އަޟްހާ އީދުގެ ފޯރި މިހާރު މުޅި ރާއްޖޭގައި ވަށާ ބުރު ޖަހަނީއެވެ. އެކި ރަށްރަށުގައި އެކި ހަރަކާތްތައް ފަށައިގެން ކުރިއަށްދާއިރު މީސް މީޑިއާގެ ސަމާލުކަމަށް މިހާރުވެސް ބައެއް ރަށްތަކުގައި ހިނގާ ކުޅިވަރުގެ ހަރަކާތްތައް އެބަ އާދެއެވެ.

މީގެ ތެރެއިންވެސް ގިނަބައެއްގެ ސަމާލުކަން ލިބުނީ ބ. ގޮއިދޫގައި ރޭ ކުރިއަށްގެންދިޔަ "ފަޔާ ބޯލް" ހަރަކާތެވެ.

މިއީ މިފަހަރުގެ އީދުގައި އެންމެ ތަފާތު ކަމަކަަށް މިހާތަަނަށް ފެނިގެން ދިޔަ ހަރަކާތެވެ. ފުޓް ބޯޅަ ކުޅުނީ މުޅި ދަނޑު ވަށާ އަލިފާން ޖަހައިގެންނެވެ. ބޯޅައަކަށްވެސް ބޭނުންކޮށްފައި ވަނީ އަލިފާން ބޯޅައެވެ.

ރަށު ކައުންސިލާއި، ރަށުގެ ޖަމިއްޔާއަކާއި ރަށުގެ ޒުވާނުން ގުޅިގެން ރޭ ކުރިއަށް ގެންދިޔަ މި "ފަޔާ ބޯލް" ހަރަކާތާއި ގުޅޭގޮތުން "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި އެކަމުގައި ހަރަކާތްތެރިވި އޮފިޝަލަކު ބުނީ އެ ހަރަކާތަކީ މީގެ ދެ އަހަރު ކުރިންވެސް އެ ރަށުގައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އެހެން ނަމަވެސް އެފަހަރު ވީޑިއޯ އާއި ފޮޓޯތައް ނެގިފައި ނެތުމުން އާއްމުންގެ ސަމާލުކަން އެކަމަށް ލިބިފައި ނެތީ ކަމަށް އޭނާ ބުންޏެވެ.

"އެއީ ރާއްްޖޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫން ވީމަ ތަފާތުކަމެއްކޮށްލަން ވެގެން ކޮށްލި ކަމެއް އެއީ". އޭނާ ބުންޏެވެ.

އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މުޅި ދަނޑުވެސް އަލިފާން ރޯކޮށްލައިގެންނެވެ. ގޯލާއި، ބޯޅައިގައިވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ. ދެ ޓީމަކަށް ބަހާލައިގެން ފުޓްބޯޅަ ކުޅޭ ގޮތަށް ކުރިއަށްގެންދިޔަ މެޗު ބަލަން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވިއެވެ. އަދި އީދާއި ދިމާކޮށް ރަށަށް ޒިޔާރަތްކުރި އެންމެންވެސް ރޭ ދިޔައީ އެ ހަރަކާތް ބަލާށެވެ.

އޭނާ ފާހަގަކުރިގޮތުގައި، އަލިފާން ބޭނުންކޮށްގެން އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ކުޅިވަރު ކުޅުނު މީހުންނާއި، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ކުޅޭ މީހުންގެ ގައިގާ ސައިބޯނި ފުޅި ބޭނުންކޮށްފައި ވާނެ ކަަމަށް އޭނާ ބުންޏެވެ.

"ސޭފްޓީއަށް ތިބޭނެ ގާތްގަނޑަކަށް 20 އާއި 30 އާއި ދެމެދުގެ މީހުން ތިބޭނެ، އެކަމަށް ހާއްސަ އެއްޗެއްސާއި އެއްޗެހި ހިފައިގެން، އެއްކަލަ ރައްޔިތުން އެއްވާނެ ތާ ބަލަން، ދަނޑު ވަށައިގެން ތިބޭނެ ސެކިއުރިޓީން" ފުޓްބޯޅަ ކުޅޭ ގޮތަށް މި ކުޅިވަރު ކުޅުނުއިރު، އާއްމުންގެ ބޮޑު ތަރުހީބެއްްވެސް ލިބުނުކަން އޭނާ ފާހަގަކުރިއެވެ.

ރޭގެ އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ، ބަނދަރުގެ އެއް ފަޅީގައި ދަނޑެއް ހެދުމަށްފަހުއެވެ.

"އެއީ ގިނަ މީހުންނަށް އާދެވޭ ކަހަލަ، މީހުންނަށް ފެންނަތަނެއްގައި އެ ދަނޑު ހަދާފައި ވާނީ"

އޭނާ ބުނީ ފަޔަރ ބޯލް ހަރަކާތަކީ މިފަަހަރުވެސް ގިނަ ބަޔަކު އެރަށަށް އީދަށް ޖަމާވާނެތީވެ ކުޅިވަރެއްގެ ގޮތުގައި ކުޅެލަން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

"ނުކުރާ ކަމެއް ކުރުން އެއީ އަބަދުވެސް ގޮއިދޫގައި ވަރަށް ބޮޑު މޮޓޯއެއް، ތަފާތު ކަންކަން ކުރުން، އެގޮތުން ހަމަ އެ އައި ހިޔާލެއްގެ ތެރެއިން ކުރަން ބޭނުންވީ"، މި ކުޅިވަރު ފެށުނު ގޮތް "ވަގުތު"އާއި ހިއްސާ ކުރަމުން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނަކު ބުންޏެވެ.

މި ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން މަސް ދުވަސް ކުރިން މަސައްކަތް ފެށިއެވެ. އެގޮތުން އެ ހަރަކާތަށް ބޭނުންވާ ފޮތި ހޯދުމުގައި މަސް ދުވަސް ކުރިން ފަށައިގެން ދިޔައީ ކުރަމުންނެވެ. އަދި ދަނޑު ކުރަހާލާފައި ވަނީ އެއް ދުވަހުން ކަމަށް އޭނާ ބުންޏެވެ.

ރޭ "ފަޔާ ބޯލް" ކުޅެފައި ވަނީ ދެ ޓީމަކުން ބައި ބަހައިގެން ފަސް މިނިޓުގެ ދެ ހާފް އެވެ.

ގޮއިދޫއަކީ ކޮންމެ ކަމެއްގައިވެސް ވަރަށް އެކުވެރި ރަށެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަމުން އަންނަ ރަށެކެވެ. މި އީދުގައިވެސް ގޮއިދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަލީ

  ތި އާ ކަމެއް ނޫން ބުރޯ..

  4
  2
 2. ލާބަ

  ތަފާތު ވެފަ އޮއްނާނީ މީހަކު ރޯފިލީމަ. ޢީދު ވިޔަސް ހޭކެނޑޭކަށް ނުވާނެ. މާޒީން އިބްރަތް ހާސިލް ކުރަން ވާނެ ބަޔަކު ތިކުޅިވަރުން މިދުނިޔެ ދިއުމުގެ ކުރިން. ތީ މޮޅުކަމެއް ނޫން, ތީ ނުރްއައްކާތެރި ކަމެ.

  25
  2
 3. ލާނެއް

  ކުޅުންތެރިން ގައިގާ އަލިފާން ރޯކޮށްލި ނަމަ ވަަރަށް ސަޅި ވީސް... އެހެން ވެއްޖެނަމަ މަވެސް ދެން އަންނަ އަހަރު ދާނަން ތިރަށަށް..

  16
  2
  • ފޯޜި

   މުސްލިމުން ކުރާ ޒާތުގެ ކަމެއްނޫން.

 4. އަލިބެ

  ތިކަންތަފާކަން އެންގޭ ރޯކޮއްފަ ހުރި އަލިފާން ގަނޑުން ކައިރީގަ ތިބި މީހުންގެ ފުއްފާމެޔައް ދާނެ ވިހަ ދުމުގެ މިންވަރު އިހުސާކޮއްލިޔަސް! އަދި ބިމައް ކިހާބައިވަރު ފެޓިރޯލު ނުވަތަ ތެލެއް އަޅައިގެންކަން އެގޭގޭ ތިވަރުގެ އަލިފާން ގަޑެއް ޖެހޭނީ ވާގަޑެއްގަ ރޯކުޔަސް ތިއީ އިސްރާފާ ތިމާވެއްޓައް ބެލިޔަސް ބަޔަކު ކޮޕީ ކުރާވަރު ކަމެއްނޫން

  23
  2
 5. މޯދީ

  ކޮހުން ކުރާ ޒާތުގެ ކަމެއް. އަލިފާން ރޯކޮށް އޭގެ މަތިން ފުމެ ތިޒާތުގެ ކުޅިވަރު ކުޅުމަކީ ދީނީ ގޮތުން ވެސް އެހާ ރަގަޅުކަމެއް ނޫން. ތީ ކަމުގެ ޒާތަށް ބަލައި ނުރައްކާތެރި ވެސް ކަމެއް. ޥ ވެދުން

  22
  2
 6. ގޮއެގޮއެ

  ޖޭވިޔަސް ބޮޑުވަރު ދޯ ތީ އަމިއްލަ ރަށުގަ ކަން ކަން ނުވާތީ (ހަޖަމް ޕްލީޒް)

  2
  9