އޮސްޓްރޭލިއާއަށް ނިސްބަތްވާ އަންހެނަކު، ސްކޫލް ދައުރުން ފެށިގެން އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ހުރި ޒުވާނާއާ ކައިވެނި ކުރަން ފުރުސަތު ލިބިގެންދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް ތަގުދީރުކަން ދިމާކުރިގޮތުން އެ މީހުންގެ ކައިވެނި ކުރަން ޖެހުނީ އައިސީޔޫ ތެރޭގައެވެ. އައިސީޔޫ ތެރޭގައި މި ދެ މީހުން ކައިވެނި ކުރެވިގެންދިޔައީ، އަންހެން މީހާއަށް ޖެހުނު ކެންސަރު ބަލި ހަތަރު ވަނަ ސްޓޭޖަށް ގޮސް އޭނާގެ ހިތް ފެއިލް ވަމުންދާތީއެވެ.
ޓޯނީ ކޭމްޕްބެލް ނަމަކަށް ކިޔާ އަންހެން މީހާއަށް ކެންސަރު ޖެހުނުކަން އެނގުނީ އޭނާގެ ހަގު ދަރިފުޅަށް ބަލިވެ އުޅެނިކޮށެވެ. އޭނާ ކެންސަރާއި ހަނގުރާމަ ކުރަމުން މިހާރު ދަނީ މެލްބޯންގެ ހޮސްޕިޓަލެއްގައެވެ.
ވަލްޝްއަކީ ޓޯނީގެ ޒަމާންވީ ލޯބިވެރިޔާއެވެ. އޭނާއަކީ، މި ދެމަފިރިންގެ ދެ ދަރިންގެ ބައްޕައެއްވެސް މެއެވެ. ވެލްޝް ޓޯނީ ކައިރިން އިންނަން އަހާފައި ވަނީ ޓޯނީ ކެންސަރު ބައްޔާއި ހަނގުރާމަ ކުރަން ފެށި ފަހުންނެވެ.
އޭގެ ފަހުން ޓޯނީ ހޮސްޕިޓަލްގައި އޮއްވާ އީމެއިލްގެ ޒަރިއްޔާއިން އައިސިޔޫގެ ސްޓާފުންނަށް މި ދެ މީހުންގެ ކައިވެނި ކުރުމަށް ކުޑަ ހަފްލާއެއް އައިސީޔޫ ތެރޭގައި ބޭއްވުމަށް ބޭނުންވާކަން އެންގިއެވެ. އެއާއެކު ހޮސްޕިޓަލްގެ ސްޓާފުން އެކަމަށް ތައްޔާރުވިއެވެ. ޓޯނީ ކައިވެނީގެ ހެދުން ލެއްވިއެވެ. އަދި އޭނާގެ ހަށިގަނޑަށް ގުޅަން ޖެހޭ ހުރިހާ ހޮޅިއެއް ގުޅުވާ ކައިވެންޏަށްވެސް ތައްޔާރުކޮށްދިނެވެ.
ދެ މީހުންގެ ކައިވެނި އައިސީޔޫގައި ކުރެވިގެންދިޔައިރު، އެ ވަގުތުކޮޅު ވަރަށް ހާއްސައެވެ. ޓޯނީ އެދުމަތީގައި އޮތްކަމަކު އޭނާއާ އެންމެ ކައިރީގައި ފިރިމީހާ އެ ހުރީ ލޯތްބާއި އަޅާލުން ދޭށެވެ.
އެ ކައިވެނީގެ ހަފްލާއަށް ދެ ފަރާތުން އާއިލާއިންނާއި ރަހުމަތްތެރިން އަދި ހޮސްޕިޓަލުގެ ސްޓާފުންނާއި އެދެމަފިރިންގެ ދަރިންވެސް ބައިވެރިވިއެވެ.
ދެމީހުންގެ ދަރިން ބޮޑެތިވީފަހުންދޯ ދެމަފިރިންނަށް މިވީ!