ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް އެބަލިން ސަލާމަތް ވެވޭނެ ޕްރޮޓީންއެއް ހޯދާފައިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެލް.އެޗް.ޕީ.ޕީގެ ނަމުން ނަންދެވިފައިވާ މި ޕްރޮޓީން އަކީ އެންޓި ކެންސަރ ޕްރޮޓީން އެއްކަމަށް ސައިންވެރިން ބުނެއެވެ. ސައިންސްވެރިން ބުނާގޮތުގައި މިޕްރޮޓީންގެ ޒަރިއްޔާއިން ކަސްމެޔަށް ޖެހިފައިވާ ކެންސަރަށް ފަރުވާ ހޯދޭނެއެވެ.

" އެލް.އެޗް.ޕީ.ޕީއަކީ އަޖައިބެއް ކަހަލަ ޕްރޮޓީންއެއް. މީ ޕްރޮޓީން ހަމައެކަނި ފެންނަނީ ކެންސަރު ނުޖެހި ހުންނަ ސެލްތަކުން. ޓިއުމަރ ޖެހިފައި ހުންނަ ސެލްތަކުން ނުފެނޭ. މިހެންވެ މިބަލަނީ މިޕްރޮޓީންއަކީ ކެންސަރަށް އޮތް ފަރުވާއެއްކަމަށް. " ސުވިޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ބަސެލްސްގެ ސައިންޓިސްޓެއް ބުނެފައިވެއެވެ.

އެޔުނިވަރސިޓީއިން ކުރިޔަށް ގެންދިޔަ ތަޙްލީލެއްގައިވަނީ 4000 އަށްވުރެ ގިނަ ޕްރޮޓީން ބޭނުންކޮށްގެން ކެންސަރަށް ފަރުވާ ހޯދޭތޯ ބަލާފައެވެ. އަދި މިދިރާސާ ނިންމާލުމަށްފަހު ބުނެފައިވަނީ އެލް.އެޗް.ޕީ.ޕީއަކީ މިކަމަށް އެންމެ އެކަށޭނެ އެއް ޕްރޮޓީންކަމުގައެވެ.

ކެންސަރު ބައްޔަށް އަދި މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާއިރު، ސައިންސްވެރިންދަނީ މިކަމުގެ ޝިފާއެއް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަކީމު

    މީ އިސްލާމީ ގަދީމީ ފަރުވާއެއް. މިފަރުވާ ނަގާފަ މިވަނީ އަހަރެމެންގެ ފޮތްތަކުން.

    6
    5