ކަދުރަކީ ފައިދާއިން ފުރިގެންވާ އެއްޗެކެވެ. ކަދުރުގެ އެތަކެއް ބާބަތެއް ހުންނައިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަޖްވާ ކަދުރެވެ. އަޖްވާ ކަދުރަކީ ކަދުރުތަކުގެ ތެރެއިން އެންމެ އަގުބޮޑު އަދި އެންމެ ފައިދާހުރި ކަދުރެވެ.

އަދި ކޮންމެ ދުވަހެއްގެ ހެނދުނު 7 އަޖްވާ ކަދުރު ކައިފި މީހާއާއި އެއްވެސް ސިހުރެއް އަދި ވިހައެއް އެދުވަހު ކައިރި ނުވާނެ ކަން ރަސޫލާގެ ހަދީޡް ބަސްފުޅުތަކުން އެނގި ހާމަވެއެވެ.

އަޖްވާ ކަދުރަކީ ލޮލުގެ ފެނުން ބަލި މީހުން ކެއުން މުހިންމު އެއްޗެކެވެ. އެހެނީ އޭގަފައި ގިނަ އަދަދެއްގެ ވިޓަވިން އޭ ގެ އިތުރުން ވިޓަމިން ސީ އަދި ފައިބަރ ގެ ބާވަތްތަށް އެކުލެވިގެންވާތީއެވެ. މިކަމުގެ ސަބަބުން ލޯ ނުސާފުވުމުން ދުރުކޮށްދީ ލޯ ރަތްވުމާއި ލޮލުން ފެން އައުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

އަޖްވާ ކަދުރަކީ ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައިދޭ އެއްޗެއްވެސް މެއެވެ. އަދި އެއީ ހަށިގަނޑަށް ގިނަ އަދަދެއްގެ ޕްރޮޓީން ލިއްބައިދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން މީހާ އަވަހަށް ވަރުބަލިވުމާއި ކަންނެތްވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އަޖްވާ ކަދުރަކީ ބައެއް ކަހަލަ ކެންސަރުގެ ބާރު ދަށްކޮށްދޭ އެއްޗެކެވެ. އަދި އަޖްވާ ކަދުރަކީ ހަޖަމްކުރުމުގެ މައްސަލައާއި ވިހެއުމުގައި މައްސަލަތަށް ކުރިމަތިވާ މީހުންވެސް ކެއުން އެދެވިގެންވާ އެއްޗެކެވެ. އެހެނީ އަޖްވާ ކަދުރު ކެއުމުގެ ސަބަބުން ވިހެއުމުގައި ވާ ތަދު ކުޑަކޮށްދީ ބަނޑު ހަރުވުން ފަދަ ކަންކަމުން ދުރުކޮށްދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެކެދިޔެ

    ލިބެން ހުރީ ކޮންތާކުން ތި ކަދުރު

    • އާސް

      އެންމެ އާންމުކޮށް ލިބެންހުންނާނީ މައްކާ މަދީނާއިން.މާލެއިންނަމަ ޖިލްބާބު ފިހާރަތަކުންނާއި ކާބޯތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ފިހާރަތަކުން ފެނޭ....ހާއްސަކޮށް މަޖީދީމަގުގަ މާވެޔޮމަގާއި ކައިރީ ހުންނަ "ފުރުޓް ޓްރީ" އޭ ކިޔާ ފިހާރައިން.

  2. މީ

    ވިހެއުމުގެ ވާހަކަ އައިމަ ހަނދާންވަނީ ކީރިތި ޤުރުޢާންގަ ނަންގަނެވިފައިވާ މަރިޔަމްގެފާނު އީސާޢަލައިހިއްސަލާމްއާއިގެން ރައްކާވެވަޑައިގެންނެވި ހާދިސާ.އެހާދިސާގައި ﷲގެ އަމުރުފުޅަށް އެކަމަނާ ފަރީއްކުޅުވީ ދޮންވެފައްކާވެފަވާ ކަދުރު.އެއީ އަޖުވާ ކަމެއް އާދައިގެ ކަދުރު ކަމެއް ނޭނގެ.އެނގޭހާވެސް އެއްޗަކީ މިފަދަ ހާލަތްތަކަށްވެސް ކަދުރަކީ ނުހަނު ފައިދާ ހުރިއެއްޗެއްކަން މިހާދިސާއިންވެސް އެނގިގެން ދާކަން.

  3. ހުމުދު

    ކަދުރު ހުންނާނެ ސޯސަން މާޓު ، ގަލޮޅު ފާސަނާކިލެފާނު މަގު