ހުނުމަކީ އިންސާނާގެ ތަބީޢަތުގައި ލައްވާފައިވާ ވަރަށް ތަފާތު ކަމެކެވެ. ބައެއް މީހުން އުފާވާ ވަގުތު ތަކުގައި ހިނި އަންނަ އިރު އަނެއްބައިމީހުން، ރުޅި އަންނަ ވަގުުތު ތަކުގައި ނުވަތަ މާބޮޑަށް ދެރަވުމުން ހޭން ފަށެވެ. ކޮންމެޔަކަސް ހުނުމަކީ އޭގައި ތަފާތު ފައިދާތަކާއި ގެއްލުންތަކެއް ލިބިދޭ ކަމެކެވެ.
ހުނުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާލާއިރު، ހުނުމުގެ ސަބަބުން ހަށިގަނޑުގައި އޮކްސިޖަން ދައުރުވާ މިންވަރު މަތިކޮށްދީ، ހަކުރުގެ މިންވަރުދަށްކޮށްދެއެެވެ. މީގެ އިތުރުން ހުނުމަކީ ދަރިމައިވުމަށް ވެސް އެހީތެރިވާ ކަމެއް ކަމަށް ދިރާސާތަކުންވަނީ ދައްކާފައެވެ. ނަމަވެސް މާގަދައަށް ހުނުމަކީ އޭގެ ސަބަބުން ގިނަ ގެއްލުން ތަކެއް ކުރިމަތިވާ ކަމެކެވެ.
ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ވާ ގޮތުން، މާ ގަދަޔަށް ހުނުމަކީ ސިއްްހީ އިތުރު މައްސަލަތައް ދިމާވާ ކަމެކެވެ. ޔުނިވަރސިޓީ އޮފް ބާމިންގްހަމް އިން ހަދާފައިވާ މިދިރާސާގައި ބުނެފައިވަނީ ހުނުމުގެ ސަބަބުން ބައެއް ފަހަރު މީހާ މަރުވާ ކަމަށާއި އަދި ގަދަޔަށް ހުނުމަކީ މީހާގެ އުމުރު ކުރުވާ ކަމެއް ކަމަށެވެ.
މިދިރާސާގައި ބުނެފައިވަނީ ހުނުުމުގެ ސަބަބުން ހިތުގެ ބަލިތައް ހުންނަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި މިކަން މިހެންވަނީ ހުނުމުގެ ސަބަބުން ނުވަތަ އުފާވުމުގެ ސަބަބުން ހަށިގަނޑުން އުފައްދާ އެޑްނަލައިން ކިޔާ މާއްދާއެއްގެ ސަބަބުން ކަމަށެވެ. އަދި މިމާއްދާގެ ސަބަބުން މީހާގެ އުމުރު ކުރުވާ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.
މަރަކީ އޭގެ އަޖަލު އައިސް ޖެހުމުން ވާކަމެކެވެ. މަރުވެދާނެތީ ބިރުނުގަނެ މަރަށް ތައްޔާރު ނުވެވިދހަަނެތީ ބިރުގަންނާށެވެ.
ތީ ހުސްދޮގެއްނު ކޮއްކޯ! ގަދަޔަށް ހުނީމަ ހިތް މަރުވާކަމަށް ރަސޫލާ ހަދީސްކުރެއްވި. އަދި އަންހެނުން ދަތްޕިލާ ފާޅުވާނޭހެން ހުނުމަކީ ހަރާމްކަމެކެވެ.