ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސަނީ ލިޔޯން ތިމާވެއްޓާއި ރައްޓެހި ރީތިވާން ބޭނުން ކުރާ އުފެއްދުންތަށް ތާއާރަފް ކޮށްފި އެވެ.
އަމިއްލަ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ސަނީ ލޯންޗް ކުރި ކޮސްމޮޓެކް ޕްރޮޑަކްޓް ތަކުގެ ތެރޭގައި ބްލެކް ހެޑް ރިމޫވާ އަދި ހެޔާ ޑްރައިޔާ ހިމެނެއެވެ.
ސަނީ ބުނީ ތިމާވެއްޓަށް ކޮންމެ މީހަކުވެސް އިސްކަން ދޭންޖެހޭ ކަމަށާއި ދުނިޔެ ހޫނުވުން ހުއްޓުވަން މައްސަކަތް ކުރަން ޖެހޭ ކަމަށެވެ. ސަނީ ވަނީ މީގެކުރިން އެކި ޒާތުގެ ސެންޓްތަަށް ވެސް ތާއަރަފް ކޮށްފަ އެވެ.
ސަނީ ލިއޯންއަކީ މިހާރު އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުން އަންނަ ތަރިއެކެވެ. އަދިވެސް އޭނާގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އޭނާދަނީ ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތައް އަދިވެސް ކުރަމުންނެވެ.
ސަނީއަކީ މިހާރު ތިން ކުދިންގެ މަންމައެއްވެސް މެއެވެ. އެ ތިން ދަރިންނަކީ އޭނާ އެޑޮޕްޓްކުރި ތިން ދަރިންނެވެ.
ސަނީ ލިއޯން ފިލްމީ ހަޔާތް 2012 ވަނަ އަހަރު ފަށައި އަދިވެސް ފިލްމަކަށް ފަހު ފިލްމެއް އެ ދަނީ ކުޅެމުންނެވެ.
އަދި މިހާރުވެސް ދަނީ ސަނީގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ވެބްސީރީޒް މަސައްކަތްތައް ކުރަމުންނެވެ.
ސަނީ ލިޔޯން ވަނީ ބޮލީވުޑްގައި "ޖިސްމް 2"، އޭކް ޕަހެލީ ލީލާ"، "ކުޗް ކުލް ލޯޗާ ހޭ" އަދި "ވަން ނައިޓް ސްޓޭންޓް" ފިލްމް ތަކުގައި ހަރަކާތްތެރި ވުމުގެ އިތުރުން އެތަށް ލަވަތަކެއް ކުޅެދީފައެވެ.
އޭނާގެ ވީޑިއޯ ބަލަންޏާ އޭނާގެ އުފެއްދުން ގަންނަން ޖެހޭނެ
ސަނީ ލޮޔޯނަކީ ވިޔަފާރި ވަރަށް ފުޅާ ބޭކަނބަލެއް!
ހުސޭނުބެ ވަރަށް ބަލައިފިންދޯ ސަނީލިއޯންގެ ވިޔަފާރީގެ ފުޅާމިން ހުރިވަރެއް؟
މީނަ ކުރަނީ ކޮނޮކަހަލަ ވިޔަފާރި އެއ.....މަވެސު ބޭނުނ ވިޔަފާރި ކުރަނ.....
އެކަހަލަ ވިޔަފާރި ނުކުރިއްޔާ ރަނގަޅުވާނީ