ޓީއޭޕީ އެއަރ ޕޯޗްގަލްގެ ފުލައިޓެއް ޕައިލެޓް މަސްތުގެ ހާލަތުގައި އިނުމުން ފުރުން ކެންސަލްކޮށްފިއެވެ.

ބޭރުގެ މީޑިޔާތަކުން ހާމަ ކުރާގޮތުގައި ނުފުރި މަޑުކޮށްފައިވަނީ 100 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފްލައިޓްއެކެވެ. އަދި ފްލައިޓް ފުރުން ލަސްކޮށްފައިވަނީ އެއަރޕޯޓްގައި މަސައްކަތް ކުރާ މީހަކަށް ފްލައިޓްގެ ޕައިލެޓް ހަމައިން ނެއްޓިގެން އުޅޭ ގޮތަށް އުޅެން ފެށުމުން، އޭނާާގެ ގާތަށްގޮސް ޗެކް ކުރުމަށްފަހުގައެވެ.

ޓީއޭޕީ އެއަރ ޕޯޗްގަލްއިންވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެމީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕައިލެޓް ފުލައިޓް ދުއްވޭ ހާލެއްގައި ނެތުމުގެ ސަބަބުން، ފުލައިޓް ކެންސަލްކޮށްފައިވާ ކަމަށާއި އަދި މިކަން ވަރަށް ހަލުވި ސުޕީޑެއްގައި ބަލަމުން އަންނަކަމަށެވެ.

40 އަހަރުގެ މި ޕައިލެޓް މިހާރު ވަނީ 10،000 ޔޫރޯއިން ޖޫރިމަނާކޮށް އަދި ފުލައިޓް ދުއްވުމުން ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކޮށްފައެވެ. އަދި މިމައްސަލަ އިތުރަށް ބަލާ އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެއެއަރލައިންއިން މައުލޫމާތުދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު