އެކި މީހުންނަކީ އެކި މިޒާޖުގެ މީހުންނެވެ. ބޭނުންވާ ކަމެއް ކުރުމަށް ނުވަތަ އެކަމެއް ހާސިލްކުރުމަށް އެފަދަ ފަރާތްތަކުން ތިބެނީ ކޮންމެފަދަ ކުރާންވެސް ތައްޔާރަށެވެ. މިގޮތަށް ހިނގާ ކަންކަމުގެ ތެރެއިން ހިތާމަވެރި އެތައް ހާދިސާއެއްވެސް ހިނގައިދާއިރު، މިއީވެސް ޒުވާން އަންހެނަކަށް އެފަދަ ފިރިހެނަކު އޮޅުވާލައިގެން ކެހިދޭން އުޅުނުގޮތުގެ ވާހަކައެވެ.

ނިއުޒިލޭންޑުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ރޮޓޯރުއާއަށް ނިސްބަތްވާ އެ މީހާ ވަނީ އޭނާއަކީ ކެވުނު ވިހައެއްގެ ސަބަބުން ވަރަށް ބޮޑަށް ސިއްޙީ ހަލަތު ދަށްވެފައިވަ މީހެއް ކަމަށް އޮންލައިނުން ދިމާވި އަންހެނެއްގެ ގާތުގައި ބުނެގެން އޭނާގެ ރުހުމާއި ހަމްދަރުދީ ހޯދުމަށްފަހު، އަންހެންމީހާ ރޭޕްކޮށްލުމަށް މަސައްކަތްކުރި މީހެކެވެ.

އެ ފިރިހެންމީހާ ވަނީ އީމެއިލްގެ ޒަރިއްޔާއިން އަންހެންމީހާއަށް އޭނާގެ ސިއްޙީ ހާލަތު ދަށްކަމަށް ދައްކުވައި، އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިއުންތަކެއްވެސް ފޮނުވާފައެވެ. އަދި އޭނާ ދިރިއުޅެނީ އެކަނި ކަމުގައި އާއި، ދިމާވެފައިވާ ސިއްޙި ހާލަތުގެ ސަބަބުން، މީހެއްގެ ލޯތްބާއި އަޅައިލުން ބޭނުންވާކަމަށް ބުނެ އަވަހަށް ބައްދަލުވާން އެދިފައި ވެއެވެ.

މިކަމާއި ގުޅިގެން 24 އަހަރުގެ ޒުވާން އަންހެނާ ވަނީ އެ ފިރިހެންމީހާގެ ވާހަކަތައް އަޑުއަހައި އޭނާއާއި ބައްދަލުވެ އެހީތެރިވުމަށްޓަކައި އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ. އަދި އެގޭތެރެއަށް އަންހެންމީހާ ވަނުމާއި އެކު ފިރިހެންމީހާ ވަނީ އަންހެންމީހާ ގަދަކަމުން ހިފަހައްޓައި އޭނާ ރޭޕްކުރުމަށް މަސައްކަތްކޮށްފައެވެ.

މި ހާދިސާ ހިނގި ވަގުތު އެ އަންހެންމީހާ އެހީއަކަށް އެދި ގޮވަމުންދަނިކޮށް، އެގެއާއި އިންވެގެންހުރި ގޭގައި ދިރިއުޅޭ ބަޔަކަށް އަޑުއިވިގެން ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރިކަމަށްވެއެވެ. އެއާއި އެކު ފުލުހުން އެގެޔަށް ދިޔައިރު ފިރިހެންމީހާ މަސައްކަތްކުރަމުންދިޔައީ އެ އަންހެންމީހާ ރޭޕްކޮށްލުމަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

އެއާއިއެކު އޭނާ ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ނިއުޒިލޭންޑުގެ އިދާރާތަކުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހުޤީޤުކުރަމުންނެވެ. މި މައްސަލަ އާއި ގުޅިގެން އެ ފިރިހެންމީހާއަށް މަދުވެގެން 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއްތު

    މަ ހުންނާނެ ތިކަހަލަ ކިތަންމެ އަންހެނަކަށް ލޮޓިދީފަ. އަދިވެސް ދޭގޮތަށް އޮތީ.. ލޮޓި ދިނީމަ ދެން ހޯ ހޯ އޭ ގޮވާނެ ކަމެއްނެތް.