެރެއިން ބައެއް ކަންކަން މިތާންގައި ހިއްސާކޮށްލާނަމެވެ.

ނޭވާ ކުރުވުން

ނޭވާ ކުރުވުމަކީވެސް ބަނޑުބޮޑުވުމުގެ އަލާމާތެކެވެ. މިސާލަކަށް ސިޑިން ތަންކޮޅަކަށް ދާއިރު ވާޅުވުން އިޙްސާސްވެ ނޭވާ ހިއްލާނަމަ ބަނޑުބޮޑުތޯ ޓެސްްޓްކޮށްލުން ބުއްދިވެރިއެވެ. މިކަން މިހެންވަނީ ބަނޑުގައި ދަރިފުޅު ހެދި ބޮޑުވާއިރު، ކުއްޖާއަށް ގިނަ އަދަދެއްގެ އޮކްސިޖަން ބޭނުންވާނެތީއެވެ.

ގިނައިން ބޮލުގައި ރިއްސުން

މިއީވެސް މާބަނޑު ވެއްޖެނަމަ ކުރިމަތިވާކަމެކެވެ. މާގިނައިން ބޮލުގައި ރިއްސާނަމަ މާބަނޑުތޯ ޓެސްޓްކޮށްލުން ބުއްދިވެރިއެވެ.

މާގިނައިން ހޮޑުލެވުން

މިއީވެސް މާނބަޑު ދުވަަސްވަރު ކުރިމަތިވާކަމެކެވެ. ގިނަ ފަހަރަށް ހޮޑުލެވެން ފަށާނީ މާބަނޑުވިތާ ހަ ހަފްތާ ފަހުންނެވެ.

ބޮޑުކަމުދިއުމުގައި މައްސަލަ ޖެހުން

މާބަނޑު ދުވަސްވަރު ބަނޑުހަރުވެ ބޮޑުކަމުދިއުމުގައި މައްސަލަ ބައެއް މީހުނަށް ޖެހެއެވެ. މިހެން ދިމާވަނީ މާބަނޑުވުމުން ހަށިގަނޑަށް އަންނަ ހޯމޯންނަލް ބަދަލެއްގެ ސަބަބުންނެވެ.

ގިނައިން ކުޑަކަމުދެވުން

މާބަނޑުވުމުން ކިޑްނީގެ މަސައްކަތް ހަލުވިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގިނައިން ކުޑަކަމުދާންޖެހެއެވެ. ގިނައިން ކުޑަކަމުދާން ޖެހޭނަމަ މާބަނޑުތޯ ތަޙްލީލްއެއް ކުރުން ބުއްދިވެރިއެވެ.

ހުތް އެއްޗެހި ކާހިއްވުން

މިއީވެސް ބައެއް މީހުނަށް ވާކަމެކެވެ. މާބަނޑު ދުވަސްވަރު ހުތް އެއްޗެހި ކާހިތްވެއެވެ.

މަތީގައި އެވާކަންތަކުން ކަމެއްވާނަމަ ލަސްނުކޮށް މާބަނޑުތޯ ޓެސްޓް ހަދާލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    މަވެސް ވަރަށް ހުތްއެއްޗެހި ކާހިތްވޭ..އެކަމު މަމީ ފިރިހެނެއް..

  2. ހެހެ

    ބޮޑުކަމު މައަސަލަ ޖެހޭ، އެކަމަކު ޑަކްޓަރު ބުނީ ތިޔެއް ރަނގަޅެއް ނުވާނޭ،